ހއ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން، ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުން ބާއްވާ ތިލައުތުރު ވޮލީ މުބާރާތް މިއަހަރުގެ މެއި މަހު ބާއްވާނެކަން އިޢުލާންކޮށްފިއެވެ.
ހއ އަތޮޅުކައުންސިލުންވަނީ މިއަހަރުގެ، ތިލައުތުރު ވޮލީ މުބާރާތް ހޯސްޓް ކުރުމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފައެވެ. ހއ އަތޮޅުގެ ހުރިހާރަށެއްގެ ރަށު ކައުންސިލްތަކަށް ހުޅުވާލައިފައިވާ މިފުރުސަތުގައި، 6 މާރިޗްގެ ކުރިން ޕްރޮޕޯސަލް ހުށަހަޅަންޖެހެއެވެ. މިއީ ތިލައުތުރު ވޮލީ މުބާރާތް ބާއްވާ ދެވަނަ އަހަރެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރ މަހު ބޭއްވި ފުރަތަމަ ތިލައުތުރު ވޮލީ މުބާރާތް ހޯސްޓް ކޮށްފައިވަނީ މުރައިދޫ ކައުންސިލުންނެވެ. ފުރިހަމަ އިންތިޒާމްތަކަކާއިއެކު ކުރިޔަށްދިޔަ އެމުބާރާތުގެ ފައިނަލްގައި އިހަވަންދޫއާ ވާދަކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދީ މުރައިދޫއެވެ. ތިލައުތުރު ވޮލީ މުބާރާތް 2024 ގައި ޖުމްލަ 7 ރަށަކުން ވާދަކުރިއެވެ.