މި އަހަރުގެ މުލަރޯދަ ދުވަހަކީ އަންގާރަ ދުވަސް

ޢަބުދުﷲ ޙަމީދު

މި އަހަރުގެ މުލަރޯދަ ދުވަހަކީ އަންނަ އަންގާރަދުވަސް ކަމުގައި ސަރުކާރުން ކަނޑައަޅައިފި އެވެ.

މީގެ ކުޑައިރުކޮޅެއްކުރިން އިސްލާމީ މަރުކަޒުގައި ފަލަކީ ކޮމެޓީން ބޭއްވި ހަނދު ސާބިތު ކުރުމުގެ ހާއްސަ ޖަލްސާއަށް ފަހު ނެރުނު ގަރާރުގައި ބުނެފައި ވަނީ ރަމަޟާން މަހުގެ އެއްވަނަ ދުވަހަކީ މިހިނގާ އޭޕްރީލް މަހުގެ 13 ވާ އަންގާރަ ދުވަސް ކަމަށެވެ. މިބަރަކާތްތެރި ރަމްޟާން މަހުގެ ރޯދައިގެ ފަރުޟު އަދާކުރުމަށް ފަރުވާތެރިވުމަށާއި މިމާތް މައްސަރުގައި ﷲ ސުބުހާނަހޫ ވަތަޢާލާގެ ރުއްސެވުމާއި މަޤުފިރަތަށްއެދި ހެޔޮ ޢަމަލުތައް ގިނަކުރުމަށް އިސްލާމިކު މިނިސްޓުރީން ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް ވަސިއްޔަތްކޮށްފައި ވެއެވެ.