މިއަހަރުގެ ދިރާސީ އައު އަހަރުގެ ކިޔެވުން ފެށެންވީއިރު ހދ. ކުޅުދުއްފުށި އަފީފުއްދީން ސުކޫލަށް ދިމާވި ފަރުނީޗަރ ގެ ދަތިކަން ޙައްލުކުރުމުގެ ގޮތުން އެސުކޫލަށް އިހަވަންދޫ މަދަރުސާއިން ގެންދިޔަ 60 ޑެސްކުގެ ބަދަލުގައި އައު 60 ޑެސްކު އިހަވަންދޫ ސުކޫލަށް ފޮނުވައިފި އެވެ.
އަފީފުއްދީން ސުކޫލުގެ ޕްރިންސިޕަލް އަލްފާޟިލް އާދަމް މޫސާ ވިދާޅުވީ އެއް ދަންފަޅިޔަށް ކިޔެވުން ބަދަލުކުރަން ބޭނުންވާވަރަށް މެއި މަހުގެ ފަހުކޮޅު އެސުކޫލަށް ޑެސްކު ލިބިފައިވާކަމަށާއި އިހަވަންދޫ ސުކޫލަށް ޑެސްކު ފޮނުވުން ލަސްވީ ދަތުރު ހަމަޖައްސައިނެ ފައިސާ ބަޖެޓުގައި ނެތުމުން ކަމަށެވެ. އެހެންކަމުން އަފީފުއްދީން ސުކޫލުން ފޮނުވި ޑެސްކުތައް އިހަވަންދޫއަށް ގެނެސްފައިވަނީ އިއްޔެ ކުޅުދުއްފުއްޓަށް ދިޔަ އިހަވަންދޫގެ ފެރީ (ކުރިކީލަ) ދޯނިންނެވެ.
މިއަހަރުގެ ދެވަނަ ޓާމުން ފެށިގެން އެއްދަންފަޅިޔަށް ކިޔަވައިދެމުންއަންން އަފީފުއްދީން ސުކޫލުގައި 495 ދަރިވަރުން ތަޢުލީމު ޙާޞިލްކުރަމުންދާއިރު އެސުކޫލަށް ދިމާވި ފަރުނީޗަރގެ ދަތިކަން ޙައްލުކޮށްދެއްވުމަށްޓަކައި އިހަވަންދޫ ސުކޫލުން ވެދެއްވި އެހީތެރިކަމަށް ވަރަށް ބޮޑަށް ޝުކުރުއަދާކުރާ ކަމަށް އަފީފުއްދީން ސުކޫލުގެ ޕްރިންސިޕަލް އަލްފާޟިލް އާދަމް މޫސާ ވިދާޅުވި އެވެ.