އިމަގަށް ކާމިޔާބު ފެށުމެއް، މުރައިދޫ އެކުވެރިންގެ ރޫޙަށް މޮޅެއް

މުޙައްމަދު އިމްރާން

44 ވަނަ ޤައުމީ އަންހެން ވޮލީ ބޯޅަ މުބާރާތުގައި ރޭކުޅެވުނު، 2 މެޗުގެ ތެރެއިން ފުރަތަމަ މެޗު ސީދާ ތިން ސެޓުން ކާމިޔާބުކޮށްފައިވަނީ އިހަވަންދޫ މަސްވެރިންގެ ގުޅުމުގެ ވޮލީ ޓީމެވެ. މެޗުގެ ސެޓުތައް އިމަގު ޓީމު ކާމިޔާބުކޮށްފައިވަނީ، ފުރަތަމަ ސެޓް 25 – 11 ން، ދެވަނަ ސެޓް 25 – 6 ން އަދި ތިންވަނަ ސެޓް 25 – 12 ންނެވެ. މިމެޗުގެ މޮޅުކުޅުންތެރިޔަކީ، އިމަގު ޓީމަށް ގެނެސްފައިވާ ފިންލޭންޑްގެ ކުޅުންތެރިޔާ ތަރުނަ އަނިކާ އެވެ.

އިހަވަންދޫ ހުރަވީ ދަނޑުގައި ކުރިއަށްދާ މިމުބާރާތުގެ މެޗުތަކުގެ ތެރެއިން ރޭކުޅުނު ދެމެޗުގެ ތެރެއިން ފުރަތަމަ މެޗުގައި ބައްދަލުކޮށްފައިވަނީ، އިހަވަންދޫ މަސްވެރިންގެ ގުޅުމުގެ ޓީމަކާއި ހއ ވަށަފަރު ވިދާ ޖަމްޢިއްޔާގެ ޓީމެކެވެ.

ރޭކުޅުނު ދެވަނަ މެޗުގައި ބައްދަލުކޮށްފައިވަނީ، ހއ މުރައިދޫ އެކުވެރިންގެ ރޫޙުގެ ޓިމަކާއި އާއި ހއ ވަށަފަރު ވިދާ ޖަމްޢިއްޔާގެ ވޮލީ ޓީމެވެ. މިމެޗުގައި ދެޓީމުގެ ފަރާތުން ފެނިގެން ގޮސްފައިވަނީ ދާދި ހަމަހަމަ ކުޅުމެކެވެ. ފުރަތަމަ ދެސެޓް ވިދާ ޖަމުއިއްޔާއިން ގެންގޮސްފައިވީނަމަވެސް، އިތުރަށް ކުޅުން ރަނގަޅުކޮށް ޖެހިގެން ކުޅެވުނު ދެސެޓް މުރައިދޫ ޓީމް ކާމިޔާބުކުރިއެވެ. އަދި މިމެޗު ފަސްސެޓަށް ގޮސް އެންމެ ފަހު ސެޓުވެސް ގެނެސްފައިވަނީ، ހއ މުރައިދޫ އެކުވެރިންގެ ރޫޙުގެ ޓީމެވެ.

މިމުބާރާތުގެ މެޗުތަކުގެ ކުޅުން މިމަހުގެ ތޭރަވަނަ ދުވަހާ ހަމައަށް ކުރިއަށް ދާއިރު މިއަދާ މިރޭވެސް މިމުބާރާތުގެ މެޗުތަކުގެ ކުޅުން ކުރިއަށް ދާނެއެވެ. އެގޮތުން މިއަދު ހަވީރު ކުރިއަށް ދާނީ، ހދ ނޮޅިވަރަމް ކުލަބް ހުވާސްގެ ޓީމާއި ހދ ފިނޭ ވޮލީ ޓީމް ބައްދަލުކުރާ މެޗެވެ. މިމެޗު ފެށުމަށް ހަމަޗެހިފައިވަނީ މިއަދު ހަވީރު 4؛00 ގައެވެ.

މިމުބާރާތުގެ ޝެޑިޔުލްއަށް ބަލާއިރު މިރޭ ދެ މެޗު ކުޅެވޭނެއެވެ. އެގޮތުން މިރޭގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ، އިހަވަންދޫ މަސްވެރިންގެ ގުޅުމުގެ ޓީމާއި، ހއ ވަށަފަރު ވިދާ ޖަމްޢިއްޔާގެ ޓީމެވެ. މިމެޗު ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 8:00 ގައެވެ.

މިރޭ 9:30 ގައި ފެށުމަށް ހަމަޖެހިފައިވާ، ދެވަނަ މެޗުގައި ބައްދަލުކުރާނީ، ކުލަބް ޕޯލްސްޓާރގެ ޓީމާއި، ހއ މުރައިދޫ އެކުވެރިންގެ ރޫޙުގެ ޓީމެވެ.

މިމުބާރާތުގައި ޖުމްލަ 7 ޓީމު ބައިވެރިވެފައިވާއިރު، މުބާރާތް ކުރިއަށްދަނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ބައްދަލުކުރާ ގޮތަށް ލީގު އުސޫލުންނެވެ.