Banner Image Description

މާލެއިން އިހަވަންދުއަށް ދަތުރުކުރަމުންދާ ބޯޓެއް އިންޖީނުހުއްޓިއްޖެ

ޢަބުދުﷲ ޙަމީދު

10 ޑިސެމްބަރ ، 9:44- އެމް އެމް ޓީ ސީ 1 މިހާރު އޮތީ ފެލިވަރު ބޭރުގައި އޮތް ތިލައެއްގައި. ބޯޓުގައި ތިބި ފަސިންޖަރުން ރޭގެ ވަގުތެއްގައި ކޯސްޓުގާޑުގެ ލޯންޗެއްގައި ނައިފަރަށް ގެންގޮސްފައިވާކަމަށް ބޯޓުން މަޢުލޫމާތު ދޭ. ބޯޓު އޮޔާ ގޮސް ފަރަށް އަރައި ފުންކުރުމަށް މަސައްކަތް ކުރި އިރު އެއް ނަގިލި ފިޔަވައި ބޯޓުގައި ހުރި ނަގިލިތައް ކަނޑަށް ދޫވެފައިވާކަމަށް ބޯޓުން މަޢުލޫމާތު ދޭ. ބޯޓުގެ އިންޖީނު އަދިވެސް ސްޓާރޓު ނުކުރެވޭ ކަމަށާއި އިންޖީނު ނިވުނީ ރާޅަކަށް އިންޖީނު މަޑުކޮށްލުމަށްފަހު ބާރު ކޮށްލި ވަގުތުކަމަށް ބޯޓު ދުއްވަން ހުރި ކައްޕި ވަނީ ބުނެފަ.


 6:24 -ނައިފަރުން  ބޯޓަށް އެހީތެރިވުމަށްޓަކައި އައި ދޯނި ބޯޓު ކަފުޖަހައިގެން ޅ އަތޮޅުތެރެއަށް ވެއްދުމަށް މަސައްކަތް ކުރަމުން ދާކަމަށް ބޯޓުން ހާމަކޮށްފި. އެބޯޓަކީ ކުރިން މުދާ އުފުލާ ދޯންޏެއް ކަމަށްވާ އެމް އެމް ޓީ ސީ 1 ކަމަށް ބޯޓުން ވާހަކަ ދެއްކި މީހަކު ބުނެފި.


 6:00 -ބޯޓު ފަރަށް އެރުމަށްފަހު ފުންވެފައިވާކަމަށް ޚަބަރު ލިބޭ. ނައިފަރުން ބޯޓަށް އެހީތެރިވުމަށްޓަކައި ދޯންޏެއް ނައްޓާލައިފި. އެދޯނި އަންނަތަން ބޯޓަށް މިހާރު ފެންނަ ކަމަށްވޭ.


5:36- ބޯޓުގެ އިންޖީނު ހުއްޓުނީ ހަވީރު 5:00 ހާ އިރު ކަމަށާއި ބޯޓުގައި އެހާގިނަ ފަސެންޖަރުން ނެތްކަމަށް ބޯޓުން ދަތުރުކުރާ މީހަކު ދެންމެ ހާމަކޮށްފި


 5:28 – މިއަތޮޅުގެ މޫސުން ރަނގަޅު ނޫން ކަމަށާއި ބޯޓު އޮޔާއެކު ފެލިވަރު ފަރާ ދިމާއަށް ދަތުރުކުރަމުން ދާކަމަށް މަޢުލޫމާތު ލިބޭ


މިއަދު ހެނދުނު މާލެއިން ފުރައިގެން އިހަވަންދޫއަށް ދަތުރުކުރަމުންދިޔަ ބޯޓެއް އިންޖީނު ހުއްޓިއްޖެ ކަމުގެ ޚަބަރު ދާދި ދެންމެ އިހަވަންދޫޑޮޓްކޮމް އަށް ލިބިއްޖެއެވެ.

އިހަވަންދޫ ދިލްކުޝާގޭ އިސްމާޢިލް ރަޝީދު މުޅިން އަލަށް އިހަވަންދުއަށް ދަތުރުކުރުމަށް ގެންނަ މިބޯޓު ގެ އިންޖީނު ހުއްޓިފައިވަނީ ޅ. އަތޮޅު ފެލިވަރު ބޭރުން ކަމުގައި ކަބަރު ލިބޭ.