އިހަވަންދޫގައި އައިސްޕްލާންޓެއް ހުރިކަން ޔާމިނަކަށް ނޭގުނު : އެމްޕީ ޝިފާއު
އިދިކޮޅު ރިޔާސީ ކެންޑިޑޭޓުގެ ހައިސިއްޔަތުން ހއ. އަތޮޅަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އިއްޔަ ފެއްޓެވި ދަތުރުފުޅުގައި އިހަވަންދޫގައި ރޭބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، ޕީޕީއެއްމްގެ ސަރުކާރަކުން އިހަވަންދޫގައި އައިސްޕްލާންޓެއް އަޅައިދޭނެކަމަށް ވައުދުވުމުން، އެކަމަށް އިހަވަންދޫ ދާއިރާގެ އިއްޒަތްތެރިމެމްބަރު މުހައްމަދު ޝިފާއު ފާޑުވިދާޅުވެއްޖެއެވެ.
ޝިފާއުވިދާޅުވީ ގަބޫލުކުރެވޭގޮތުގައި ޔާމިންއަށް އިހަވަންދޫގައި އައިސް ޕިލާންޓްހުރިކަން ނޭގުނީ،ރައީސް ޔާމިނަކީ އެއްއިރެއްގަވެސް ރަށްފުށުގެ ތަރައްގިގެ ކަންކަމާ ޝައުގުވެރިވާ ބޭފުޅަކަށް ނުވާތީއެވެ. "ޔާމިން ވެރިކަމުގަ އައިސްޕުލާންޓްހުރީ ވަރަށްބޮޑަށް ވީރާނާވާން ދޫކޮއްލާފައި. އެއީ ގަވާއިދުން އެމަނިކުފާނުގެ ވެރިކަމުގައި ހިންގި ތަނެއްނޫން. އެހެންވީމަ އެކަމުގެ މަޢުލޫމާތު ނުހުރެދާނެ" ޝިފާއު ވިދާޅުވިއެވެ.
ރޭގެ ޖަލްސާގައި ޔާމީން ވިދާޅުވީ، ޕީޕީއެމްގެ ސަރުކާރަކުން އެންމެ ފުރަތަމަ އައިސްޕްލާންޓް އަޅާ ތެޔޮ ލިބޭނެގޮތް ހަދާކަމަށްވަންޏާ އެރަކަށްވާނީ އިހަވަންދޫ ކަމުގައެވެ. "އިހަވަންދޫގެ މަސްވެރިންނަށް އިހަވަންދޫން ޑީސަލް ލިބޭނެ ގޮތް އަޅުގަނޑުމެންގެ ސަރުކާރުގަ ކުރާނަން އެކަން. އަދި އެގޮތަށް އިހަވަންދޫގެ މަސްވެރިންނަށް އައިސްލިބޭނީ ހަމަ އިހަވަންދޫއިން. އިހަވަންދޫގެ މަސްވެރިން ނުޖެހޭނެ ފެލިވަރަށް ދާކަށް. އިރާދަކުރެއްވިއްޔާ މިކަން އަޅުގަނޑު ކުރާނަން ކޮށްދޭނަން." ޔާމީން ވިދާޅުވިއެވެ.
އެމްޕީ ޝިފާއު ފާހަގަކުރެއްވި ގޮތުގައި އިހަވަންދޫގައި ހުރި އައިސްޕްލާންޓަށް މިސަރުކާރުން ވާނީ ހެއޮބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ފާހަގަކުރެއްވި ކަންކަމަކީ:
- އައިސް ޕްލާންޓްގެ ކެޕޭސިޓީ 25 ޓަނުން 50 ޓަނަށް އިތުރުކުރުން
- ފެނަކައިގެ ކަރަންޓް ނެޓްވޯކާއި ޑިއިރެކްޓް ގުރިޑަކުން ގުޅައިލުން
- އައިސްޕްލާންޓުން ވިއްކާ އައިހުގައި ދަބަރުގެ އަސަރު ހުންނާތީ، އައިސް ޓްރޭތައް ގަލްވަނައިޒް ޓްރޭތަކަށް ބަދަލުކުރުން
- އައު ޖެނެރޭޓަރުސެޓެއް ގެނެސް އިންސްޓޯލްކުރުން
- 24 ގަޑީއިރު މަސްވެރިންނަށް އައިސް ލިބޭނެ އިންތިޒާމް ހަމަޖެއްސުން
މީގެ އިތުރުންވެސް އައިސްޕްލާންޓުންދޭ ހިދުމަތް ރަނގަޅުކުރުމަށް ތަފާތު މަޝްރޫއުތައް ޕްލޭންކުރެވިފައިވާކަމަށް ޝިފާއު ވިދާޅުވިއެވެ.
ގުޅުން ހުރެދާނެ ލިޔުން
އެމްބިއުލާންސަށް ދަތިވާކަމަށްބުނެ އެމްޑީޕީގެ ދިދަތަކެއް ނަގަން އުޅުމުން ހަމަނުޖެހުން
31 - އޮގަސްޓު - 2023
އެމްޓީސީސީން އޮތީ ވެލި އަޅާދޭގޮތަށް، ކައުންސިލުން ގޮތެއް ނިންމާނީ މަޝްވަރާއަށްފަހު
10 - ޖުލައި - 2023
ސަރުކާރުގެ ބޭނުންތަކަށް ބިންދޫކުރުމުގައި ކައުންސިލްގެ ސްޑޭންޑް ހާމަކޮށްފި
17 - މޭ - 2023
އިހަވަންދޫ ހޮސްޕިޓަލުގެ މަސައްކަތް ހުއްޓުވުމުގައި އިހަވަންދޫ ކައުންސިލްގެ ދައުރު އެބައޮތް
24 - އޭޕްރީލް - 2023
އިހަވަންދޫ، މާރަންދޫ އަދި މޮޅަދޫ ރައްޔިތުން ޔާމިނަކީ ވަގެއްކަމަށް ޤަބޫލުކުރޭ – ޝިފާއު
30 - ޑިސެމްބަރު - 2022
އައިސް ޕްލާންޓަށް ދިމާވި މައްސަލަ ހައްލުކޮށް އައިސް ދޫކުރަން ފަށައިފި
13 - ޑިސެމްބަރު - 2022
އިހަވަންދޫ އައިސް ޕްލާންޓުން އެމޯނިޔަމް ގޭސް ލީކްވާތީ ބޮޑު ސަރަހައްދެއް ބަންދުކޮށްފި
28 - ނޮވެމްބަރު - 2022
ކޮވިޑް ފެސިލިޓީ އާމިނާދިޔޯ ސިއްހީމަރުކަޒާ ހަވާލުކުރަނީ
3 - ނޮވެމްބަރު - 2022
ދަނޑުގެ ވަށައިގޮން އޮތް ސަރަހައްދު ސާފުކޮށް ވެލި ޓްރެކެއް ހަދަނީ
23 - އޮކްޓޯބަރު - 2022
އައިސް ޕްލާންޓްގެ ސްޓޯރޭޖް ކެޕޭސިޓީ އިތުރުކޮށް ދުވާލަކު 75 ޓަނު އުފެއްދޭވަރު ކުރަނީ
21 - އޮކްޓޯބަރު - 2022
ކޮމެންޓް
އަދި ކޮމެންޓެއް ނެތް