އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ އިފްތިތާހް ކޮށްފި

އިބްރާހިމް ނަޝީދު

މިދިޔަ ނޮވެމްބަރ މަހު 7 ވަނަ ދުވަހު އިންތިޙާބު ކުރެވުނު އިހަވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ އިފްތިތާހް ކޮށްފި އެވެ.

މިކަމަށްޓަކައި މިއަދު ހެނދުނު 9:00 ގައި އިހަވަންދޫ މަދަރުސާގެ ހޯލުގައި ބޭއްވި ޖަލްސާގައި އަންހެނުންގެ ކޮމެޓީގެ މެމްބަރުންނަށް އިޤުރާރު ލައިދެއްވީ އިހަވަންދޫ ކައުންސިލް މެމްބަރ އަލްފާޟިލް އަޙުމަދު ވަޙީދު އެވެ. އެއަށްފަހު އަންހެނުންގެ ކޮމެޓީގެ މެމްބަރުންވަނީ އިޤުރާރުގައި ސޮއިކުރައްވާފަ އެވެ.

އިހަވަންދޫ ކައުންސިލް އިދާރާގެ ބައެއް މުވައްޒަފުންގެ އިތުރުން އާމުންގެ ތެރެއިން 10 ވަރަކަށް މީހުން ހާޒިރުވި މިޖަލްސާ ނިންމާލީ ޖަލްސާގެ ބައިވެރިންނަށް ތައްޔާރު ކޮށްފައިވާ ފިނިހިއްޕެވުމަކުން ނެވެ.