މިއަދު ހެނދުނު އިފްތިތާހު ކުރެވުނު އިހަވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސާއަށް ހއ. އިހަވަންދޫ އަތަމާގެ އަލްފާޟިލާ ރަޝީދާ ޙަސަން އަދި ނައިބު ރައީސާއަށް ހއ. އިހަވަންދޫ ސީސަންގެ އަލްފާޟިލާ ޚަސީބަތު ސާނިޔާ ހޮވައިފި އެވެ.
ކޮމެޓީ އިފްތިތާހް ކުރުމަށްފަހު އިހަވަންދޫ ކައުންސިލް އިދާރާގައި މިއަދު ހެނދުނު ބޭއްވި ކޮމެޓީގެ ފުރަތަމަ ޖަލްސާގައި ކޮމެޓީގެ ރައީސާއާއި ނައިބު ރައީސާ ހޮވާފައިވަނީ ކޮމެޓީގެ ހުރިހައި މެމްބަރުންގެ އިއްތިފާގުން ނެވެ.