މައިކަޕް 2025: ފުރަތަމަ މެޗްގައިފެންނާނީ އެންވީކޭ އަދި ޔޫތް

މުހައްމަދު މައުޒު

މައިކަޕް 2025، ފުޓްބޯޅަ މުބާރާތް މިއަދުފަށާނެއެވެ. އިހަވަންދޫ ޢާޒީ ދަނޑުގައިކުޅޭ މިމުބާރާތުގެ ފުރަތަމަ މެޗްގައި ބައްދަލުކުރާނީ، މިމުބާރާތުގައި ވާދަވެރި އެންވީކޭ އަދި ޔުނައިޓެޑް ޔޫތެވެ. މި ދެ ޓީމްވެސް 2 ފަހަރު މިމުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާއިރު، މި ދެ ޓީމް މިއަދު ކުޅޭ މެޗް ފަށަނީ ހަވީރު 16:00 ގައެވެ.

މައިކަޕް ފުޓްބޯޅަ މުބާރާތް ބާއްވަންފެށި ފަހުން މިއަހަރުގެ މުބާރާތަކީ އެންމެ މަދުން މިމުބާރާތުގައި ޓީމްތައް ބައިވެރިވި މުބާރާތެވެ. މިއަހަރުގެ މުބާރާތުގައި ވާދަކުރަނީ އިހަވަންދޫ، ދިއްދޫ އަދި ތުރާކުނަށް ނިސްބަތްވާ 5 ޓީމެވެ. ދިއްދޫ އެޗް.އެން ސްޕޯޓްސް މިމުބާރާތުގައި ބައިވެރިވެފައިވާއިރު، ތުރާކުނުން އެރަށު ރެކްރިއޭޝަން ކްލަބްވަނީ ބައިވެރިވެފައެވެ. އިހަވަންދޫއިން މިއަހަރުގެ މައިކަޕް މުބާރާތުގައި ވާދަކުރަނީ އެންމެ 3 ޓީމެވެ. އެއީ ޑިފެންޑިނގް ޗެމްޕިއަން އެންވީކޭ، ޖަންގަލް އަދި ޔުނައިޓެޑް ޔޫތެވެ. މިދިޔަ އަހަރުގެ ރަނަރަޕް ކުޅިމަގު މިމުބާރާތުގައި ވާދަނުކުރުމަކީ މުޅިމުބާރާތަށްވެސް ލިބިގެންދާނެ ހުސްކަމެކެވެ.

2007 ވަނަ އަހަރުން ފެށިގެން މިހާތަނަށް، މައިކަޕްގެ 14 މުބާރާތެއް ބާއްވާފައިވާއިރު، މައިކަޕްގެ އެންމެ ކާމިޔާބު 4 ޓީމްގެ ތެރެއިން 3 ޓީމެއް މިއަހަރުގެ މުބާރާތުގައި ބައިވެރިވެފައިވެއެވެ. މިހާތަނަށް 4 ޓީމެއް 2  ފަހަރު މައިކަޕްގެ ތަށި އުފުއްލާލައިފައެވެ. އެއީ މާރަންދޫ ޔޫތް ސޮސައިޓީ، ޔުނައިޓެޑް ޔޫތް، އެންވީކޭ އަދި ޖަންގަލްއެވެ. މާރަންދޫ ޔޫތް ސޮސައިޓީ ފިޔަވާ އަނެއް ތިން ޓީމް މިއަހަރުގެ މުބާރާތުން ފެނިގެންދިއުމީ މިއަހުގެ މުބާތަށް ލިބިގެންދާނެ އާރޯކަމެކެވެ.

މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 100،000ރ ގެ ފައިސާގެ އިނާމު ހުށަހަޅާފައިވާއިރު، ދެވަނަ ޓީމަށް 35،000ރ ގެ ފައިސާގެ އިނާމު ހުށަހަޅާފައިވެއެވެ. މިއަހަރުގެ މައިކަޕް މުބާރާތް ކުރިޔަށްދާނީ މިއަދުން ފެށިގެން މިމަހުގެ 29 އާއި ހަމަޔަށެވެ.