Banner Image Description

އިމަގު ޤުރުއާން މުބާރާތުގެ އެންމެ މޮޅު ބައިވެރިއަކަށް ފާތިމަތު ނަދުވާ

ޢަބުދުﷲ ޙަމީދު

އަލްމަރްޙޫމް ޙުސައިން ޒުހައިރުގެ 16 ވަނަ ހަނދާނީ ޤުރުއާން މުބާރާތުގެ އެންމެ މޮޅު ބައިވެރިއަކަށް ހއ. އިހަވަންދޫ ބުލްބުލާގެ ފާތިމަތު ނަދުވާ ހޮވިއްޖެއެވެ.

މަރްޙޫމް ޙުސައިން ޒުހައިރުގެ 16 ވަނަ ހަނދާނީ ޤުރުއާން މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް މިއަދު ހަވީރު ވަނީ އިމަގުވެހީގައި ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައި ވަނީ އިހަވަންދޫ ކައުންސިލްގެ ރައީސް އަލްފާޟިލް މުހައްމަދު ރަޝީދު އެވެ.

ޤުރުއާން މުބާރާތުގެ 3 އަހަރުން ދަށާއި 3 އަހަރާއި 4 އަހަރާ ދެމެދުގެ އުމުރުފުރާ އާއި 4 އަހަރާއި 5 އަހަރާ ދެމެދުގެ އުމުރުފުރާ އާއި 5 އަހަރާއި7  އަހަރާ ދެމެދުގެ އުމުރުފުރާ އާއި ޚާއްސައެހީއަށް ބޭނުންވާ ކުދިންގެ ކިޔެވުން ކުރިއަށްގެންގޮސްފައި ވަނީ ވީޑިއޯ ހުށައަޅައިގެންނެވެ. މިފަހަރުގެ މުބާރާތުގައި މިއުމުރުފުރައިތަކުން ބައިވެރިވި ކުދިންގެ އަދަދު ގިނަކަން އިމަގު ޖަމިއްޔާއިން ފާހަގަ ކުރެއެވެ.

އިމަގު ޤުރުއާން މުބާރާތުގެ އެއްވަނަ ފާތިމަތު ނަދުވާ ހޯދާފައިވާއިރު މިމުބާރާތުގެ ދެވަނަ ލިބިފައި ވަނީ ހއ. އިހަވަންދޫ، ރަށްމެދުގެ އައިޝަތު މައިހާ މާހިރު އަށެވެ. އަދި 3 ވަނަ އަށް ދެބައިވެރިއަކު ހޮވިފައި ވެއެވެ. އެއީ ހއ. އިހަވަންދޫ ސަބުދެލިގެ، އައިޝަތު ޒަހާ މުޙައްމަދު ޒަހައިރު އަދި ހއ. އިހަވަންދޫ، ބުލްބުލާގެ މަރިޔަމް ޝަހާމާ އެވެ.

ކޮންމެ އަހަރެއްގެ ވެސް ރަމްޟާންމަހާދިމާކޮށް ބާއްވަމުން އައި އިމަގު ޤުރުއާން މުބާރާތް މިއަހަރުގެ ރަމްޟާންމަހުގައި ބޭއްވިފައި ނުވަނީ ކޯވިޑު-19 އާ ގުޅިގެން ކުރިމަތިވި ކަންތައްތަކުގެ ސަބަބުން ކަމަށް އިމަގު ޖަމިއްޔާއިން ވަނީ ބުނެފައެވެ.