ކުލަބު ޕޯލްސްޓަރގެ 19 ވަނަ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ޢަބުދުﷲ ޙަމީދު

ހއ. އިހަވަންދޫ ކުލަބު ޕޯލްސްޓަރގެ 19 ވަނަ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އެކުލަބުން ހުޅުވާލައިފިއެވެ.

ކީރިތި ޤުރުއާނަށް ލޯބި ޖެއްސުމާއި ރީތިކޮށް ތަޖުވީދުގެ ހަމަތަކާ އެއްގޮތަށް ޤުރުއާން ކިޔެވުމުގެ ރޫހު އަށަގެންނެވުމާއި އެކަމަށް ހިތްވަރު ދިނުމުގެ އިތުރުން ޤުރުއާން ރީތިކޮށް ކިޔެވުމުގެ މައިދާނުގައި ދަރިވަރުންގެ މެދުގައި ވާދަވެރިކަން އުފެއްދުމާއެކު ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތްތަަކަށް ބޭނުންވާ ބައިވެރިންގެ އާރެއް ހއ. އިހަވަންދޫގައި އުފެއްދުމުގެ މަޤުސަދުގައި ކުރިއަށްގެންދާ މިމުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދެބަޔަކަށް ކަމަށް ޕޯލްސްޓަރ އިން ބުނެއެވެ. އެއީ މުބާރާތުގެ ހާއްސަ ބައި އަދި އާއްމު ބައެވެ. މުބާރާތުގެ ހާއްސަބައި ގައި ބައިވެރިވެވޭނީ 7 އަހަރުން ދަށުގެ ކުދިންނަށެވެ. އަދި އާއްމުބައި ހުރިހާ އުމުރުފުރައެއްގެ ފަރާތްތަކަށްވެސް ބައިވެރިވެވޭނެ ކަމަށް ޕޯލްސްޓަރ އިން ބުނެއެވެ.

މިހިނގާ ރަމަޟާން މަހުގެ ތެރޭގައި މި ޤުރުއާން މުބާރާތުގެ ކިޔެވުން އޮންނާނެ ކަމަށް ކުލަބު ޕޯލސްޓަރ އިން ބުނެފައިވާއިރު، މިމުބާރާތުގައި ބައިވެރިވުުގެ ފުރުސަތު ހުޅުވާލާފައި ވަނީ އަންނަ ހަފުތާގެ ބުރާސްފަތު ދުވަހުގެ (29 އޭޕްރީލް) ނިޔަލަށެވެ.

މިމުބާރާތުގައި އޮންލައިންކޮށް ފުރިހަމަކޮށްލާ ފޯމަކުން ބައިވެރިވެވޭނެ އިންތިޒާމު ޕޯލްސްޓަރ އިން ވަނީ ހަމަޖައްސާފައެވެ.

މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު