Banner Image Description

ކަރަންޓީންނުވެ ދަތުރުކުރެވޭނެ އުސޫލު ކައުންސިލުން އާއްމުކޮށްފި

މުޙައްމަދު އަކުރަމް

ކޮވިޑްބަލި ފެތުރޭ ނިސްބަތް %5 އަށްވުރެ މަތި ރަށްތަކުން އިހަވަންދޫއަށް ދަތުރުކުރާއިރު ކަރަންޓީންނުވެ ދަތުރުކުރެވޭނެ އުސޫލް އިހަވަންދޫ ކައުންސިލުން އާއްމުކޮށްފިއެވެ. އެގޮތުން ކޮވިޑް ބަލި ފެތުރޭ ރަށްރަށުން ކަރަންޓީންނުވެ އިހަވަންދޫއަށް ދަތުރުކުރެވެނީ ކޮވިޑް ވެކްސިންގެ 2 ޑޯޒް ފުރިހަމަކޮށް 2 ހަފުތާ ވެފައިވާ ފަރާތްތައް އަދި ފާއިތުވި 3 މަސް ދުވަހުގެ ތެރޭގައި ކޮވިޑް19 ބައްޔަށް ހުށަހެޅި، ބަލިން “ފަސޭހަ” ވެފައިވާ ފަރާތްތަކަށެވެ.

އެފަދަ ފަރާތްތަކުން އިހަވަންދޫއަށް ދަތުރުކުރާނަމަ، ދަތުރުކުރުމުގެ ކުރިން އެޗްޕީއޭގެ ހާލުބެލުން ޕޯޓަލްގައި، ކަރަންޓީނުނުވެ ދަތުރުކުރަން ރިކުއެސްޓް ކުރަންޖެހެއެވެ. އަދި 72 ގަޑިއިރުނުވާ ޕީސީއާރު ޓެސްޓުގެ ނެގެޓިވް ނަތީޖާއާއި ވެކްސިން ކާޑުގެ ކޮޕީ 9850584 ފޯނަށް ވައިބަރު ކުރަންޖެހެއެވެ. މިކަމާއިގުޅޭގޮތުން އިތުރު މައުލޫމާތު ބޭނުންވާ ފަރާތްތަކުން 9850584 ނަންބަރު ފޯނަށް ގުޅުމަށް އިހަވަންދޫ ކައުންސިލުން އެދިލައްވައެވެ.