މިފްކޯއިން އައިސް ވިއްކާ އަގު ކުޑަކޮށްފި

އަޙްމަދު ޢާޞިމް

މިފްކޯއިން އައިސް ވިއްކާ އަގު ކުޑަކޮށްފި އެވެ.

މަސްވެރިންގެ ދުވަހުގެ ތަހުނިއްޔާ މަސްވެރިންނަށް ފޮނުވަމުން މިފްކޯއިން ނެރުނު ބަޔާނެއްގައި ވަނީ މަސްވެރިންނަށް މިފްކޯއިން ވިއްކާ އައިހުގެ އަގު ކުޑަކޮށްފައިވާ ކަމަށެވެ.

އަދި އެބަޔާނުގައި ވާގޮތުން މިހާރު އައިސްޓަނެއްގެ އަގަކީ 750 ރުފިޔާއެވެ. އަދި އެބަޔާނުގައި ވަނީ އައިސްވިއްކަމުންދާނީ އެ އަގަށް ޖީ އެސްޓީ އިތުރު ކޮށްގެން ކަމަށެވެ. މީގެ ކުރިން އައިސްޓަނެއް ވިއްކަމުން ދިޔަ އަގަކީ އައިސް ޓަނެއް 1350 ރުފިޔާއެވެ.

މިއީ މަސްވެރިން ބާނާ މަސްނުކިރި މަސްވެރިންނަށް ގެއްލުން ވަމުންދާ ވަގުތެއްގައި މަސްވެރި އާއިލާއަށް ލިބޭނެ ލުޔެއްކަން ފާހަގަ ކުރެވެއެވެ.