Banner Image Description

އިހަވަންދޫ ފެރީޓާމިނަލް އެޅުމަށް ބޭނުންވާ ބައެއް ސާމާނު ރަށަށް ގެނެސްފި

ޢަބުދުﷲ ޙަމީދު

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހއ. އިހަވަންދޫގައި އެޅުމަށް ހަމަޖެހިފައިވާ ފެރީ ޓާރމިނަލް އަށް ބޭނުންވާ ބައެއް ސާމާނު މިއަދު ރަށަށް ގެނެސްފިއެވެ.

އިހަވަންދޫގައި ޤާއިމުކުރާ މި ޓަރމިނަލަކީ ދިވެހިރާއްޖެ ހައި -ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމަށް ފަރުމާކޮށްފައިވާ “އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް” މަޝްރޫޢުގެ ފުރަތަމަފިޔަވަހީގެ ދަށުން ހަދާ ޓާމިނަލެކެވެ. ބޮޑުތިލަދުންމަތީގައި ގާއިމުކުރާ އިންޓެގްރޭޓަޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް ގާއިމުކުރުމުގެ މަޝްރޫޢުގެ ސާވޭ މިއަހަރުގެ މާރިޗް މަހުގެ ތެރޭގައި ކޮށްފައިވާއިރު، ހއ. ހދ. އަދި ށ އަތޮޅުގެ ރަށްތަށް ސާވޭ ކޮށްފައި ވެއެވެ.

“އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް” މަޝްރޫޢުގެ ފުރަތަމަފިޔަވަހީގެ ދަށުން ކުރިއަށްގެންދާ ޕްރޮޖެކްޓުގެ ދަށުން ތިލަދުންމަތީ 41 ރަށެއްގައި ފެރީ ޓާމިނަލް އަޅާނެއެވެ.