Banner Image Description

ދިއްދޫގެ އަދަތުތައް މައްޗަށް، ފިޔަވަޅުތައް ހަރުކަށި ކޮށްފި

ޢަބުދުﷲ ޙަމީދު

ހއ. ދިއްދޫއިން ފުރަބަންދުގައި ނެތް މީހަކު ކޮވިޑަށް ފައްސިވުމާ ގުޅިގެން 5 މެއި 2021 ދުވަހު ނެގުނު 131 ސާމްޕަލްތަކުގެ ތެރެއިން 8 މީހަކު ކޮވިޑަށް ފައްސިވުމާއެކު އެރަށުގައި ތިބި ކޮވިޑުގެ އެކްޓިވް ކޭސްތަކުގެ އަދަދު 65 އަށް އަރައިފިއެވެ.

އެއީ ފައްސިވި ފުލޫ ސާމްޕަލްއާއި ޑައިރެކްޓު ކޮންޓެންޓުންގެ 60 މީހަކާއި ފުރަބަންދު ނިންމާ ނެގި ރިލީސް ސާމްޕަލް އިން ފައްސިވި 4 މީހުންނެވެ.

މިވަގުތު ދިއްދޫގައި ކޯވިޑް-19 ހަލުވިކަމާއެކު ފެތުރެމުންދާތީ ޞިއްޚީގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށް، ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އެ ރަށް މޮނިޓަރިންއަށް ލާފައިވުމުމާއެކު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށް ދިއްދޫ ކައުންސިލުން ވަނީ ހާމަކޮށްފައެވެ.

މިގޮތުން ދިއްދޫ ކައުންސިލުން ވަނީ އެރަށުގައި ކޯވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް 14 ފިޔަވަޅެއް އަޅަން ނިންމައި، އެ ފިޔަވަޅުތައް މިއަދު ހަވީރު 4:00އިން ފެށިގެން ތަންފީޒުކުރުމަށް ނިންމާފަ އެވެ. އަދި މިފިޔަވަޅުތައް ވަނީ 12 މޭ 2021 ވަނަ ދުވަހުގެ ހަވީރު 4:00 ގެ ނިޔަލަށް ދަމަހައްޓަން ވެސް ނިންމާފަ އެވެ.

އެރަށުގައި އަޅަން ނިންމާފައިވާ ހަރުކަށި ފިޔަވަޅުތައް

  • މަގުމަތީގައި އާއި ތަންތަނުގައި ތިން މީހުންނަށްވުރެ ގިނަ މީހުންނަށް އެއްވެ ނޫޅެވުން،
  • ރޯގާގެ އަލާމާތްތައް އެއްވެސް ވަރަކަށް ހުރި މީހުން މިސްކިތަށް ނުދިއުން
  • އެއް ގެއިން އަނެއް ގެއަށް ޒިޔާރަތް ނުކުރުން
  • ފިހާރަތަކަށް އެއްފަހަރާ ވަދެވޭނެ އަދަދެއް ކަނޑައަޅާ އެތަންތަނުގެ އެތެރޭގެ އާއި ބޭރުގައިވެސް ގައިދުރުކަން ބެހެއްޓޭނެ ގޮތަށް 3 ފޫޓް ދުރުގައި ކަސްޓަމަރުން ތިބެވޭނެ އިންތިޒާމްތައް ހަމަޖެއްސުން
  • މިސްކިތްތަކަށް އުމުރުން ދުވަސްވީ މީހުންނާއި، ކުޑަކުދިން އަދި ދާއިމާށް ބޭސް ކާ މީހުން ނުދިއުމަށާއި، މިސްކިތަށް ދާ މީހުން މުސައްލާ ގެންދިއުމަށާއި، ގެއިން ވުޟޫކޮށްގެން މިސްކިތަށް ދިއުން
  • މިސްކިތްތަކުގައި ގައިދުރުކަން ބެހެއްޓުމާއި ގިނައިރު މަޑު ނުކުރުން
  • ފިހާރަތައް ހެނދުނު 9:00 އިން ހަވީރު 4:00 އަށް ހުޅުވާފައި ބެހެއްޓުމާއި އެހެން ގަޑިތަކުގައި ބަންދުކޮށް، ހަވީރު 4:00 އިން ރޭގަނޑު 9:00 އަށް ފިހާރަތަކުން ހަމައެކަނި ޑެލިވަރީ ހިދުމަތް ދިނުން
  • ރެސްޓޯރެންޓްތަކުން ހަވީރު 6:00 އިން ރޭގަނޑު 12:00 އަށް ހިދުމަތް ދިނުމާއި، އެގަޑީގައި އެތަންތަނުން ޑެލިވަރީ ހިދުމަތް ދިނުން
  • ހަވީރު 4:00 އިން 6:00 އަށް އަދި ރޭގަނޑު 9:30 އިން ހެނދުނު 8:00 އަށް ހުއްދަ ދީފައިވާ އެއްގަމު އުޅަނދުތައް ފިޔަވާ އެހެން އުޅަނދުތައް ދުއްވުން ހުއްޓާލުން
  • ޕާޓީތަކާއި، ކުޅިވަރު ހަފްލާތައް ކުރިއަށް ނުގެންދިއުމާއި، ޕާކްތައް ހޮޅުއަށިތަކަށް މީހުން އެއްވެ ނޫޅުން
  • ޓެކްސީ ޚިދުމަތް ފޯރުކޮށްދޭނަމަ، އެޗްޕީއޭ ގެ ގައިޑްލައިންއާއި އެއްގޮތަށް އެ ޚިދުމަތްދިނުން.
  • ހުރިހާ ވަގުތެއްގައިވެސް މާސްކް އަޅުއްވާ ގައިދުރުކަން ބެހެއްޓެވުން.