Banner Image Description

ސުމާ މެމްބަރު ޝިފާއުއަށް، އިހަވަންދޫގެ މަސްވެރިން ދެން އިތުރަށް ހިކިފަސްތާ ބަކަނުތަޅާނެ

އަޙްމަދު ޢާޞިމް

އިހަވަންދޫގެ މަސްވެރިން ދެން އިތުރަށް ހިކިފަސްތާ ބަކަނުތަޅާނެ ކަމަށްބުނެ ޕީޕީއެމް އިން ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރައްވާ ހަލީމަތު ސުމާ  އިހަވަންދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޝިފާޢުއަށް ވަރުގަދަ ރައްދެއް ދީފިއެވެ.

މަސްވެރިންގެ ދުވަހުގެ ތަހުނިއްޔާ ފޮނުވަމުން އިހަވަންދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު މުޙައްމަދު ޝިފާޢު ދެއްވި ފޭސްބެކު މެސްޖު ޝެއާކުރައްވާ ޕީޕީއެމްގެ ކެނޑިޑޭޓް ޙަލީމަތު ސުމާވަނީ ތިޔަ ވިދާޅުވާ ބަޖެޓަކީ ބިލާހެއްތޯ ނުވަތަ ލިޔެލާ ހިސާބުގެ އަކުރުތަކެއްތޯ ސުވާލު ކުރައްވާފައެވެ.

އަދި ހަމައެހެންމެ، ކޮންމެ އަހަރަކު ބަޖެޓުގެ ކަންކަން އެކުލަވާލައި އެއަށް ޢަމަލީ މަސައްކަތް ނުފެނުމީ ކުޅޭ ޑުރާމާތަކެއް ނޫންތޯ ވިދާޅުވެ ސުމާވަނީ ބަހުގެ ހަމަލާތަކެއް މެމްބަރު  ޝިފާއުއަށް ރައްދުކޮށްފައެވެ.

ޕީޕީއެމް ސުޓިއަރިންގް ކޮމެޓީގެވެސް މެމްބަރު ހަލީމަތު ސުމާވިދާޅުވީ ރައްޔިތުންތިބީ މިއަދު ހޭލާކަމަށާއި، ތިބުނާ ހިކިފަސްތާކު އިތުރަށް އިހަވަންދޫ މަސްވެރިން ބަކަ ނުތަޅާނެ ކަމަށެވެ.

ސުމާ މިހެން ވިދާޅުވެފައިވާއިރު، ސަރުކާރުންވަނީ އެންމެފަހުން ބޭއްވި 2 އިންތިހާބުގައިވެސް އިހަވަންދޫގެ މަސްވެރިންނަށް ގިނަ ވައުދުތަކެއް ވެފައެވެ.