Banner Image Description

ހޯރަފުށީގެ އިންތިހާބީ ކައުންސިލް ހުވާކުރައްވައިފި

ޢަބުދުﷲ ޙަމީދު

ހއ. ހޯރަފުށީ ކައުންސިލްގެ 4 ވަނަ ދައުރަށް އިންތިޚާބު ވެފައިވާ ކައުންސިލަރުން ހުވާކުރައްވައިފިއެވެ.

މިއަދު ހެނދުނު 10:00 ގައި ހއ. އަތޮޅު މަދަރުސާގެ މަލްޓިޕާޕޯސް ހޯލުގައި ބޭއްވި ދަރުބާރުގައި ހޯރަފުށީގެ ކައުންސިލަށް އިންތިހާބު ވެފައިވާ 7 މެމްބަރުން ހުވާކުރެއްވުމާއި އެރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީއަށް އިންތިހާބުވެފައިވާ 5 މެމްބަރުން އިޤުރާރު ގައި ސޮއިކޮށްފައި ވެއެވެ.

އިންތިހާބީ ކައުންސިލަރުންނަށް ހުވާލައިދެއްވީ ހޯރަފުށީ މެޖިސްޓުރޭޓު ކޯޓުގެ އިސްމެޖިސްޓުރޭޓު އަލްފާޟިލް މުޙައްމަދު ޝަރީފު އެވެ. ކައުންސިލަރުން ވަނީ ހުވާކުރެއްވުމަށްފަހު ހުވާގެ އިޤުރާރުގައި ސޮއި ކުރައްވާފައެވެ.

ހއ. ހޯރަފުށީ ކައުންސިލަށް އިންތިހާބު ވެފައި ވަނީ

ކައުންސިލްގެ ރައީސް: މުޙައްމަދު ވަޙީދު ، އާލަމް / ހއ. ހޯރަފުށި

ކައުންސިލް މެމްބަރ:

އަޙްމަދު އިމްދާޙް ، ޖަޒީމާ / ހއ. ހޯރަފުށި

އަޙްމަދު ރައޫފު، ކަނދުމާގެ / ހއ. ހޯރަފުށި

އިބްރާހިމް ޝާކިރު، ހަޒާރުމާގެ /  ހއ. ހޯރަފުށި

އާމިނަތު ނާސިހާ، ވާރޭވިލާ / ހއ. ހޯރަފުށި

މަރްޔަމް ވަކީލާ، ހޯޓެންސިޔާ / ހއ. ހޯރަފުށި

އާމިނަތު ވިސާމާ ، ވިސާ / ހއ. ހޯރަފުށި

މިއަދުގެ ދަރުބާރުގައި ހޯރަފުށީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީއަށް އިންތިހާބުވެފައިވާ 5 މެމްބަރުން އިޤުރާރު ގައި ސޮއިކޮށްފައިވެއެވެ. ހޯރަފުށީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއަށް އިންތިހާބު ވެފައިވާ މެމްބަރުންނަކީ:

އާބިދާ، ހަޒާރުމާގެ / ހއ. ހޯރަފުށި

އާމިނަތު ޢަބުދުއް ސައްތާރު

ހަމީދާ މުޙައްމަދު، ގުރީން ގުރާސް / ހއ. ހޯރަފުށި

ނާހިދާ މުޙައްމަދު، ޑީންސްވިލާ / ހއ. ހޯރަފުށި

ހުދާ އުމަރު، އުނިމާގެ/ ހއ. ހޯރަފުށި

އިންތިހާބީ މެމްބަރުން ހުވާކުރުމުގެ ދަރުބާރު ނިންމާލާފައިވަނީ ޤައުމީ ސަލާމުންނެވެ.