ރައީސާ އަކަށް ނަޝީދާ، ނައިބަކަށް ރަޝީދާ ގެންނަން އެމްޑީޕީން ނިންމައިފި!

މުޙައްމަދު އަކުރަމް

އަލަށް އިންތިހާބު ކޮށްފައިވާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާކަމަށް ނަޝީދާ އަބުދުﷲ އަދި ނައިބް ރައީސާކަމަށް ރަޝީދާ ހަސަނަށް ވޯޓް ދިނުމަށް އެމްޑީޕީއިން ނިންމައިފި ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

މައުލޫމާތުއިނގޭ ފަރާތަކުން މިނޫހަށް މައުލޫމާތުދިން ގޮތުގައި މިގޮތަށް ނިންމާފައިވަނީ  އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް އެމްޑީޕީ ޓިކެޓްގައި އިންތިހާބުވެފައިވާ 3 އިންތިހާބީ މެމްބަރުންގެ މެދުގައި މަޝްވަރާ ކޮށްގެންނެވެ.

އެމްޑީޕީއިން އެގޮތަށް ނިންމި ކަމުގައިވީނަމަވެސް އެ މަޤާމްތަކަށް އައްޔަންކުރެވޭ ފަރާތްތައް ފައިނަލް ވެގެންދާނީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ފުރަތަމަ ބައްދަލުވުމަށް ފަހުއެވެ.

5 މެމްބަރުންގެ މައްޗަށް އެކުލެވިގެންވާ އަންހެނުންގެ ކޮމިޓީގެ އަގުލަބިއްޔަތު އޮންނަނީ އެމްޑީޕީއަށެވެ.