"އިހަވަންދިއްޕޮޅު ރަސްތަރި" މުބާރާތު ބައިވެރިން މިއަދު އިހަވަންދޫއަށް އަންނާނެ
"އިހަވަންދިއްޕޮޅު ރަސްތަރީގެ" ނަމުގައި، އިހަވަންދޫ ކައުންސިލާއި، އިހަވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި، ކްލަބް ޕޯލްސްޓަރ އަދި އަންބަރީ ފައުންޑޭޝަން ގުޅިގެން ބާއްވާ ޤުރުއާން މުބާރާތުގައި ބައިވެރިވެފައިވާ އެހެން ރަށްތަކުގެ ބައިވެރިން މިއަދު އިހަވަންދޫއަށް އަންނާނެއެވެ.
މިމުބާރާތުގައި އިހަވަންދޫއާއި އެކު ޖުމްލަ 8 ރަށަކުންވަނީ ބައިވެރިވެފައެވެ. މިމުބާރާތުގައި ބައިވެރިވެފައިވަނީ އިހަވަންދޫ ކައުންސިލް، މޮޅަދޫ ކައުންސިލް، ކެލާ ކައުންސިލް، މާރަންދޫ ކައުންސިލް، އުތީމް ކައުންސިލް، ފިއްލަދޫ ކައުންސިލް، ވަށަފަރު ކައުންސިލް އަދި އުލިގަން ކައުންސިލުންނެވެ. މިމުބާރާތުގައި މި އަށް ރަށް ތަމްސީލް ކުރާނީ 63 ބައިވެރިއެކެވެ.
މިމުބާރާތުގެ ފަނޑިޔާރުން މިއަދު 14:00 ގައި އިހަވަންދޫއަށް އައުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގެ ބައިވެރިން އިހަވަންދޫއަށް އައުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 15:00 އާއި 18:00 އާއި ދެމެދުއެވެ. އިހަވަންދޫ ސްކޫލްގައި ކުރިޔަށްދާ މިމުބާރާތުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ހެންދުނު 8:00 ގައެވެ. މިމުބާރާތުގެ ކިޔެވުނުން މިނޫހުގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް ތަކުން ލައިންވް ކުރާނެއެވެ.
މުބާރާތުގައި ބައިވެރިވާ އެހެން ރަށްތަކުގެ ބައިވެރިން އިހަވަންދޫއަށް އައުމުން އެފަރާތްތަކުގެ ހުރުމާއި ކެއުމުގެ އެންމެހާ އިންތިޒާމްތައް، މުބާރާތް އިންތިޒާމްކުރާ ފަރާތުން ހަމަޖައްސައިދެއެވެ. މިމުބާރާތުން އެއްވަނަ ރަށަކަށް 10000ރ ގެފައިސާގެ އިނާމެއް އަދި ދެވަނަ ރަށަށް 7000ރ ގެފައިސާގެ އިނާމެއް ހުށަހަޅައިފަވާއިރު މުބާރާތުން ތިންވަނައަށް އަންނަ ރަށަކަށް ހުށަހަޅާފައިވަނީ 5000ރ ގެ ފައިސާގެ އިނާމެކެވެ. މީގެއިތުރުން މުބާރާތުން އެއްވަނަ ބައިވެރިޔަކަށް 5000ރ، ދެވަނައަށް 3000ރ އަދި ތިންވަނައަށް ހޮވޭ ބައިވެރިޔާއަށް 2000ރ ގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވެއެވެ. މިމުބާރާތް ކުރިޔަށް ދާނީ މިމަހުގެ 17 އިން 20 އަށެވެ.
ހއ. އިހަވަންދޫ
އިހަވަންދޫ ކައުންސިލް
ކުލަބު ޕޯލްސްޓަރ
އިހަވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ
އިހަވަންދިއްޕޮޅު ރަސްތަރި
އަންބަރީ ފައުންޑޭޝަން
ގުޅުން ހުރެދާނެ ލިޔުން
އިހަވަންދިއްޕޮޅު ރަސްތަރިއަށް ޔައިޝާ
20 - ޑިސެމްބަރު - 2022
"އިހަވަންދިއްޕޮޅު ރަސްތަރި" މުބާރާތުގައި 8 ރަށަކުން ވާދަކުރަނީ
7 - ޑިސެމްބަރު - 2022
"އިހަވަންދިއްޕޮޅު ރަސްތަރި" މުބާރާތުގެ އިހަވަންދޫ އޮޑިޝަން ކުރިޔަށް ގެންގޮސްފި
19 - ނޮވެމްބަރު - 2022
"އިހަވަންދިއްޕޮޅު ރަސްތަރި" މުބާރާތުގައި ބައިވެރިވުމުގެ ދައުވަތު ހއ އަތޮޅުގެ ރަށްތަކަށް ފޮނުވައިފި
16 - ނޮވެމްބަރު - 2022
"އިހަވަންދިއްޕޮޅު ރަސްތަރި" މުބާރާތުގައި ބައިވެރިވީ 4 ރަށަކުން
7 - ނޮވެމްބަރު - 2022
"އިހަވަންދިއްޕޮޅު ރަސްތަރި" މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވައިލާފި
22 - އޮކްޓޯބަރު - 2022
"އިހަވަންދިއްޕޮޅު ރަސްތަރި" މުބާރާތުގެ ފައިނަލް ބުރަށް ދަތުރުކުރި 5 ބައިވެރިން ހޮވައިފި
19 - ޑިސެމްބަރު - 2022
ފޮޓޯ: "އިހަވަންދިއްޕޮޅު ރަސްތަރި" މުބާރާތުގެ ފަނޑިއާރުން އިހަވަންދޫއަށް އައުން
16 - ޑިސެމްބަރު - 2022
ގިނަ ހަދިޔާ ތަކާއެކު "ހިތްތަކުގެ މާމެލާ މެލީ" ގެ ނަމުގައި އާއިލީ ހަވީރެއް ބާއްވަނީ
10 - މޭ - 2023
ޝެއިހް އާދަމް ޝަމީމުގެ ހާއްސަ ދަރުހެއް ބާއްވަނީ
8 - މާރިޗު - 2023
ކޮމެންޓް
އަދި ކޮމެންޓެއް ނެތް