ޚަބަރު

ޣާޒީ ދަނޑުގައި ލައިޓިންގ ސިސްޓަމެއް ޤާއިމްކޮށްދޭނެ ފަރާތެއް ހޯދަނީ

ހއ. އިހަވަންދޫގައި ޓާފް އަޅައިގެން ތަރައްޤީކޮށްފައިވާ ޢާޒީ ދަނޑުގައި ލައިޓިންގ ސިސްޓަމެއް ޤާއިމްކޮށްދޭނެ ފަރާތެއް ހޯދުމަށް ޢިއުލާނުކޮށްފިއެވެ. މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އިން ކޮށްފައިވާ ޢިއުލާނުގައި ވަނީ އެކަމަށް ޝައުޤުވެރިވާ ފަރާތްތަކުން އަންނަ ޖެނުއަރީ މަހުގެ 4 ވާ ބުދަ ދުވަހުގެ 11:00 އަށް އަންދާސީ ހިސާބު ހުށަހެޅުމަށެވެ. މިކަމާއި ގުޅިގެން އިހަވަންދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު މުހައްމަދު ޝިފާއު ވިދާޅުވީ މިއީ ޒުވާނުންގެ ސަރުކާރުކަމަށައި، އިހަވަންދޫ ޒުވާނުންގެ އުއްމީދުތައް ތަރުތީބުން ފުރިހަމަ ކުރަމުންދާކަމުގައެވެ.
މުޙައްމަދު އަކުރަމް