ދެވަނަ އިހަވަންކަޕްގެ ޗެމްޕިއަންކަން މާރަންދޫ ޔޫތް ސޮސައިޓީ ހޯދައިފި
ހއ އަދި ހދ އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން ކުލަބު ޕޯލްސްޓަރއިން ކުރިއަށް ގެންދިޔަ ދެވަނަ އިހަވަން ކަޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހއ. މާރަންދޫ ޓީމެއް ކަމަށްވާ މާރަންދޫ ޔޫތް ސޮސައިޓީން ހޯދައިފިއެވެ.
ރޭ އިހަވަންދޫ ހުރަވީ ފުޓުބޯޅަ ދަނޑުގައި ކުޅުނު ފައިނަލް މެޗު މާރަންދޫ ޔޫތް ސޮސައިޓީން ކާމިޔާބު ކޮށްފައިވަނީ ދިއްދޫ އެޗްއެން ސްޕޯރޓްސްއާ ވާދަކޮށް، މެޗްގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމް 1-1 އިން އެއްވަރުވުމުން، ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި 2-4 ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ. ފައިނަލް މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި މާރަންދޫ ޔޫތް ސޮސައިޓީގެ ގޯލް ކީޕަރ ނައުފަލް މޫސާއެވެ.
މި މުބާރާތުގެ ޗެމްޕިއަން ޓީމަށް ވަނީ 50000 (ފަންސާސް ހާސް ރުފިޔާ) ގެ ފައިސާގެ އިނާމެއް ދީފައެވެ. އަދި ރަނަރަޕް ޓީމަށް ވަނީ 25000 (ފަންސަވީސް ހާސް ރުފިޔާ) ގެ ފައިސާގެ އިނާމެއް ދީފައެވެ.
ރޭގެ ފައިނަލް މެޗު ޝަރަފުވެރިކޮށްދެއްވާފައި ވަނީ އިހަވަންދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު މުހައްމަދު ޝިފާއުއެވެ.
މުބާރާތުގެ ވަނަތައް:
* މުބާރާތުގެ އެންމެ މޮޑު ޑިފެންޑަރު: އެންއެން ސްޕޯސްޓްގެ އާދަމް ނަސީމް
* މުބާރާތުގެ އެންމެ މޮޅު މިޑްފިލްޑަރު: މާރަންދޫ ޔޫތް ސޮސައިޓީގެ މުހައްމަދު ސާޖިދު
* މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިޔާ: ނޮޅިވަރަމް ކައުންސިލް ރެކްރިއޭޝަން ކްލަބްގެ ސާލިމް މުހައްމަދު
* 19 އަހަރުންދަށުގެ އެންމެ މޮޅު ކުޅުންތެރިޔާ: ހޯރަފުށީ ކޮމިއުނިޓީ ސެންޓަރގެ މުހައްމަދު ރިޝާން
* މުބާރާތުގެ އެންމެ މޮޅު ފޯވާޑް: ނޮޅިވަރަމް ކައުންސިލް ރެކްރިއޭޝަން ކްލަބްގެ މާތު އަދުނާން
* މުބާރާތުގެ އެންމެ މޮޅު ގޯލް ކީޕަރ: އެންއެން ސްޕޯސްޓްގެ އަޙްމަދު ޝާހިދު
* މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ: މާރަންދޫ ޔޫތް ސޮސައިޓީގެ މުހައްމަދު ސާޖިދު
* މުބާރާތުގެ ފެއަރޕްލޭ ކުޅުންތެރިޔާ: އެންވީކޭގެ ސައުދުއްﷲ އަބްދުއް ރަޝީދު
* މުބާރާތުގެ އެންމެ މޮޅު ކޯޗް: މާރަންދޫ ޔޫތް ސޮސައިޓީގެ މުހައްމަދު މޫސާ
* މުބާރާތުގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިން: ނޮޅިވަރަމް ކައުންސިލް ރެކްރިއޭޝަން ކްލަބްގެ މާތް އަދުނާން، ހޯރަފުށީ ކޮމިއުނިޓީ ސެންޓަރގެ މުހައްމަދު ރިޝާން އަދި ހޯރަފުށީ ކޮމިއުނިޓީ ސެންޓަރގެ އަޙްމަދު ޔާސިރު (މިއިން ކޮންމެ ކުޅުންތެރިޔަކު 3 ގޯލް ޖަހާދީފައިވޭ)
* ފެއަރ ޕްލޭ ޓީމް: އެންވީކޭ
* މުބާރާތުގެ 2 ވަނަ ޓީމް: ދިއްދޫ އެޗްއެން ސްޕޯރޓްސް ކްލަބް
* މުބާރާތުގެ ޗެމްޕިއަން ޓީމް: މާރަންދޫ ޔޫތް ސޮސައިޓީ
މިއީ އިހަވަން ކަޕްގެ 2 ވަނަ މުބާރާތެވެ. އިހަވަން ކަޕްގެ ފުރަތަމަ މުބާރާތް ކާމިޔާބުކުރީ ހދ. ނޮޅިވަރަމްގެ ޓީމެއް ކަމަށްވާ ކުލަބު ޕެނީ އެވެ. އިހަވަން ކަޕްގެ 3 ވަނަ މުބާރާތް މިއަހަރުގެ ޑިސެމްބަރ މަހު އޮންނާނެކަން، ކްލަބް ޕޯލްސްޓާގެ ރައީސް މުހައްމަދު ސުޖާއުވަނީ ރޭގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި އިއުލާންކޮށްފައެވެ.
ހއ. އިހަވަންދޫ
އިހަވަން ކަޕް
ކުލަބު ޕޯލްސްޓަރ
ހދ. ނޮޅިވަރަމް
އެންވީކޭ
ހއ. ހޯރަފުށި
ހއ. ދިއްދޫ
ހއ. މާރަންދޫ
ހީވެސްނުވޭ ސްޕޯޓްސް ކުލަބް
މާރަންދޫ ޔޫތު ސޮސައިޓީ
ގުޅުން ހުރެދާނެ ލިޔުން
އިހަވަން ކަޕްގެ ސެމީ ފައިނަލްގެ ޖާގައެއް ކަށަވަރުކުރި ފުރަތަމަ ޓީމަކަށް އެޗްއެން ސްޕޯޓްސް
26 - ޑިސެމްބަރު - 2022
އިހަވަން ކަޕްގެ 2 ވަނަ ރައުންޑް މިމަހު 23 ހުގައި ފަށަނީ
6 - ޑިސެމްބަރު - 2022
އެންވީކޭ، ބަނޑޭރި، އެޗްއެން އަދި ޔޫތް ސޮސައިޓީ ސެމީއަށް
27 - ޑިސެމްބަރު - 2022
އިހަވަން ކަޕްގެ ފައިނަލަށް މާރަންދޫ ޔޫތް ސޮސައިޓީ އަދި ދިއްދޫ އެޗްއެން ސްޕޯރޓްސް
30 - ޑިސެމްބަރު - 2022
މައި ކަޕް 2019: ދިއްދޫގެ ހީވެސްނުވޭ ސްޕޯޓްސް ކުލަބު ކުއާޓަރއަށް
13 - ޑިސެމްބަރު - 2019
މާރަންދޫ ޓީމަށް ލިބުނު ކާމިޔާބު ހާއްސަކުރީ ހަސަން ހުސެން (ބަގީ) އަށް
4 - ޖެނުއަރީ - 2023
އިހަވަންކަޕްގައި އެންވީކޭ ކުޅޭނީ ރަށު ރޫހުގައި
13 - ޑިސެމްބަރު - 2022
ފިއްލަދޫއާއި މުރާދޫ ފިޔަވައި ހއ. އަތޮޅުގެ ރަށްތަކުން ރައްޔިތުންގެ ބައްދަލުވުން ބާއްވާފައިވޭ
24 - މާރިޗު - 2021
ސަރުކާރުން ހއ އަތޮޅުގައި އިމާރާތްކުރަމުންދާ 3 ހޮސްޕިޓަލްގެ މަސައްކަތުގެ ދުވެލި ހާސްބައި ތަފާތު!
15 - އޮގަސްޓު - 2026
އިހަވަންދޫ، ހޯރަފުށި، ދިއްދޫ، ބާރަށް އަދި މޮޅަދޫ ހިމެނޭހެން 56 ރަށަކަށް އެމްބިއުލާންސް ހަވާލުކޮށްފި
18 - ޖެނުއަރީ - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް