ޚަބަރު މާރަންދޫ ޓީމަށް ލިބުނު ކާމިޔާބު ހާއްސަކުރީ ހަސަން ހުސެން (ބަގީ) އަށް މުޙައްމަދު އަކުރަމް 4 - ޖެނުއަރީ - 2023 20:59 Advertisement މާރަންދޫ ޔޫތް ސޮސައިޓީއަށް ދެވަނަ އިހަވަންކަޕްގެ ޗެމްޕިއަންކަން ލިބުމުން، އެޓީމަށް ލިބުނު ކާމިޔާބު، މަރަންދޫ ފުނަމާގޭ ހަސަން ހުސެން (ބަގީ) އަށް ހާއްސަ ކޮށްފިއެވެ. 2022 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 20 ވަނަ ދުވަހު، އުމުރުން 36 އަހަރުގައި ނިޔާވި ބަގީ އަކީ މާރަންދޫ ޔޫތް ސޮސައިޓީގެ މުހިއްމު ކުޅުންތެރިއެކެވެ. ޒުވާން އުމުރުގައި، ކެންސަރު ބަލީގައި އެތަކެއް ވޭނާއި ކެކުޅުން ތަޙައްމަލު ކުރުމަށްފަހު ދުނިޔެ ދޫކުރި ބަގީވަނީ އިހަވަންދޫގައި ބޭއްވި ގިނަ މުބާރާތް ތަކެއްގައި ކުޅެ މޮޅު ކުޅުމެއް ދައްކާފައެވެ. ފައިނަލް މެޗްގެ ޝަރަފްވެރި މެހެމާން އިހަވަންދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު މުހައްމަދު ޝިފާއުވެސްވަނީ އެކަން ފާހަގަކުރައްވާ ބަގީގެ ހަދާންތައް އާކުރައްވާފައެވެ. "ބަގީނެތުމަކީ މާރަންދޫއާ ހއ އަތޮޅުގެ ފުޓްބޯޅައަށް ލޯބިކުރާ ހުރިހާ ފަރާތްތަކަށްވެސް ލިބުނު ފަޅުކަމެއް" ޝިފާއު ވިދާޅުވިއެވެ. އިހަވަން ކަޕްގެ ދެވަނަ ރައުންޑްގައި މާރަންދޫ ޔޫތް ސޮސައިޓީކުޅުނު ހުރިހާ މެޗެއްގައިވެސް ބަގީ އާނމުކޮށް ކުޅޭ ސިގްނޭޗާ 11 ނަންބަރު ޖާޒީ ފެނިގެން ދިޔައެވެ. އެޓީމްގެ ޓީމް ފޮޓޯ ތަކުންވެސް އަޖާޒީގެ ޒަރިއްޔާއިން ބަގީއަށް ހާއްސަ މަޤާމެއް ހާއްސަކުރިތަން ފެނިގެން ދިޔައެވެ. މާރަނދޫ ޔޫތް ސޮސައިޓީ ޓީމުންވަނީ އެޓީމްގެ 11 ނަންބަރު ޖާޒީ ބަގީއަށް ހާއްސަކޮށް އެޖާޒީ ރިޓަޔަރ ކޮށްފައެވެ. މާރަންދޫ ޔޫތް ސޮސައިޓީގެ ކެޕްޓަން މުހައްމަދު ސާޖިދު (ރޮސީ) މައުލޫމާތު ދިންގޮތުގައި ބަގީ އަކީ އެޓީމްގެ ނަގާކިޔާ ލީޑަރުންގެ ތެރޭގައި ހިމެނުނު އެއް ތަނބެވެ. ރޮސީ ފާހަގަރި ގޮތުގައި ބަގީ އަކީ އެޓީމުން ހޯދި ކާމިޔާބީތަކުގެ ބޮޑު ހިއްސާދާރެކެވެ. އެގޮތުން އެޓީމުން ފުރަތަމަ ފަހަރަށް މައިކަޕް 2012 ގައި ޗެމްޕިއަންކަން ހޯދިއިރު ބާގީއަކީ މުހިއްމު ކުޅުންތެރިއަކަށް ވާއިރު 2018 ގައި އެޓީމުން ދެވަނަ ފަހަރަށް މައިކަޕް ކާމިޔާބު ކުރިއިރު ބަގީއަކީ އެޓީމްގެ ކެޕްޓަނެވެ. އިހަވަން ކަޕް މެމްބަރު ޝިފާޢު ކުލަބު ޕޯލްސްޓަރ ހއ. މާރަންދޫ މައިކަޕް މާރަންދޫ ޔޫތު ސޮސައިޓީ 0% 0% 0% ކޮމެންޓް Website ފޮނުވާ އަދި ކޮމެންޓެއް ނެތް ގުޅުން ހުރެދާނެ ލިޔުން ދެވަނަ އިހަވަންކަޕްގެ ޗެމްޕިއަންކަން މާރަންދޫ ޔޫތް ސޮސައިޓީ ހޯދައިފި 1 - ޖެނުއަރީ - 2023 މައި ކަޕް 2019: ދިއްދޫގެ ހީވެސްނުވޭ ސްޕޯޓްސް ކުލަބު ކުއާޓަރއަށް 13 - ޑިސެމްބަރު - 2019 އިހަވަން ކަޕްގެ ފައިނަލަށް މާރަންދޫ ޔޫތް ސޮސައިޓީ އަދި ދިއްދޫ އެޗްއެން ސްޕޯރޓްސް 30 - ޑިސެމްބަރު - 2022 އެންވީކޭ، ބަނޑޭރި، އެޗްއެން އަދި ޔޫތް ސޮސައިޓީ ސެމީއަށް 27 - ޑިސެމްބަރު - 2022 އިހަވަން ކަޕްގެ ސެމީ ފައިނަލްގެ ޖާގައެއް ކަށަވަރުކުރި ފުރަތަމަ ޓީމަކަށް އެޗްއެން ސްޕޯޓްސް 26 - ޑިސެމްބަރު - 2022 އިހަވަން ކަޕްގެ 2 ވަނަ ރައުންޑް މިމަހު 23 ހުގައި ފަށަނީ 6 - ޑިސެމްބަރު - 2022 ކުޅިމަގަށް ތަފާތު ބޮޑު މޮޅެއް، ނައުޝާދަށް ރަތެއް 16 - ޑިސެމްބަރު - 2019 ފޮޓޯ: މައިކަޕް ފުޓްބޯޅަ މުބާރާތް 2025، ނިންމުމުގެ ރަސްމިއްޔާތު 29 - ޑިސެމްބަރު - 2025 މައިކަޕް 2025: ސެމީ ފައިނަލްގެ މެޗްތައް މިއަދު! 27 - ޑިސެމްބަރު - 2025 ފޮޓޯ: 15 ވަނަ މައިކަޕް ފުޓްބޯޅަ މުބާރާތުގެ ފެށުމުގެ ރަސްމިއްޔާތު 20 - ޑިސެމްބަރު - 2025
ކޮމެންޓް
އަދި ކޮމެންޓެއް ނެތް