Banner Image Description

ހުއްދަ ނުހޯދާ އިހަވަންދޫއަށް އެރި މީހަކު ޖޫރިމަނާކޮށްފި

ޢަބުދުﷲ ޙަމީދު

ޮނިޓަރިންގައި އޮތް ރަށަކުން ހުއްދަ ނުހޯދާ އިހަވަންދޫއަށް އެރި މީހަކު ޖޫރިމަނާކޮށްފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން ޖޫރިމަނާ ކޮށްފައި ވަނީ މޮނިޓަރިން ހާލަތުގައި މިވަގުތު އޮތް ހއ. ދިއްދޫއިން މިއަދު އިހަވަންދޫއަށް ދަތުރު ކުރި ދޯންޏަކުން ހުއްދަ ނުހޯދަ އިހަވަންދޫއަށް އެރި ދިވެއްސެކެވެ.

2 ބިދޭސީންނާއި ދިވެއްސެއް ދަތުރުކުރި މިދޯނިން ރަށުތެރެއަށް އަރާފައި ވަނީ ދިވެހި މީހާއެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވަނީ ހުއްދަ ނުހޯދާ އިހަވަންދޫއަށް އެރި މީހަކަށް މިއަދު ފިޔަވަޅު އަޅާފައިވާކަމަށް އިހަވަން އޮންލައިން އަށް މައުލޫމާތު ދީފައެވެ. ފުލުހުން ވިދާޅުވީ މޮނިޓަރިންގ ގައި އޮތް ރަށަކުން އައި ދޯންޏަކުން ނަގަންޖެހޭ ހުއްދަތައް ނުނަގައި އިހަވަންދޫއަށް ފޭބި މީހަކު މިއަދު ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ.

ހއ. ދިއްދޫގައި ކޮވިޑު ބަލިފެތުރި ބަލިޖެހުނު މީހުންގެ އަދަދު 117 އަށް އަރާފައިވާއިރު މިއަދުވެސް ވަނީ އެރަށުން 3 މީހަކު ކޮވިޑަށް ފައްސިވެފައެވެ.