ތަށި މިލްކްކުރަން ނުކުތް އިހަވަންދޫ ޓީމް ދެވަނަ މެޗުންވެސް ބަލިވެއްޖެ
މުޙައްމަދު އަކުރަމް
8 - ފެބްރުއަރީ - 2023
ގޯލްޑެން ފުޓްސަލް ޗެލެންޖު 2023 ގައި އިހަވަންދޫ ޓީމް ކުޅުނު ދެވަނަ މެޗުންވެސް ބަލިވެއްޖެއެވެ. ރޭކުޅުނު މެޗުން އިހަވަންދޫ ބަލިވީ އުތީމާއި ވާދަކޮށް 3-0 ގެ ނަތީޖާއަކުންނެވެ.
ރޭގެ މެޗްގެ ފުރަތަމަ ހާފްގައި ދެޓީމްގެ ފަރާތުންވެސް ފެނިގެންދިޔައީ ހަމަހަމަ ކުޅުމެކެވެ. ދެވަނަ ހާފްފެށިގެން އިހަވަންދޫ ޓީމުން ރަނގަޅު ހަމަލާތަކެއް އުފެއްދިނަމަވެސް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުމުގެ ނަތީޖާއަކަށް ވެގެންދިޔައީ އުތީމް ޓީމުން ގޯލްޖެހުމެވެ.
މިމުބާރާތުގެ ހއ އަތޮޅުގެ ޗެމްޕިއަންކަން ވޭތުވެދިޔަ ދެ އަހަރުވެސް ހޯދީ އިހަވަންދޫޓީމެވެ. ވުމާއިއެކު މިއަހަރު އެޓީމް ނުކުމެފައިވަނީ ތަށި މިލްކު ކުރުމަށެވެ. ގްރޫޕް ސްޓޭޖްގެ ފަހު މެޗްގައި މިމަހުގެ 10 ވަނަ ދުވަހުގެރޭ 21:00 ގައި އިހަވަންދޫ ޓީމް ނުކުންނާނީ ހޯރަފުއްޓާ ދެކޮޅަށެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖަކީ މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ވެސް އެރަށަކަށް ނިސްބަތްވާ އެއް ޓީމަށް ހުޅުވާލައިގެން ކުރިއަށްގެންދާ މުބާރާތެކެވެ. ނަމަވެސް މާލެއާއި ފުވައްމުލަކުގެ ކޮންމެ އަވަށަކުން ޓީމެއް ބައިވެރިކުރުމުގެ ފުރުސަތު ވެސް ވަނީދީފައެވެ. މިއަހަރުގެ ގޯލްޑެން ފުޓްސަލް ޗެލެންޖުގައި 102 ޓީމު ވަނީ ބައިވެރިވެފައެވެ. އެ މުބާރާތުގައި މި އަހަރު 242 މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ.
ގުޅުން ހުރެދާނެ ލިޔުން
އުތީމް އަތުން ބަލިވެ އިހަވަންދޫއަށް މުބާރާތް ނިމިއްޖެ
28 - ޖެނުއަރީ - 2024
އިހަވަންދޫ ޓީމް ކުއާޓަރ ފައިނަލަށް ދަތުރުކޮށްފި
24 - ޖެނުއަރީ - 2024
އިހަވަންދޫ ޓީމް ފިއްލަދޫ އަތްދަށުވެއްޖެ!
19 - ޖެނުއަރީ - 2024
މުރައިދޫ ބަލިކޮށް އިހަވަންދޫ މުބާރާތްފެށީ މޮޅަކުން
16 - ޖެނުއަރީ - 2024
ގޯލްޑެން ފުޓްސަލް ޗެލެންޖް: އިހަވަންދޫ، މާރަންދޫ، ފިއްލަދޫ އަދި މުރައިދޫ އެއް ގްރޫޕަކަށް
25 - ޑިސެމްބަރު - 2023
ޕޮއިންޓަކާއިއެކު އިހަވަންދޫ ޓީމަށް މުބާރާތް ނިމިއްޖެ
11 - ފެބްރުއަރީ - 2023
ތަށި މިލްކްކުރަން ނުކުތް އިހަވަންދޫ ޓީމް ފުރަތަމަ މެޗުން ބަލިވެއްޖެ
6 - ފެބްރުއަރީ - 2023
ހއ އަތޮޅުގެ ތާޖުކޮޅު އިހަވަންދޫއިން ދިފާޢުކޮށްފި!
27 - ފެބްރުއަރީ - 2022
ހުރިހާ ވިސްނުމެއް ހުރީ ތާޖު ދިފާޢުކުރުން : އިހަވަންދޫގެ ކެޕްޓަން
27 - ފެބްރުއަރީ - 2022
ފަހަތުން އަރައި މުރައިދޫ ބަލިކޮށް އިހަވަންދޫއިން އަތޮޅު ފައިނަލަށް!
25 - ފެބްރުއަރީ - 2022
ކޮމެންޓް
އަދި ކޮމެންޓެއް ނެތް