އެއްހަމަ ހަވީރުގައި ކޮމިއުނިޓީ ސުކައުޓު ގުރޫޕުން ހިންގާނެ ހަރަކާތްތައް ހާމަކޮށްފި

އަޙްމަދު ޢާޞިމް

އިހަވަންދޫ ވޮމެންސް ކޮމިއުނިޓީ ގުރޫޕުން އިސްނަގައިގެން މާދަމާ ހަވީރު 4 ޖަހާއިރު  ކުރިއަށް ގެންދަން ހަމަޖެހިފައިވާ އެއްހަމަ ހަވީރުގެ އިހަވަންދޫ ކޮމިއުނިޓީ ސުކައުޓު ގުރޫޕުގެ ސުޓޯލްގައި ހިންގާނެ ހަރަކާތްތައް އެގުރޫޕުން ހާމަކޮށްފިއެވެ.

މިގޮތުން އެގުރޫޕުން ހާމަކޮށްފައިވާ ގޮތުގައި އެގުރޫޕގެ ސުޓޯލްގައި 4 ސެގްމެންޓެއް އެކުލެވޭނެ އެވެ. އެއީ ބޯލް ސޫޓިން ގޭމްސްއާއި، ފިޝިންގް ގޭމްސް އަދި ފޮޓޯ ޝޫޓިންގް ގެ އިތުރުން އެޑް ނޯޓުސް އެންޑް ލޭންސިންގ އެވެ. މިއިން ކޮންމެ ހަރަކާތަކުންވެސް، ބައިވެރިވާ ފަރާތްތަކަށް ހަދިޔާ ލިބޭނެ ކަމަށް އިހަވަންދޫ ކޮމިއުނިޓީ ސުކައުޓު ގުރޫޕުން މި ނޫހަށް މައުލޫމާތު ދެއެވެ.

އަދި ހަމައެހެންމެ މިސުޓޯލްގަ އިހަވަންދޫ ކޮމިއުނިޓީ ސުކައުޓު ގުރޫޕުގެ ފަޚުރުވެރި 5 ކުދިން ހިމެނޭކަމަށް އެގުރޫޕުން މައުލޫމާތު ދެއެވެ. މި ހަރަކާތުގައި ބައިވެރިވާ ހާއްޞަކުދިންނާއެކު ކުރިއަށް ގެންދާ ހަރަކާތް ކުރިއަށް ކުރިއަށް ގެންދާނީ ފުލުހުންނާ ގުޅިގެން ކަމަށް އިހަވަންދޫ ކޮމިއުނިޓީ ސުކައުޓު ގުރޫޕުން ހާމަކުރެއެވެ.