އިހަވަންދޫ ސުކޫލް މަލްޓިޕާޕޯސް ހޯލުގެ މަސައްކަތްތައް ނިމުމަކާ ގާތަށް
މުޙައްމަދު އަކުރަމް
25 - އޭޕްރީލް - 2023
ނުނިމި ދިގުލައިގެން ދިޔަ ހއ. އިހަވަންދޫ ސުކޫލް، މަލްޓިޕާޕޯސް ހޯލުގެމަސައްކަތް ނިމުމަކާ ގާތަށް ހިނގައްޖެއެވެ. ހޯލް އިމާރާތްކުރާ ސައިޓުން ވާހަކަ ދެއްކެވި ފަރާތުން ބުނީ އެތަނުގައި ކުރާނެ އިތުރު މަސައްކަތެއް މިވަގުތު ނެތްކަމަށާއި ހުރިހާ މަސައްކަތެއް ވެސް ގާތްގަނޑަކަށް. އަދި މިޔަދު މި، ކުރިއަށްދަނީ ފޮޅާ ސާފުކުރުމުގެ ކަންކަން ކަމަށެވެ.
މިމަސައްކަތަކީ 2019 ވަނަ އަހަރު އެޑިޔުކޭޝަން މިނިސްޓްރީން އެސްކޮން ބިލްޑާސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެން ފެށި މަސައްކަތެކެވެ. ނަމަވެސް ކޮވިޑާއި ގުޅިގެން ކުރިމަތިވި ދަތިތަކާއި އެކު އެކުންފުންޏަށް މަސައްކަތް ކުރިއަށް ގެންދެވޭ ގޮތް ނުވެ، މަސައްކަތް ހުއްޓާލުމުން ސަރުކާރުން، ރައްޔިތުންގެ ކުންފުނި، އެމް.ޓީ.ސީ.ސީ އާއި ހަވާލުކޮށްގެން މިވަގުތު ކުރިއަށް ގެންދާ މަސައްކަތެކެވެ.
މަލްޓި ޕާޕޯސްހޯލްގެ ނުނިމިހުރި މަސައްކަތްތައް 240 ދުވަހުން ނިންމުމަށް، 23 އޮގަސްޓް 2022 ގައި މޯލްޑިވްސް ޓުރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އާއި ވަނީ ހަވާލުކޮށްފައެވެ. އެކުން ފުންޏާ މަސައްކަތް ހަވާލުކުރީ 7.7 މިލިއަން ރުފިޔާއަށެވެ.
އިހަވަންދޫ ސްކޫލްގައި ހަދާފައިވަނީ 418 މީހުންގެ ޖާގައިގެ ހޯލެކެވެ. މި ހޯލުގައި ދެ ޗޭޖިންގް ރޫމާއި، ގުދަނަކާއި، 4 ފާޚާނާ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚާއްޞަ ފާޚާނާ އެއްވެސް ހުރެއެވެ. ދެބުރިއަށް ޢިމާރާތްކުރާ މި ހޯލްގެ މެދަށް ހުސްކޮށް އޮންނަ ގޮތަށް ވަނީ ޑިޒައިން ކޮށްފައެވެ.
ގުޅުން ހުރެދާނެ ލިޔުން
ސްކޫލްގެ އޭ ބްލޮކް އަދި ބީ ބްލޮކް އޯވަރ ހެޑް ބްރިޖަކުން ގުޅާލުމުގެ މަސައްކަތް ނިންމާލައިފި
7 - އޮގަސްޓު - 2023
މަސައްކަތް ހަވާލުކުރިތާ ހަފުތާއެއް ނުވަނީ ހޯލް އިމާރާތުގެ މަސައްކަތް ފަށައިފި
28 - އޮގަސްޓު - 2022
އިހަވަންދޫ ސްކޫލްގެ އައު އިމާރާތުގެ މަސައްކަތް އާރުޑީސީއާ ހަވާލުކޮށްފި
4 - ފެބްރުއަރީ - 2026
ސްކޫލްގެ 4 ބުރި އިމާރާތުގެ މަސައްކަތް ނެފެށެނީ ބަޖެޓްކޮށްފައިވާ އަދަދު މަދުކަމުން – އެޑިއުކޭޝަން މިނިސްޓްރީ
30 - އޮކްޓޯބަރު - 2024
ސްޓެމް އެޑިޔުކޭޝަން ސުކޫލުތަކުގައި ފެށުމަށް ތައްޔާރުވަނީ
8 - އޮގަސްޓު - 2023
ޕޯލްސްޓަރ އިން އިހަވަންދޫ ސްކޫލްގެ އިންފާރުގައި ކުލަ ލައިދީފި
24 - މޭ - 2023
އެޑިއުކޭޝަން މިނިސްޓްރީން އެދުނުގޮތަށް އާސާރީ މަގު ސްކޫލަށް ދީފި
21 - މޭ - 2023
މަލްޓި-ޕަރޕަސް ހޯލްގައި މިހާރު ކުރިއަށްދަނީ ވޭރިއޭޝަންއެއްގެ ގޮތުގައި އިތުރުކުރެވިފައިވާ މަސައްކަތް – އެމްޓީސީސީ
6 - މޭ - 2023
އެސްކޮން އަށް ދޫކުރީ 8 ލައްކަ އިތުރަށް 1 މިލިއަން ހޯދަން އެދޭ، ގެއްލުމުގެ ބަދަލު ހޯދާނަން: އެޑިއުކޭޝަން
26 - އޮކްޓޯބަރު - 2022
ސީ.އެމް.ސީ ބަލިކޮށް ޕޮލިސް ފައިނަލަށް
13 - އޮކްޓޯބަރު - 2022
ކޮމެންޓް
އަދި ކޮމެންޓެއް ނެތް