މަގާމާއި ސަނަދާއި އެކަށިގެންވާ އުޖޫރައެއް ލިބޭނޭ މަގަކުން ނޫނީ ޕޭ ހާރމަނައިޒު ކުރުމުގެ ސިޔާސަތު ތަންފީޒެއް ނުވާނެ - މޭޔަރު އާތިފް
މުޙައްމަދު އަކުރަމް
1 - މޭ - 2023
މަގާމާއި ސަނަދާއި އެކަށީގެންވާ އުޖޫރައެއް ލިބޭނޭ މަގުން ޕޭ ސްޓްރަކްޗަރ އިސްލާހު ކުރެވިގެން މެނުވީ ޕޭ ހާރމަނައިޒް ކުރުމުގެ ސިޔާސަތު ފުރިހަމައަށް ތަންފީޒު ވާނޭ ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށް ކުޅުދުއްފުށީ ސިޓީގެ މޭޔަރ މުހައްމަދު އާތިފް ވިދާޅުވެއްޖެއެވެ. އާތިފް މިހެންވިދާޅުވެފައި ވަނީ މިއަދު އޭނާގެ ފޭސްބުކް ޓައިމްލައިންގައި ލިޔުއްވި ޕޯސްޓެއްގައެވެ.
މިމަހުގެ އެކަކުން ފެށިގެން ސިއްހީދާއިރާ އާއި ސިވިލްސާވިސްގެ ބައެއް އެހެނިހެން ދާއިރާތަކަށް މުސާރަ ބޮޑުކުރުމާއި ގުޅިގެން އާތިފް ކުރެއްވި ޕޯސްޓްގައި އިތުރަށް ވީދާޅުވެފައިވަނީ ހާއްސަ އެކިއެކި ދާއިރާތަކުގައި މަސައްކަތް ކުރާ ފަންނީ މުއައްޒިފުންގެ މުސާރަ ބޮޑުކުރުމަކީވެސް ކުރަންޖެހިފައި އޮތް ކަމެއް ކަމަށާއި އަދި ހަމަ އެޔާއި އެކު އެދާއިރާތަކުއި މަސައްކަތް ކުރާ މުއައްޒަފުންނާއި ސަރުކާރުގެ ހުރިހާ އިދާރާތަކެއްގައި މަސައްކަތްކުރާ އިދާރީ މުއައްޒިފުން ހަމަހަމަވާނޭ ގޮތަކަށް ޕޭސްޓްރަކްޗަރ އިސްލާހު ކުރަންޖެހޭކަމަށެވެ. އަދި މުޖުތަމައުގައި އަމިއްލަ މަސައްކަތް ކުރާފަރާތްތަކުގެ އާމްދަނީ އިތުރުވާނޭ ސިޔާސަތުތައް އެކަށައަޅާ ތަންފީޒު ކުރުމަކީ މިދަނޑިވަޅުގައި އިންފްލޭޝަންގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތަށް ކުރާ އަސަރު ކުޑަކުރުމަށް ނުހަނު މުހިންމު ކަމެއްކަމުގައި ދެކޭކަމަށްވެސް މެޔަރ އާތިފް ވަނީ ވިދާޅުވެފައެވެ.
ގުޅުން ހުރެދާނެ ލިޔުން
ސިވިލް ސާވިސްގެ "ބަފަ ޓައިމް" އާއެކުވެސް ރަސްމީ ވަގުތު ހަމަކުރަންޖެހޭނެ!
15 - ޖުލައި - 2026
ފިނޭންސް މިނިސްޓްރީން ކައުންސިލަށްދޭ ގުރާންޓުން އުނިކޮށް އަލީއަށް މުސާރަ ދީފި!
12 - ޖެނުއަރީ - 2025
ސީއެސްސީ އާއި ފިނޭންސް މިނިސްޓްރީ އިން އެންގުމުންވެސް އިހަވަންދޫ ކައުންސިލުން، އަލީއަށް ހައްގުވާ މުސާރަ ނުދިން
22 - މޭ - 2024
އިހަވަންދޫ ކައުންސިލަށް އެއްވެސް އެއްޗެއް ގަނެވޭނެ ގޮތެއްނެތް – ސޮބާހް
1 - މާރިޗު - 2023
އިހަވަންދޫ ކައުންސިލްގެ ވަޒީފާތަކަށް މީހުންނެގުން ސިވިލްސާވިސް ކޮމިޝަނަށް
29 - ޖެނުއަރީ - 2023
އިހަވަންދޫ ކައުންސިލަށް، އަލީ ކަމަކު ނުދިޔަ
31 - ޑިސެމްބަރު - 2022
ހަލާކުވެފައި އޮންނަތާ ގިނަދުވަސް ތަކަކަށްފަހު، އައިސް އުފުލާ ލޮރީ މަރާމާތުކޮށްފި
25 - އޮގަސްޓު - 2026
ޝުމޮން މަރަން ކުރި ހުކުމުގެ އިސްތިއުނާފު ހައިކޯޓުގައި މިއަދު ފަށަނީ
23 - އޮގަސްޓު - 2026
ފުއްޓަރު މައިޒާން ތަރައްޤީކުރުމަށް ކަނޑައަޅާފައިވާ ބަޖެޓުން 3 ލައްކަ ރުފިޔާ ކުޅިވަރު ދެ މުބާރާތަކަށް!
22 - އޮގަސްޓު - 2026
މަޖުބޫރު ކުރުވުމުގެ ސިޔާސަތުތަކުން ޑޮލަރުގެ އަގު ހިފެހެއްޓިދާނެތަ؟
21 - އޮގަސްޓު - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް