Banner Image Description

ބަންޑުން ޖަހާލި ޑިންގީއަށް ދޯންޏަކުން އަޅާނުލާ ދިޔަކަމަށް ބުނާ ވާހަކަތަކެއް

ޢަބުދުﷲ ޙަމީދު

މިއަދު ހއ. އިހަވަންދޫން ހިބަރާގޮސްގެން އުޅެނިކޮށް ދިގުފަރު ބިއްދަށުން މަތީރަށްފުޅާ ދިމާއަށް ބަންޑުން ޖަހާލި ޑީންގީއަށް އަޅާނުލާ ދޯންޏެއް ދިޔަކަމަށް މިނޫހަށް މައުލޫމާތި ލިބިއްޖެ އެވެ.

2 މީހުންނާ އެކު ބަންޑުން ޖަހާލި މި ޑިންގީން ދަތުރު ކުރި މީހަކާ ހަވާލާދީ މި ނޫހަށް މައުލޫމާތި ދިން ފަރާތަކުން ބުނެފައި ވަނީ އެ ދެމީހުން ނަގާފައި ވަނީ އެސަރަހައްދަށް އައި ދެވަނަ ދޯނި ކަމަށާއި އޭގެ ކުރިން އެސަރަހައްދުން ދަތުރު ކުރި ދޯންޏެއް އެހީނުވެ ގޮސްފައިވާ ކަމަށެވެ. އެ ދެމީޙުން ނަގާފައި ވަނީ ހއ. ހޯރަފުށީގެ ދޯންޏަކުން ނެވެ.

ބަނޑުން ޖަހާލި ޑީންގީގައި ތިބި ދެމީހުންގެ ހާލުވެސް ރަނގަޅު އިރު، މިވަގުތު އިހަވަންދޫ މާތިލަ ދޯނި އޮތީ ބަންޑުން ޖަހާލި ޑިންގީ އޮތް ސަރަހައްދުގައެވެ.