އެމްޑީޕީ ބައި-އިލެކްޝަނުގައި އިހަވަންދޫ ދާއިރާގެ ރައީސްކަމަށް ވާދަކުރަނީ އާރިފް އަދި ޝިފާއު

.

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ، އެމްޑީޕީގެ ޤައުމީ މަޖިލިސްގެ ހުސްވެފައިވާ މަޤާމްތަކުގެ ބައި އިލްކްޝަނުގައި، އިހަވަންދޫ ދާއިރާގެ ރައީސްކަމަށް އާރިފް އަދި ޝިފާއު ކުރިމަތިލައްވައިފިއެވެ. އަން އޯގަސްޓް މަހުގެ 2 ވަނަދުވަހު ބާއްވާ މިއިންތިހާބުގައި ކެނޑި ޑޭޓް ނަންބަރު 1 އާރިފްއަށް ލިބިފައިވާއިރު ޝިފާއުއަށް ލިބިފައިވަނީ ކެންޑިޑޭޓް ނަންބަރު 2 އެވެ.

މި އިންތިހާބުގައި ވޯޓް ލުމުގެ ހައްޤު ލިބިގެންވަނީ ޖުމުލަ 599 މީހަކަށެވެ. އިހަވަންދޫ ދާއިރާގެ ރައީސްކަމުގެ މަޤާމުގެ ބައިއިލެކްޝަން މިބާއްވަނީ އެމަޤާމުގައި ކުރިންހުންނެވި މިސްބާހް އެމަޤާމުން އިސްތިއުފާ ދެއްވުމުންނެވެ. މިއިންތިހާބުގައި ވާދަކުރައްވާ މުހައްމަދު ޝިފާއު އަކީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރެވެ. މުހައްމަދު އާރިފްވަނީ ނިމިދިޔަ ސަރުކާރުގެ، ޕްލޭނިން މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރެއްގެ މަޤާމް އަދާކުރައްވާފައެވެ. އާރިފްވަނީ ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އިހަވަންދޫ ދާއިރާގެ ގޮނޑިއަށް ވާދަކޮށްފައެވެ.