Banner Image Description

ސެމީގެ ފަހު ދެޖާގައަށް އައި ކުލަބާއި އިރުވެލި ޓީމު

އިބްރާހިމް ނަޝީދު

މިހާރު ކުރިއަށްދާ 6 ވަނަ މައިކަޕް ފުޓުބޯޅަ މުބާރާތުގެ ގްރޫޕް B ގެ މެޗުތައް ރޭ ނިމި ސެމީ ފައިނަލްގެ ފަހު ދެޖާގަ އައި ކުލަބާއި އިރުވެލި ފުޓުބޯޅަ ޓީމަށް ޔަޤީންވެއްޖެ އެވެ.

ރޭކުޅުނު ފުރަތަމަ މެޗުގައި 3-1 ން ދޮންމަނިކު ޓީމު ބަލިކޮށް ގްރޫޕް B ގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީން ޖާގަ ހޯދި އިރުވެލި ފުޓުބޯޅަ ޓީމު ސެމީގައި ނިކުންނާނީ 29 ޑިސެމްބަރ، ހޮނިހިރު ދުވަހުގެރޭ ގްރޫޕް A ގެ ދެވަނަ ޓީމު މާރަންދޫ ޔޫތު ސޮސައިޓީއާ ދެކޮޅަށެވެ. އެދުވަހުގެ ހަވީރު ކުޅޭ ފުރަތަމަ ސެމީގައި ބައްދަލުކުރާނީ ރޭ ކުޅުނު ފަހު މެޗުގައި 7-1 ން އެންވީކޭ ޕްލަސްގެ މައްޗަށް ކުރިހޯދި އައި ކުލަބާއި ގްރޫޕް A ގެ އެއްވަނަ ޓީމު ނަފުސު ވަޔަށްކެހޭ އެވެ.

މިމުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފަހުމެޗުގައި މިއަދު ހަވީރު ބައްދަލުކުރާނީ A ގްރޫޕްގެ ދެޓީމުކަމަށްވާ ނަފުސު ވަޔަށްކެހޭ އަދި ޖަންގަލް ޑާކު ޕޮއިންޓް ނުވިކޭނަން ޓީމެވެ