އައްޝައިހް އަޙްމަދު ސަމީރު ބިން އިބްރާހީމްގެ ހާއްސަ ދަރުސެއް މިއަދު އޮންނާެނެ ކަމަށް އިހަވަންދޫ ކައުންސިލް އިދާރާއިން ހާމަކޮށްފިއެވެ.
އިހަވަންދޫ ކައުންސިލް އިދާރާއިން އިންތިޒާމުކޮށްގެން ބާއްވަން ހަމަޖެހިފައިވާ މި ދަރުސް ބޭއްވުމަށް ހަމަޖެހިފައިވަނީ ތަޢުބާ މިސްކިތުގައެވެ. ކައުންސިލް އިދާރާއިން ހާމަކުރައްވާފައިވާ ގޮތުގައި މި ދަރުސް އޮންނާނީ މިއަދުގެ މެންދުރު ނަމާދުގެ ފަހުގައެވެ. މި ދަރުސްގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވެ ދަރުސް އަޑުއެއްސެވުމަކީ ކައުންސިލް އިދާރާގެ ވަރަށްބޮޑު އެދުމެއްކަމަށާއި މި ދަރުސްގައި ދެ ޖިންސުގެ ހުރިހާ އުމުރުފުރައެއްގެ މީހުންވެސް ބައިވެރިވުމަށް ކައުންސިލް އިދާރާއިން ވަނީ އެދިލައްވާފައެވެ.
އައްޝައިހް އަޙްމަދު ސަމީރު ބިން އިބްރާހީމް އާއި އެކު އަލްއަޚް ޢަލީ ރަމީޒު ބިން ޤާސިމް ވެސް މިއަދު ވަނީ އިހަވަންދުއަށް ވަޑައިގެންފައެވެ.