Banner Image Description

މައިކަޕް ފުޓުބޯޅަ މުބާރާތުގެ ފައިންލަ މެޗުގެ ލައިވް އަޕްޑޭޓް ގެނެސްދެނީ

އިބްރާހިމް ނަޝީދު

މިއަދު ހަވީރު 4:00 ގައި އިހަވަންދޫ ހުރަވީ ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވާ 6 ވަނަ މައިކަޕް ފުޓުބޯޅަ މުބާރާތުގެ ފައިނަލްމެޗުގެ ލައިވް އަޕްޑޭޓް އިހަވަންދޫޑޮޓްކޮމް އިން ގެނެސްދޭގޮތަށް ހަމަޖެހިއްޖެ އެވެ.

މިމެޗުގައި ބައްދަލުކުރާނީ މީގެ ކުރިން މައިކަޕް ފުޓުބޯޅަ މުބާރާތުގެ 3 ފަހަރު ފައިނަލުގައި ކުޅެ ބަލިވެފައިވާ ނަފުސު ވަޔަށްކެހޭ ޓީމާއި ފުރަތަމަ ފަހަރަށް މައިކަޕް ފުޓުބޯޅަ މުބާރާތުގެ ފައިނަލުން ޖާގަ ހޯދި އިރުވެލި ފުޓުބޯލް ޓީމެވެ.