Banner Image Description

ރޭ ދަންވަރު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

މުޙައްމަދު އަކުރަމް

ރޭ ދަންވަރު ވަގުތެއްގައި ނުރައްކާތެރި އެކްސިޑެންޓެއް އިހަވަންދޫގައި ހިނގައިފި އެވެ. އެކްސިޑެންޓް ހިނގީ ނޫރާނީ މަގުން ހުޅަނގަށް އަމީނީ މަގު ހުރަސްކޮށް ދިޔަ ސައިކަލަކުން ނައްޓަން، އަމީނީ މަގުން އުތުރަށް ދުވާފައި ދިޔަ ސައިކަލެއް މަސައްކަތް ކުރުމުގެ ތެރޭގައި މީނާޒްގޭ ފާރުގައި ޖެހުމުގެ ސަބަބުންނެވެ.

މީނާޒްގޭ ފާރުގައި ޖެހުނު ސައިކަލް ދުއްވަން އިނީ ހއ. އިހަވަންދޫ ރޯޝަނީވިލާ، ޙުސައިން ވިޝާމް 19 އެވެ. ބޭރުފުށުން މީނާ އަށް މާ ބޮޑު ގެއްލުންތަކެއް ލިބިފައި ނުވި ނަމަވެސް އެކްސިޑެންޓް ވި ވަގުތު މީނާ ވަނީ ހޭނެތިފަ އެވެ. އަދި ރޭގެ ވަގުތެއްގައި މީނާ ވަނީ ހދ، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ބަދަލުކޮށްފަ އެވެ. މިހާރު މީނާ ހޭ އަރާފައިވާ ކަމަށާއި، މިހާރު ކޮންމެ ވެސް ވަރަކަށް ވާހަކަ ދައްކާ ކަމަށް މަޢުލޫމާތު ލިބެ އެވެ.