ބީ.އެސް.އެސް.ސީ އަދި އުތީމް ކައުންސިލް ސެމީފައިނަލަށް
މުޙައްމަދު އަކުރަމް
28 - ޑިސެމްބަރު - 2017
މުހައްމަދު އަބުދުﷲ (މުހައްމާ)ގެ ވާދައިގެ ތައްޓަށް ކުޅޭ 11 ވަނަ މައިކަޕް މުބާރާތުގެ ސެމީފައިނަލަށް މާރަންދޫ ބީ.އެސް.އެސް.ސީ (ބަނޑޭރި ސްޓަރ ސްޕޯރޓް ކްލަބް) އަދި އުތީމް ކައުންސިލް ދަތުރުކޮށްފިއެވެ. މާރަންދޫ ބީ.އެސް.އެސް.ސީ މިމުބާރާތުގެ ސެމީފައިނަލްގެ ފުރަތަމަ ޖާގަ ކަށަވަރުކުރީ އިއްޔަހަވީރު ހުރަވީދަނޑުގައި ކުޅުނު މިމުބާރާތުގެ ކުއާޓަރ ފައިބަލްގެ ފުރަތަމަ މެޗްގައި ހޯރަފުށީ ހައިޑްސް އާއި ވާދަކޮށް 1-0 ގެ ނަތީޖާއަކުން މެޗް ކާމިޔާބުކޮށްގެންނެވެ. މިމުބާރާތުގެ ސެމީފައިނަލްގެ ދެވަނަ ޖާގަ އުތީމް ކައުންސިލް ކަށަވަރުކުރީ ރޭކުޅުނު ކުއާޓަރ ފައިނަލްގެ 2 ވަނަމެޗްގައި މާރަންދޫ އެމް.ޒީ.އައި އާއި ވާދަކޮށް 2-0 ގެ ނަތީޖާއަކުން މެޗް ކާމިޔާބުކޮށްގެންނެވެ.
މިމުބާރާތުގެ ސެމީފައިނަލްގެ ފުރަތަމަ މެޗްގައި ވާދަކުރަންޖެހޭނީ މިދެޓީމެވެ. އެމެޗް އޮންނާނީ މިމަހުގެ 30ވާ ހޮނިހިރުދުވަހުގެ 16:00 ގައި އިހަވަންދޫ ހުރަވީދަނޑުގައެވެ. މާރަންދޫ ބީ.އެސް.އެސް.ސީ އަދި އުތީމް ކައުންސިލްވެސް މިމުބާރާތުގައި މިހާތަނަށް ކުޅުނުއެއްވެސް މެޗަކުން ބަލިވެފައެއްނުވެއެވެ. މާރަންދޫ ބީ.އެސް.އެސް.ސީ އެއްމެޗުން އެއްވަރުވެފައިވާއިރު ކުޅުނު ހަތަރުމެޗުންވަނީ މޮޅުވެއެވެ. އަދި އެޓީމްވަނީ މިހާތަނަށް މިމުބާރާތުގައި 6 ގޯލްކާމިޔާބުކޮށްފައެވެ. ފާހަގަކޮށްލެވޭ އަނެއްކަމަކީ މިމާރާތުގައި މިހަތަނަށް މާރަންދޫ ބީ.އެސް.އެސް.ސީ ކޮޅަށް ގޯލެއްވަދެފައިނުވާކަމެވެ. އުތީމްކައުންސިލް މިމުބާރާތުގައި ކުޅުނު މެޗްތަކަށް ބަލާއިރު ދެމެޗް ކާމިޔާބުކޮށްފައިވާއިރު އެޓީމްކުޅުނު ދެމެޗުންވަނީ ހަމަހަމަ ނަތީޖާއެއް ނުކުމެފައެވެ. އެޓީމުން މުމުބާރާތުގައި މިހާތަނަށް 8 ގޯލް ކާމިޔާބުކޮށްފައިވާއިރު ބައިކޮޅަށް ވަދެފައިވަނީ 3 ގޯލެވެ.
ސެމީފައިނަލްގެ ފަހު ދެޖާގައަށް ވާދަކުރާޓީމްތަކަކީ ކުޅިމަގު، އެންވީކޭ، ޖަންގަލް އަދި ސެންސިޓީ ފޭންސްއެވެ. މިއަދު ހަވީރު 16:00 ގައި ފަށާ ކުއާޓަރ ފައިނަލްގެ ތިންވަނަ މެޗްގައި ވާދަކުރަނީ ގްރޫޕް 4 އިން އެއްވަނަ ހޯދި ކުޅިމަގާއި ގްރޫޕް 3 އިން ދެވަނައަށް ދިޔަ އެންވީކޭއެވެ. އަދި މިރޭ 20:00 ގައި ކުޅޭ ކުއާޓަރ ފައިނަލްގެ ފަހު މެޗްގައި ވާދަކުރާނީ ގްރޫޕް 2 އިން އެއްވަނަ ހޯދި ޖަންގަލްއާއި ގްރޫޕް 1 އިން ދެވަނައަށް ދިޔަ ސެންސިޓީ ފޭންސްއެވެ.
ޗެމްޕިއަންޓީމަށް ޓީމަށް 75000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 25000 ރުފިޔާގެ ފައިސާގެ އިނާމު ހުށަހަޅާފައިވާ މިމުބާރާތުގެ ސެމީފައިނަލް ކުޅޭނީ މިމަހުގެ 30 ވާ ހޮނިހިރު ދުވަހުއެވެ. އަދި ފައިނަލް މެޗްކުޅޭނީ އަންނަ އަހަރުގެ ޖެނުއަރިމަހުގެ ފުރަތަމަ ދުވަހުއެވެ.
ގުޅުން ހުރެދާނެ ލިޔުން
ޖަންގަލް، އެންވީކޭ، ކުޅިމަގު އަދި އިރަމާ ކައުންސިލް ކަޕްގެ ސެމީފައިނަލަށް ދަތުރުކޮށްފި
28 - ނޮވެމްބަރު - 2023
ކައުންސިލް އަދި އ.ތ.މ.ކ އަށް ޕީއެންސީން ކުރިމަތިލާ ފުލްޓީމް ހަމަކޮށްފި!
29 - ޖެނުއަރީ - 2026
ފިރާގު އަދި ޝާހުވެސް އަމިއްލަގޮތުން ކައުންސިލް އިންތިހާބުގައި ވާދަކުރަނީ!
1 - ޖެނުއަރީ - 2026
ކައުންސިލްގެ ރައީސްގެ ޓިކެޓަށް ސޮބާހް އަދި ރައްޒާން ވާދަކުރައްވަނީ!
10 - ޑިސެމްބަރު - 2025
ކައުންސިލް ކަޕްގެ ފައިނަލްގައި ވާދަވެރި އެންވީކޭ އަދި ޔުނައިޓެޑް ޔޫތުގެ ކުރިމަތިލުމެއް!
21 - އޮކްޓޯބަރު - 2025
ސެންސިޓީ، އުލިގަން، ބޮޑުމަގު އަދި ޖަންގަލް ސެމީފައިނަލަށް!
24 - ސެޕްޓެމްބަރު - 2025
ކުޑަކަތީބު މަގު ފައިނަލަށް، ބޮޑުމަގު އަދި ދުންތަރި ސެމީފައިނަލަށް!
13 - ސެޕްޓެމްބަރު - 2025
ކައުންސިލް ކަޕް އަދި ޑަބުލިއު.ޑީ.ސީ ވޮލީ މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
14 - އޮގަސްޓު - 2025
އިންޓަރ އޮފީސް ފުޓްސަލް ޗެލެންޖް: ކައުންސިލް އަދި ޕޮލިސް ފައިނަލަށް
5 - ޑިސެމްބަރު - 2024
އިންޓަރ އޮފީސް ފުޓްސަލް ޗެލެންޖް: ފެނަކަ، ޕޮލިސް، އާރު.އާރު.ސީ އަދި ކައުންސިލް ސެމީ ފައިނަލަށް
4 - ޑިސެމްބަރު - 2024
ކޮމެންޓް
އަދި ކޮމެންޓެއް ނެތް