ތައުލީމީ ދާއިރާއިން ސިވިލް ސޮސައިޓީ އެވޯޑް އިމަގަށް
ތައުލީމީ ދާއިރާއިން ސިވިސް ސޮސައިޓީ އެވޯޑް އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) ޖަމިއްޔާއަށް ދީފިއެވެ. އެޖަމިއްޔާއަށް މިއެވޯޑް ދީފައިވަނީ ރާއްޖޭގައި ފުރަތަމަ ފަހަރަށް "ސިވިލް ސޮސައިޓީ އެވޯޑްސް"ގެ ނަމުގައި ތަޢާރަފްކުރި އެވޯޑްދިނުމަށް ރޭ ސޯސަލް ސެންޓަރ އިންޑޯ ހޯލްގައި ބޭއްވި ރަސްމިއްޔާތުގައެވެ.
އިމަގު ޖަމިއްޔާއަށް ތައުލީމީ ދާއިރާއިން މިއެވޯޑް ދީފައިވާއިރު، އިމަގު މަންސަފާގެ ނަމުގައި އެޖަމިއްޔާއިން ކުރިޔަށް ގެންދަމުންދާ ޕްރޮގްރާމް ފާހަގަކުރެވެއެވެ. އޯލެވެލް އަދި އޭލަވަލް އިމަތިހާނަށް ދަރިވަރުން ފައްކާކުރުމުގެ ގޮތުން، މަންސަފާ ޓީމްތަކުން ރަށްތަކަށް ޒިޔާރަތް ކޮށްގެންނާއި، އޮންލައިން މަންސަތަކުގެ އެހީގައި ވަނީ ހިލޭސާބަހަށް ސްޓަޑީ ކޭޕްތަކަށް ބޭނުންވާ އިންސާނީ ވަސީލަތް ފޯރުކޮށްދީފައެވެ. އެގޮތުން ފާއިތުވި 3 އަހަރު އެޕްރޮގްރާމްގެ ޒަރިއްޔާއިން 980 އަށްވުރެ ގިނަ ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.
ރާއްޖޭގައި އަލަށް ތަޢާރަފުކުރި ސިވިލް ސޮސައިޓީ އެވޯޑުގެ މަޤްޞަދުތަކުގެ ތެރޭގައި، އިޖްތިމާޢީ ގޮތުން މުޖުތަމަޢު ބާރުވެރިކުރުވުމަށް އަމިއްލައަށް އިސްނަގައިގެން މަދަނީ ޖަމްޢިއްޔާތައް އަދާކުރާ ދައުރާމެދު ހޭލުންތެރިކަން އިތުރުކުރުމާއި އެކަންކަމުގެ އަގުވަޒަންކުރުމާއި ދަރުމަވެރި ޖަމްޢިއްޔާތަކުގެ ތެރެއިން ނަމޫނާ ޚިދުމަތްތަކެއް ދޭ ޖަމްޢިއްޔާތަކަށް ހިތްވަރު ދިނުމާއި އަގު ވަޒަންކުރުން ހިމެނެއެވެ.
އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) ޖަމިއްޔާއަކީ ވޭތުވެދިޔަ 27 އަހަރު ދުވަހުގެ ތެރޭގައި ހއ އިހަވަންދޫގެ ތަރައްޤީއަށާއި ކުރިއެރުމަށާއި ރަށުގެ އިޖްތިމާއީ ހާލަތު ރަނގަޅުކުރުމަށް ރައްޔިތުންނާއި ގުޅިގެން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ އަދި ކުރަމުންދާ ޖަމިއްޔާއެކެވެ. 2021 ވަނަ އަހަރު އިމަގު ޖަމިއްޔާއިންވަނީ ސަރުކާރުން ދެއްވާ ހިތްވަރު ދިނުމުގެ ގައުމީ އިނާމު ހާސިލްކޮށްފައެވެ.
ގުޅުން ހުރެދާނެ ލިޔުން
މިއަހަރު އިހަވަންދޫގައި ގިނަ ކުޅިވަރު މުބާރާތްތަކެއް ބާއްވަނީ
16 - ޖުލައި - 2025
ޣާޒީ ކަޕްގެ އިނާމު 15،000ރ އަށް ބޮޑުކޮށް، ފެބުރުއަރީ 9 ގައި ފަށަނީ
7 - ޖެނުއަރީ - 2024
އިމަގު ޖަމިއްޔާއަށް ފުޓްސަލް ދަނޑެއް ހެދުމަށް ދޫކޮށްފައިވާ ބިން ކައުންސިލަށް ނަގަނީ
21 - ޑިސެމްބަރު - 2023
އިލެކްޓްރިކަލް ދާއިރާގެ ކޯހެއް ހިލޭ ކިޔެވުމުގެ ފުރުސަތު
14 - ޖުލައި - 2023
ސަހުނީޒަށް އެހީވުމަށް ހިންގި ފަންޑްރައިސިންގެ އިވެންޓުން 61272.50 ރުފިޔާ
9 - ޖުލައި - 2023
ސަހުނީޒަށް އެހީވުމަށް ފަންޑްރައިސިންގެ އިވެންޓެއް ބާއްވަނީ
7 - ޖުލައި - 2023
ޢީދު ފާހަގަކުރުމަށް އިހަވަންދޫގައި ގިނަ ހަރަކާތްތަކެއް ހިންގަނީ
26 - ޖޫން - 2023
އެތައްސަތޭކަ ކުދިންނާއިއެކު އާއިލީ ހަވީރު ކުރިޔަށް ގެންގޮސްފި
14 - މޭ - 2023
ގިނަ ހަދިޔާ ތަކާއެކު "ހިތްތަކުގެ މާމެލާ މެލީ" ގެ ނަމުގައި އާއިލީ ހަވީރެއް ބާއްވަނީ
10 - މޭ - 2023
އިމަގު ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި ސުންގަޑިއަކީ އަންނަ ބުރާސްފަތި ދުވަސް
25 - މާރިޗު - 2023
ކޮމެންޓް
އަދި ކޮމެންޓެއް ނެތް