ރިޔާސީ އިންތިހާބުގައި ހއ.އަތޮޅުގައި ބަހައްޓާނީ 24 ވޯޓްފޮށި، އިހަވަންދޫގައި 3 ފޮށި
މިއަހަރުގެ ސެޕްޓެމްބަރުމަހުގެ 9 ވަނަދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓްލުމަށް ރާއްޖެއާއި ރާއްޖެއިން ބޭރުގައި ބަހައްޓާނެ ވޯޓް ފޮށީގެ އަދަދު އިލެކްޝަންސް ކޮމިޝަނުން ޢިއުލާންކޮށްފިއެވެ. އެގޮތުން މިފަހަރުގެ ރިޔާސީ އިންތިހާބުގައި 604 ވޯޓް ފޮށި ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާއިރު ހއ އަތޮޅުގެ ރަށްތަކުގައި ޖުމްލަ 24 ވޯޓްފޮށްޓެއް ބެހެއްޓުމަށް ނިންމާފައިވެއެވެ.
ހއ އަތޮޅުގައި ބަހައްޓާ ވޯޓް ފޮށީގެ ތެރޭގައި ހިމެނެނީ މީހުން ދިރިއުޅޭ ރަށްތަކުގައި ބަހައްޓާ 23 ވޯޓް ފޮށްޓާއި، ރިސޯޓެއް ކަމަށްވާ ޖޭއޭ މަނަފަރުގައި ބަހައްޓާ 1 ވޯޓް ފޮށްޓެވެ. މީހުން ދިރިއުޅޭ ރަށްތަކުގައި ވޯޓްފޮށި ބެހެއްޓުމަށް ހަމަޖެހިފައިވަނީ:
ހއ. ދިއްދޫ – 4 ވޯޓް ފޮށި
ހއ. އިހަވަންދޫ - 3 ވޯޓް ފޮށި
ހއ. ހޯރަފުށި - 3 ވޯޓް ފޮށި
ހއ. ކެލާ - 2 ވޯޓް ފޮށި
ހއ. ބާރަށް - 2 ވޯޓް ފޮށި
ހއ. ތުރާކުނު – 1 ވޯޓް ފޮށި
ހއ. އުލިގަމު - 1 ވޯޓް ފޮށި
ހއ. މޮޅަދޫ - 1 ވޯޓް ފޮށި
ހއ. ވަށަފަރު - 1 ވޯޓް ފޮށި
ހއ. ފިއްލަދޫ - 1 ވޯޓް ފޮށި
ހއ. މާރަންދޫ - 1 ވޯޓް ފޮށި
ހއ. ތަކަންދޫ - 1 ވޯޓް ފޮށި
ހއ. އުތީމް - 1 ވޯޓް ފޮށި
ހއ. މުރައިދޫ - 1 ވޯޓް ފޮށި
އިހަވަންދޫގައި މިފަހަރުގެ އިންތިހާބުގައި ބެހެއްޓުމަށް ނިންމާފައިވަނީ 3 ވޯޓް ފޮށްޓެވެ. އިހަވަންދޫ ސްކޫލްގެ ފިޒިކްސް ލެބްގައި ބަހައްޓާ އިހަވަންދޫ 1 ނަންބަރު ވޯޓް ފޮށްޓަށް ވޯޓްލެވޭނީ އިހަވަންދޫ ނޫރާނީމަގުގެ އުތުރު ސަރަހައްދުގައިވާ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނާއި، އެފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކުރާ އެހެނިހެން ދިވެހި ރައްޔިތުންނަށެވެ. އިހަވަންދޫ ސްކޫލްގެ މަލްޓި ޕާޕަސް ހޯލު ގައި ބަހައްޓާ އިހަވަންދޫ 2 ނަންބަރު ވޯޓްފޮށްޓަށް ވޯޓްލެވޭނީ އިހަވަންދޫ ޗާންދަނީމަގު އިރުން ސަބުދެލިމަގުގެ އުތުރުން ހުސެއިނީގޯޅީގެ އިރުން ސޯސަންމަގުގެ އުތުރުން އޯކިޑުމަގުގެ އިރުން ނޫރާނީ މަގުގެ ދެކުނު ސަރަހައްދުގައިވާ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނަށެވެ. އިހަވަންދޫ ސްކޫލްގެ ވަގުތީ ހޯލްގައި ބަހައްޓާ އިހަވަންދޫ 3 ނަންބަރު ވޯޓް ފޮށްޓަށް ވޯޓްލެވޭނީ، އިހަވަންދޫ ޗާންދަނީމަގުގެ ހުޅަނގުން ސަބުދެލިމަގުގެ ދެކުނުން، ހުސެއިނީގޯޅީގެ ހުޅަނގުން، ސޯސަންމަގުގެ ދެކުނުން، އޯކިޑުމަގުގެ ހުޅަނގުން ނޫރާނީމަގުގެ ދެކުނު ސަރަހައްދުގައިވާ ގޭގޭގެ ރަޖިސްޓްރީވެފައިވާ ރައްޔިތުންނަށެވެ.
އިލެކްޝަންސް ކޮމިޝަނުން މިހާރު ކުރިއަށްގެންދަނީ ވޯޓަރ ލިސްޓުގެ މަސައްކަތްތަކާއި ރީރަޖިސްޓްރޭޝަނާއި ގުޅޭ މަސައްކަތްތަކެވެ. އެގޮތުން އެމީހަކު ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލާނީ ޖުލައި 16 އިން އޮގަސްޓްމަހުގެ 5 ދުވަހުގެ ނިޔަލަށްކަމަށް އިލެކްޝަނުން ވަނީ ކަނޑައަޅާފައެވެ. އަދި އޮންލައިންކޮށް ރީ-ރަޖިސްޓްރީ ކުރެވޭނީ ޖުލައި 16އިން ޖުލައި 29ގެ ނިޔަލަށްކަމަށާއި، އަދި ޖުލައި 30 އިން އޮގަސްޓު 5 އަށް، ރީ-ރަޖިސްޓްރީ ކުރެވޭނީ ފޯމުން އެކަނިކަމަށްވެސް އެކޮމިޝަނުން ވަނީ ނިންމާފައެވެ. އިލެކްޝަންސް ކޮމިޝަނުން މައުލޫމާތުދޭ ގޮތުގައި ރީ-ރަޖިސްޓްރޭޝަނަށްފަހު، ވޯޓުފޮށިތަކުގެ ޢަދަދަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއްކަމަށެވެ.
ގުޅުން ހުރެދާނެ ލިޔުން
އިހަވަންދޫ ދާއިރާ ރައްޔިތުން ވޯޓުލުމަށް މާލޭގައި ބަހައްޓާ ފޮށި ބަދަލުކޮށްފި
15 - އޮގަސްޓު - 2023
އިހަވަންދޫގައި 100 ހައުސިންގ ޔުނިޓް އަޅާނެ ބަޔަކު ހޯދަނީ
29 - ޖެނުއަރީ - 2025
އިހަވަންދޫ ޓީމް މުބާރާތް ނިންމައިލީ މޮޅަކުން!
6 - ނޮވެމްބަރު - 2023
ދިއްދޫ އަތުން ބަލިވެ އިހަވަންދޫ ޓީމް ކަޓައިފި
4 - ނޮވެމްބަރު - 2023
ތިލައުތުރު ފުޓްސަލް މުބާރާތް: އިހަވަންދޫ ޓީމަށް ހިތްދަތި ފެށުމެއް
3 - ނޮވެމްބަރު - 2023
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ހާއްސަ ކަވަރޭޖް: އިހަވަންދޫއިން ކުރިހޯދީ އިބޫ
29 - ސެޕްޓެމްބަރު - 2023
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އިހަވަންދޫގައި ބަހައްޓާ ފޮށިތަކަށް ވޯޓްލެވޭ މީހުންގެ އަދަދު މަދުވެއްޖެ!
25 - ސެޕްޓެމްބަރު - 2023
ޑިޖިޓަލް ލައިސަންސް ކާޑު ވޯޓްލާން ބޭނުމެއް ނުކުރެވޭނެ!
24 - ސެޕްޓެމްބަރު - 2023
ރިޔާސީ އިންތިހާބުގެ ހާއްސަ ކަވަރޭޖް: އިހަވަންދޫއިން ކުރި ހޯދީ މުއިއްޒު
9 - ސެޕްޓެމްބަރު - 2023
ސަރުކާރުން މަސްވެރިންނަށްވީ އެއްވެސް ވައުދެއް ނުފުއްދާ – ސޮބާޙް
6 - ސެޕްޓެމްބަރު - 2023
ކޮމެންޓް
އަދި ކޮމެންޓެއް ނެތް