ޚަބަރު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިހަވަންދޫއަށް ވަޑައިގެންފި

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ހއ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ހަވީރު އިހަވަންދޫއަށް ވަޑައިގެންފިއެވެ. ރައީސް އިހަވަންދޫއަށް ވަޑައިގަތުމުން، ގިނަބަޔަކު ބަނދަރަށްނުކުމެވަނީ ހޫނު މަރުހަބާއެއް ކިޔައިފައެވެ. ރައީސަށް މަރުހަބާ ދެންނެވުމަށް ނުކުމެތިބި މީހުންގެސަފު ބަނދަރުން ފެށިގެން އެމްޑީޕީ ހަރުގެއާހަމަޔަށްއޮތެވެ. ރައީސްގެ މިދަތުރުފުޅުގައި މަލްޓިޕާޕޯސް ހޯލް، ކޮމިއުނިޓީ ސެންޓަރު، ފެނަކަ އޮފީސް ހުޅުވައިދެއްވުމުގެ އިތުރުން އިހަވަންދޫ ބަނދަރު އަޕްގްރޭޑްކުރުމުގެ މަސްރޫއު އިފްތިތާހްކުރަށްވާނެއެވެ. ރައީސް އިހަވަންދޫއަށް ވަޑައިގަތްވަގުތު ޕީޕީއެމްއިންދިޔައީ ޕޮލިސްސްޓޭޝަނާއި ދިމާލުން  ރަށްވެހި މަގުގައި މުޒާހަރާކުރަމުންނެވެ.
މުޙައްމަދު އަކުރަމް