ޔުނައިޓެޑް ޔޫތަށް ފުރުސަތު ތަނަވަސްވިއިރު އެންވީކޭގެ އަމިއްލަބާރު ކެނޑިއްޖެ!
މުޙައްމަދު އަކުރަމް
25 - ޖުލައި - 2023
ދިރާގު ބޮޑުތިލަދުންމަތި ފުޓްސަލް ޖެލެންޖްގައި މިއަދުކުޅުނު ގްރޫޕް އޭ ގެ މެޗްތަކުގެ ނަތީޖާއިން، އެންވީކޭގެ އަމިއްލަ ބާރު ކެނޑިއްޖެއެވެ.
މިއަދުގެ ފުރަތަމަ މެޗްގައި މިއަދު އިރަމާ އަދި ބޮޑުމަގު ކުޅުނުމެޗް ފަސޭހަކަމާއިއެކު 5-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ބޮޑުމަގެވެ. އެންވީކޭ އަދި ޔުނައިޓެޑް ޔޫތް ބައްދަލުކުރި މެޗް 3-3 ގެ ނަތީޖާއަކުން ހަމަހަމަވެ ދެޓީމަށްވެސް ނިންމާލަންޖެހުނީ ޕޮއިންޓަކާއިއެކުއެވެ. މިއަދުގެ މެޗުން އެންވީކޭ މޮޅުވިނަމަ ސެމީފައިނަލް ޔަޤީންވާނެއެވެ. އަދި ޔުނައިޓެޑްޔޫތް އަމިއްލަބާރު ގެއްލި މުބާރާތުން ކެޓުމުގެ ފުރުސަތު ބޮޑުވާނެއެވެ. ޔުނައިޓެޑްޔޫތް މޮޅުވިނަމަވެސް އެޓީމަށް ސެމީފައިނަލުން ޖާގައެއް ކަށަވަރުވާނެއެވެ. ގްރޫޕް އޭ ގެ އެއްވަނާގައި މިވަގުތުއޮތީ 7 ޕޮއިންޓާ ފައިދާ 6 ގޯލާއިއެކު ނާވައިދޫއެވެ. ދެވަނާގައިއޮތް އެންވީކޭއަށްވެސް 7 ޕޮއިންޓް ލިބިފައިވާއިރު އެޓީމަށް ލިބިފައިވަނީ ފައިދާ 4 ގޯލެވެ. 5 ޕޮއިންޓާއިއެކު 3 ވަނާގައި އޮތް ޔުނައިޓެޑް ޔޫތަށް ލިބިފައިވަނީ 5 ޕޮއިންޓެވެ. ހަތަރުވަނާގައި ބޮޑުމަގު އޮތްއިރު 5 ވަނާގައިއޮތް އިރަމާއަށް އަދި ޕޮއިންޓެއް ނުލިބެއެވެ.
މުބާރާތުގައި ވާދަކުރާ އެންމެ ވަރުގަދަ އެއްޓީމްކަމަށްވާ އެންވީކޭ ސެމީފައިނަލަށް ދަތުރުކުރުމުގައި މިހާރުވަނީ އަމިއްލަ ބާރު ކެނޑިފައެވެ. އެޓީމަށް ގްރޫޕް ސްޓޭޖްގައި ބާކީ މެޗެއްނެތެވެ. ގްރޫޕް އޭގެ އެއްވެސް ޓީމަކަށް ސެމީފައިނަލުން ޖާގައެއް އަދި ކަށަވަރެއްނުވެއެވެ، ނާވައިދޫ ގްރޫޕް ސްޓޭޖްގެ ފަހު މެޗްގައި ނުކުންނާނީ އިރަމާއާ ދެކޮޅަށެވެ. އެމެޗުން އެއްވަރުކޮށްލައިގެން ނުވަތަ މޮޅުވެގެންވެސް ސެމީ ފައިނަލުން ޖާގައެއް ކަށަވަރުވާނެއެވެ. ނަމަވެސް 2 ގޯލަށްވުރެ ބޮޑު ތަފާތަކުން އިރަމާއަތުން ބަލިވެއްޖެނަމަ އެޓީމްގެ އަމިއްލަބާރުވެސް ކެނޑޭނެއެވެ. އަދި އެންވީކޭ ސެމީފައިނަލަށް ދަތުރުކުރާނެއެވެ. ޔުނައިޓެޑް ޔޫތް ސެމީފައިނަލުން ޖާގައެއް ކަށަވަރުކުރަން ގްރޫޕް ސްޓޭޖްގެ ފަހުމެޗްގައި ބޮޑު މަގު ބަލިކުރަން ޖެހޭނެއެވެ. އެނޫން ކޮންމެ ނަތީޖާއެއް ނުކުތްނަމަވެސް ސެމީފައިނަލަށް ދަތުރުކުރާނީ އެންވީކޭ އަދި ނައިވާދޫއެވެ.
މާދަމާވެސް މިމުބާރާތުގެ 2 މެޗެއްކުޅޭނެއެވެ. ފުރަތަމަ މެޗްގައި ބައްދަލުކުރާނީ ޖޭއޭ މަނަފަރު އަދި ސެންސިޓީއެވެ. ދެވަނަ މެޗްގައި ޓީމް ހަނިމާދޫ ނުކުންނާނީ މާރަންދޫ ޔޫތް ސޮސައިޓީއާ ދެކޮޅަށެވެ.
ޔުނައިޓެޑް ޔޫތު
ކުލަބު ޕޯލްސްޓަރ
އެންވީކޭ
ބޮޑުމަގު
ކްލަބް އިރަމާ
ސީޕީއެސް ސްޕޯރޓްސް އެންޑް ރެކްރިއޭޝަން ކްލަބް
ބޮޑުތިލަދުންމަތީ ފުޓްސަލް ޗެލެންޖް
ގުޅުން ހުރެދާނެ ލިޔުން
މިއަދުގެ މެޗްތަކުން ނާވައިދޫ، ކުޅިމަގު އަދި ޔުނައިޓެޑްޔޫތް މޮޅުވެއްޖެ
23 - ޖުލައި - 2023
ހަނިމާދޫ އަދި އެންވީކޭ ޕޮއިންޓް ތާވަލްގެ އެންމެ ކުރިޔަށް
22 - ޖުލައި - 2023
ޓީމް ނައިވާދޫ އަދި އެންވީކޭ ފެށުން ރަނގަޅުކޮށްފި
21 - ޖުލައި - 2023
ބޮޑުތިލަދުންމަތި ފުޓްސަލް ޗެލެންޖް 2024 ގައި ބައިވެރިވީ 9 ޓީމެއް
7 - މޭ - 2024
ގްރޫޕް އޭ ގެ އެއްވަނަ އާއިއެކު ސެމީފައިނަލްގެ ފަހު ޖާގަ ޔުނައިޓެޑް ޔޫތަށް
28 - ޖުލައި - 2023
ބޮޑުތިލަދުންމަތި ފުޓްސަލް ޗެލެންޖްގެ ޗެމްޕިއަންކަން ހޯދާ ބޮޑުމަގު ތާރީހުގެ ތެރެއަށް
20 - މޭ - 2024
ބީއެފްސީ ފައިނަލް މިރޭ، ބޮޑުމަގު ޓީމަށް ސާކްގެ ވަރުގަދަ އިންޒާރެއް!
19 - މޭ - 2024
ބޮޑުތިލަދުންމަތި ފުޓްސަލް ޗެލެންޖްގެ ސެމީފައިނަލް މިރޭ
17 - މޭ - 2024
ބޮޑުމަގުން އެންވީކޭ ހިފެހެއްޓިއިރު، މަނަފަރު މުބާރާތްފެށީ މޮޅަކުން
11 - މޭ - 2024
ދިރާގު ބޮޑުތިލަދުންމަތި ފުޓްސަލް ޖެލެންޖް 2023 ގެ ޗެމްޕިއަންކަން ޔުނައިޓެޑް ޔޫތް ހޯދައިފި
1 - އޮގަސްޓު - 2023
ކޮމެންޓް
އަދި ކޮމެންޓެއް ނެތް