ބަނދަރު އަޕްގުރޭޑްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރިތާ 15 ދުވަސް ނުވަނީސް، އާނމުންގެ ރައްކާތެރިކަމަށް ސިޑި ބަންދުކޮށްފި
މުޙައްމަދު އަކުރަމް
2 - އޮގަސްޓު - 2023
އިހަވަންދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ ނިމުން ފާގަކުރިތާ 15 ދުވަސް ނުވަނީސް، ބަނދަރުގެ އިރުމަތިން ފެރީ ޓާމިނަލް ކުރިމަތިން ޕަސެންޖަރުންނަށް ހާއްސަކޮށްފައިވާ ސިޑީގެ ކީވޯލް އަޑިއަށް ދާތީ، އެސިޑި ބަންދުކޮށްފިއެވެ. އިހަވަންދޫ ކައުންސިލުން އެސިޑި ބަންދުކޮށްފައިވަނީ، އެސިޑި ގަނބައިގެންގޮސް އަރިވުމުގެ ސަބަބުން އެސިޑި ބޭނުންކުރާ ފަރާތްތަކަށް ނުރައްކާތެރި ހާދިސާއެއް ހިނގުމުގެ ފުރުސަތު އޮތްކަމަށް އެކައުންސިލަށް ޤަބޫލުކުރެވޭތީކަމަށް އިހަވަންދޫ ކައުންސިލުންބުނެއެވެ.
އިހަވަންދޫ ކައުންސިލުން ވަނީ ބަނދަރު ބޭނުންކުރާ ފަރާތްތަކުން އެކަމަށް ސަމާލުކަން ދިނުމަށް އެދިލައްވާފައެވެ. ފެރީ ޓާމިނަލް ސިޑި ބަންދުކުރުމުން މާދަމާއިން ފެށިގެން އަރާފޭބުމަށް ހާއްސަކުރެވިފައިވަނީ އިހަވަންދޫ ޕޮލިސް ސްޓޭޝަން ކުރިމަތީގައިވާ ސިޑިކަމަށް އިހަވަންދޫ ކައުންސިލުން މައުލޫމާތުދެއެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗާ އިން އެމްޓީސީސީއާ ހަވާލުކޮށްގެން ދާދިފަހުންވަނީ އިހަވަންދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތްކޮށްފައެވެ. 1 ޖޫން 2020 ގައި ފެށި 51.7 މިލިއަން ރުފިޔާގެ އެމަޝްރޫޢު ނިންމާފައިވަނީ 24 ސެޕްޓެމްބަރ 2022 ގައެވެ. ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ ނިމުން ފާގަކޮށްފައިވަނީ މިދިޔަ ޖުލައި މަހު 19 ވަނަ ދުވަހު، ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިހަވަންދޫއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން، އިހަވަންދޫ ބަނދަރު ސަރަހައްދުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ ސްކޯޕްގެ ތެރޭގައި، ގަނބާތީ ބަންދުކޮށްފައިވާ ސިޑި ހިމޭނޭ ސަރަހައްދު މަރާމާތުކުރުން ހިމެނިފައެއް ނުވެއެވެ. ސިޑި ގަނބާކަން ފާހަގަކުރެވޭތާ މިހާރު އަހަރެއްހާ ދުވަސްވެފައިވާއިރު، ސިޑި ހިމެނޭ ސަރަހައްދުގެ ކީވޯލް މިހާރުވަނީ 11 ސެންޓިމީޓަރު ނުވަތަ 4.3 އިންޗި އަޑިއަށް ގޮސްފައެވެ.
އިހަވަންދޫ ކައުންސިލް
އެމްޓީސީސީ
އިހަވަންދޫ ބަނދަރު
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ
ގުޅުން ހުރެދާނެ ލިޔުން
ބަންދު ކޮށްފައިވާ ސިޑީގެ ހާލަތު ގޯސްވެ، ކަދުރު ރުއް ހެދެން ފަށައިފި!
31 - ޖެނުއަރީ - 2026
ފެރީ ޓާމިނަލް ސިޑިއާ އިންވެގެން ހުޅަގަށްއޮތް ސަރަހައްދުގެ ޕޭވްމަންޓްގެ ދަށުން ފަސްގަނޑު ދަމައިގަނެފި
22 - ސެޕްޓެމްބަރު - 2024
ބަންދުކޮށްފައިވާ އިރުމަތީ ފަރާތު ސިޑީގެ ހާލަތު އިތުރަށް ގޯސްވެ ވަށައިގެން ދަގަނޑު ޖަހައިފި
27 - ޖޫން - 2024
އިހަވަންދޫ ބަނދަރުގައި ޕަސިންޖަރުންނަށް ހާއްސަކޮށްފައިވާ ސިޑީގެ ކީވޯލް އަޑިއަށްދަނީ
16 - ޖުލައި - 2023
ބަނދަރު ގޮނޑިތަކުން ރައްޔިތުންނަށް އުފާވެރިކަމާއި ބަނދަރަށް ފުރިހަމަކަން
27 - އޮގަސްޓު - 2022
މެޝިނަރީޒް ރަށަށް އެރުވިތާ ދެމަހާ ފޮއިދުވަސްވާއިރުވެސް ބަނދަރުގެ މަސައްކަތް ނުފެށިފަ
11 - ޑިސެމްބަރު - 2019
އިހަވަންދޫ އާޓިފިސިއަލްބީޗް ތަރައްޤީކުރަން އެމްޓީސީސީއާ ހަވާލުކުރީ އާދަޔާހިލާފު ބޮޑު އަގަކަށް!
7 - ޖެނުއަރީ - 2026
އިހަވަންދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިމިއްޖެ – އެމްޓީސީސީ
13 - އޮކްޓޯބަރު - 2025
ބޮޑު ސަމާލުކަމެއް ލިބުނު އިހަވަންދޫ ރަސްމީ ފާލަން އެޅުމަށް ބޭނުންވާ އާކިޓެކްޗަރަލް، އިންޖިނިއަރިންގ ޑްރޯވިންގ އަދި ބީ.އޯ.ކިއު ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަނީ!
30 - ސެޕްޓެމްބަރު - 2025
އިހަވަންދޫގެ އިރުމަތީ ފަރާތުން 712 މީޓަރުގެ ސަރަހައްދެއް ގިރައިފި – އިހަވަންދޫ ކައުންސިލް
29 - އޮގަސްޓު - 2025
ކޮމެންޓް
އަދި ކޮމެންޓެއް ނެތް