އިންތިޚާބު ބޮއިކޮޓު ނުކުރަން ނިންމި ނިންމުން ޔާމީން ބަލައެއްނުގެންނެވި
އިދިކޮޅު ޕީޕީއެމް/ޕީއެންސީން ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ބޮއިކޮޓު ކުރަން ކުރީގެ ރައީސް އަބްދުﷲ ޔާމީން ބޭނުންފުޅުވި ނަމަވެސް، އެކަން އެ ގޮތަށް ނުކުރަން ދެ ޕާޓީގެ ޖޮއިންޓް ސެނެޓުން މިއަދު ނިންމި ނިންމުން އެމަނިކުފާނު ބަލައިނުގަންނަވާ ކަން އަންގަވައިފި އެވެ.
ޔާމީން އެ ގޮތަށް އެންގެވީ އަނބިކަނބަލުން ފާތިމަތު އިބްރާހިމް މެދުވެރިކުރައްވައި މިރޭ 9:30 އެހާއިރު ފޯނު ކޯލަކުންނެވެ.
އިންތިހާބު ބޮއިކޮޓް ކުރަން ފެނޭތޯ ބަލަން ޕީޕީއެމް ސެނެޓުން ވޯޓަށް އަހަން ޖެހުނީ ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމީ ރަނގަޅަށް ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމް ކުރުމާ ގުޅިގެން، އިންތިހާބު ބޮއިކޮޓް ކުރަން އެ މަނިކުފާނު އެދިވަޑައިގަތުމުންނެވެ.
މިއަދުގެ ސެނެޓް ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ 126 މެމްބަރުންނެވެ. އަންނަ މަހުގެ 9 ގައި ބާއްވާ ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ 67 މެމްބަރެކެވެ. ޔާމީން އެދިވަޑައިގެންނެވި ގޮތަށް އިންތިހާބު ބޮއިކޮޓް ކުރަން ވޯޓު ދެއްވީ 46 މެމްބަރެކެވެ.
ސެނެޓުގެ ނިންމުން ރައީސް ޔާމީން ބަލައިނުގަންނަވާ ކަން އެންގެވުމާ އެކު، ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ ލީޑަޝިޕްގެ ބައްދަލުވުމެއް ބާއްވަން އަންނަނީ ތައްޔާރުވަމުންނެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޕީޕީއެމް-ޕީއެންސީގެ ކޯލިޝަނުގެ ފަރާތުން ވާދަކުރައްވާ މާލޭ މޭޔަރު، ޑރ. މުޙައްމަދު މުޢިއްޒުގެ ކެންޑިޑެސީ ފޯމު މާދަމާ އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހަޅަން އަންނަނީ ތައްޔާރުވަމުންނެވެ.
ގުޅުން ހުރެދާނެ ލިޔުން
އޯޕަން ސްޓޭޖް ކުރިންހުރި ގޮތަށް އިޢާދަކުރުމަށާއި، ކައުންސިލުން ކޮށްފައިވާ ޖޫރިމަނާ ދެއްކުމަށް އެމްޑީޕީގެ މައްޗަށް ޙުކުމްކޮށްފި
12 - ފެބްރުއަރީ - 2024
އޯޕަން ސްޓޭޖް ކުރިންހުރި ގޮތަށް އިޢާދަކުރުމަށް އެމްޑީޕީގެ މައްޗަށް ވަގުތީ އަމުރެއް ނުނެރުނު
7 - ނޮވެމްބަރު - 2023
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ހާއްސަ ކަވަރޭޖް: އިހަވަންދޫއިން ކުރިހޯދީ އިބޫ
29 - ސެޕްޓެމްބަރު - 2023
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އިހަވަންދޫގައި ބަހައްޓާ ފޮށިތަކަށް ވޯޓްލެވޭ މީހުންގެ އަދަދު މަދުވެއްޖެ!
25 - ސެޕްޓެމްބަރު - 2023
ޑިޖިޓަލް ލައިސަންސް ކާޑު ވޯޓްލާން ބޭނުމެއް ނުކުރެވޭނެ!
24 - ސެޕްޓެމްބަރު - 2023
ރިޔާސީ އިންތިހާބުގެ ހާއްސަ ކަވަރޭޖް: އިހަވަންދޫއިން ކުރި ހޯދީ މުއިއްޒު
9 - ސެޕްޓެމްބަރު - 2023
ރިޔާސީ ކެންޑިޑޭޓުން އިހަވަންދޫއަށް ހާއްސަކޮށް ވެފައިވަނީ ކޮންވައުދުތަކެއް؟
8 - ސެޕްޓެމްބަރު - 2023
ސަރުކާރުން މަސްވެރިންނަށްވީ އެއްވެސް ވައުދެއް ނުފުއްދާ – ސޮބާޙް
6 - ސެޕްޓެމްބަރު - 2023
އެމްބިއުލާންސަށް ދަތިވާކަމަށްބުނެ އެމްޑީޕީގެ ދިދަތަކެއް ނަގަން އުޅުމުން ހަމަނުޖެހުން
31 - އޮގަސްޓު - 2023
ވޯޓްލައިގެން ފާފަވެރިއެއް ނުވާނެ – އައްޝައިޙް ޙުސައިން ރީޙާން
29 - އޮގަސްޓު - 2023
ކޮމެންޓް
އަދި ކޮމެންޓެއް ނެތް