ސްޓެމް އެޑިޔުކޭޝަން އެމްބެސެޑަރ ޢަލީ ސުޒެއިން ، ސްޓެމް އެޑިޔުކޭޝަނާ ބެހޭގޮތުން ޕްރެޒެންޑޭޝަން ހުށަހަޅަނީ، ފޮޓޯ، އިބްރާހީމް ޠާސީން.[/caption]
ޢަލީ ސުޒެއިން ވިދާޅުވީ، ސައިންސް، ޓެކްނޯލޮޖީ، އިންޖިނިއަރިންގ، އަދި ހިސާބު މިއީ އެއާނުލައި، ދެން ކުރިއަށް އޮތް ދުވަސްތަކުގައި ނޫޅެވޭނެ ކަންކަން ކަމެވެ. ސްޓެމް އެޑިޔުކޭޝަނުގައި ކުދިން މިދާއިރާތަކަށް ލޯހުޅުވިގެން ދާނެކަމަށެވެ. މީގެ އިތުރުން 21 ވަނަ ގަރުނުގައި ވަޒީފާތަކަށް ބޭނުންވާ މީހުންގެ ކިބާގައި ހުންނަންޖެހޭ މުހިއްމު ހުނަރުތައް ކުދިންގެ ކިބާގައި އަށަގެންނެވުމަށް ބާރު އަޅާނެކަމަށް ސުޒެއިންގެ ހުށަހެޅުމުގައި ވިދާޅުވިއެވެ.
ޢަލީ ސުޒެއިން ވިދާޅުވީ ސްޓެމް އެޑިޔުޝަނުގައި މަދަރުސީ އުނގެނުމުގައި މައިކްރޯބިޓް ބޭނުންކުރާނެ ގޮތް ދަރިވަރުން ދަސްކުރާނެ ކަމަށެވެ.
އިހަވަންދޫ ސްކޫލް ވަނީ، ވޯލްޑް ބޭންކުގެ އެހީގައި ސްޓެމް އެޑިޔުކޭޝަން ޤާއިމު ކުރާ 28 ސްކޫލްތެރޭގައި ހިމެނިފަ އެވެ. ހއ. އަތޮޅުން ސްޓެމް އެޑިޔުކޭޝަން ފަށާ ފުރަތަމަ ސްކޫލަކީ އިހަވަންދޫ ސްކޫލެވެ. އިހަވަންދޫ ސްކޫލްގައި ސްޓެމް އެޑިޔުކޭޝަން އިފްތިތާހު ކޮށްފި.
އިހަވަންދޫ ސްކޫލްގައި ސްޓެމް އެޑިޔުކޭޝަން އިފްތިތާހު ކޮށްފިއެވެ. ސްޓެމް އެޑިޔުކޭޝަން ޕްރޮގްރާމް އިހަވަންދޫ ސްކޫލްގައި ފައްޓަވާދެއްވީ މި އަދު ހެނދުނު އެ ސްކޫލްގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓްރީގެ ދާޢީ އައްޝައިޚް ޢަބްދުލް ޤާދިރު މުހައްމަދެވެ.
ޝައިޚް ޢަބްދުލް ޤާދިރު މުހައްމަދަކީ އިހަވަންދޫ ސްކޫލުން ފުރަތަމަ އޯލެވެލް އިމްތިހާނު ހެދި ދަރިވަރުންގެ ތެރެއިން 7 މާއްދާ އިން ފާސް ވެގެން ސެންޓަރ ފޯ ހަޔަރ ސެކަންޑްރީ އެޑިޔުކޭޝަނުން (ސީ.އެޗް.އެސް. އީ) މަތީ ސާނަވީއަށް ކިޔެވުމުގެ ފުރުސަތު ލިބުނު 3 ދަރިވަރުންގެ ތެރެއިން ދަރިވަރެކެވެ.
އިހަވަންދޫ ސްކޫލްގައި ތައުލީމް ހާސިލް ކުރައްވަން އުޅުއްވި ދުވަސްވަރުގެ ހަނދާންތައް އާކުރައްވަމުން ކުދިންނާ މުހާތަބުކޮށް ޝައިޚް ޤާދިރު ވިދާޅުވީ، މިއަދު ތިޔަ ކުދީންނަކީ ވަރަށް ބޮޑު ނަސީބެއް، ވަރަށް ބޮޑު ނިޢުމަތެއް ލިބިފައިވާ ކުދިންތަކެއް ކަމަށެވެ.
"އަޅުގަނޑު އިހަވަންދޫ ސްކޫލްގައި ކިޔަވަން އުޅުނުއިރު، ކުލާސް ރޫމްގެ އުނގެނުމުގެ ހަރަކާތް މުޅިންހެން އޮތީ ޓީޗަރުން ކިޔައިދޭ ނުވަތަ ބޯޑްގައި ލިޔެދޭ ފިލާވަޅުތައް ނެގުން، ނުވަތަ ފިލާވަޅުތައް ޑިކްޓޭޓް ކުރުމަށް. މަތީ ސާނަވީ ކިޔަވަން ސީ،އެޗް.އެސް.އީ ގޮސް އެ ސްކޫލްގެ ވަސީލަތްތައް ފެނުމުން ހިތަށް އެރީ، މި ފަދަ ވަސީލަތްތަކާއެކު އޯލެވެލްއަށް ކިޔެވުމުގެ ފުރުޞަތު ލިބުނު ނަމަ، މިއަށް ވުރެން ރަނގަޅު ނަތީޖާއެއް ހޯދާނަމޭ" ޝައިޚް ވިދާޅުވިއެވެ. މިއަދު މާލޭގެ ސްކޫލްތަކެކޭ އެއްގޮތަށް ހުރިހާ ވަސީލަތްތަކަކާއެކު ސްޓެމް އެޑިޔުކޭޝަންގެ ތައުލީމް ކިޔެވުމުގެ ފުރުސަތު ލިބުމަކީ ކިހާބޮޑު ނިޢުމަތެއްތޯ؟ އެކަމަށްޓަކައި މާތްﷲއަށް ޝުކުރުވެރިވުން ހައްޤު ކަމަށެވެ.
އިހަވަންދޫ ސްކޫލްގައި ސްޓެމް އެޑިޔުކޭޝަން ފެށުމަށްޓަކައި އެ ސްކޫލްގެ ތިން މުވައްޒަފުން ވަނީ ނެޝަނަލް އިންސްޓިޓިއުޓް ފޯރ އެޑިޔުކޭޝަނުން މި ކަމަށް ހިންގި ސްޓެމް އެމްބެސެޑަރ ތަމްރީނު ފުރިހަމަ ކޮށްފައެވެ. އެބޭފުޅުންނަކީ ލީޑިން ޓީޗަރ ޢަލީ ސުޒެއިންނާއި، ޓީޗަރ ފާޠިމަތު ފާހިރާ އާއި ލެބް އެސިސްޓެންޓް މަރިޔަމް ސަމާޙަތެވެ.
މިއަދު ގެ ރަސްމިއްޔާތުގައި ސްޓެމް އެމްބެސެޑަރ ލީޑިންގ ޓީޗަރ ޢަލީ ސުޒެއިންވަނީ ސްޓެމް އެޑިޔުކޭޝަނާ ބެހޭ ގޮތުން ޕްރެޒެންޑޭޝަނެއް ހުށަހަޅާފައެވެ. ޢަލީ ސުޒެއިން ވަނީ މެލޭޝިޔާގެ ޔުނިވަރ ސިޓީ އޮފް ޓެކްނޮލޮޖީ އެންޑް އިލެކްޓްރޯނިކް އެންޑް ޓެލެކޮމިއުނިކޭޝަން އިންޖިނިއަރިން ދާއިރާއިން މާސްޓަރސް ހައްދަވާފައެވެ.
[caption id="attachment_7149" align="alignnone" width="300"]
ސްޓެމް އެޑިޔުކޭޝަން އެމްބެސެޑަރ ޢަލީ ސުޒެއިން ، ސްޓެމް އެޑިޔުކޭޝަނާ ބެހޭގޮތުން ޕްރެޒެންޑޭޝަން ހުށަހަޅަނީ، ފޮޓޯ، އިބްރާހީމް ޠާސީން.[/caption]
ޢަލީ ސުޒެއިން ވިދާޅުވީ، ސައިންސް، ޓެކްނޯލޮޖީ، އިންޖިނިއަރިންގ، އަދި ހިސާބު މިއީ އެއާނުލައި، ދެން ކުރިއަށް އޮތް ދުވަސްތަކުގައި ނޫޅެވޭނެ ކަންކަން ކަމެވެ. ސްޓެމް އެޑިޔުކޭޝަނުގައި ކުދިން މިދާއިރާތަކަށް ލޯހުޅުވިގެން ދާނެކަމަށެވެ. މީގެ އިތުރުން 21 ވަނަ ގަރުނުގައި ވަޒީފާތަކަށް ބޭނުންވާ މީހުންގެ ކިބާގައި ހުންނަންޖެހޭ މުހިއްމު ހުނަރުތައް ކުދިންގެ ކިބާގައި އަށަގެންނެވުމަށް ބާރު އަޅާނެކަމަށް ސުޒެއިންގެ ހުށަހެޅުމުގައި ވިދާޅުވިއެވެ.
ޢަލީ ސުޒެއިން ވިދާޅުވީ ސްޓެމް އެޑިޔުޝަނުގައި މަދަރުސީ އުނގެނުމުގައި މައިކްރޯބިޓް ބޭނުންކުރާނެ ގޮތް ދަރިވަރުން ދަސްކުރާނެ ކަމަށެވެ.
އިހަވަންދޫ ސްކޫލް ވަނީ، ވޯލްޑް ބޭންކުގެ އެހީގައި ސްޓެމް އެޑިޔުކޭޝަން ޤާއިމު ކުރާ 28 ސްކޫލްތެރޭގައި ހިމެނިފަ އެވެ. ހއ. އަތޮޅުން ސްޓެމް އެޑިޔުކޭޝަން ފަށާ ފުރަތަމަ ސްކޫލަކީ އިހަވަންދޫ ސްކޫލެވެ.
ސްޓެމް އެޑިޔުކޭޝަން އެމްބެސެޑަރ ޢަލީ ސުޒެއިން ، ސްޓެމް އެޑިޔުކޭޝަނާ ބެހޭގޮތުން ޕްރެޒެންޑޭޝަން ހުށަހަޅަނީ، ފޮޓޯ، އިބްރާހީމް ޠާސީން.[/caption]
ޢަލީ ސުޒެއިން ވިދާޅުވީ، ސައިންސް، ޓެކްނޯލޮޖީ، އިންޖިނިއަރިންގ، އަދި ހިސާބު މިއީ އެއާނުލައި، ދެން ކުރިއަށް އޮތް ދުވަސްތަކުގައި ނޫޅެވޭނެ ކަންކަން ކަމެވެ. ސްޓެމް އެޑިޔުކޭޝަނުގައި ކުދިން މިދާއިރާތަކަށް ލޯހުޅުވިގެން ދާނެކަމަށެވެ. މީގެ އިތުރުން 21 ވަނަ ގަރުނުގައި ވަޒީފާތަކަށް ބޭނުންވާ މީހުންގެ ކިބާގައި ހުންނަންޖެހޭ މުހިއްމު ހުނަރުތައް ކުދިންގެ ކިބާގައި އަށަގެންނެވުމަށް ބާރު އަޅާނެކަމަށް ސުޒެއިންގެ ހުށަހެޅުމުގައި ވިދާޅުވިއެވެ.
ޢަލީ ސުޒެއިން ވިދާޅުވީ ސްޓެމް އެޑިޔުޝަނުގައި މަދަރުސީ އުނގެނުމުގައި މައިކްރޯބިޓް ބޭނުންކުރާނެ ގޮތް ދަރިވަރުން ދަސްކުރާނެ ކަމަށެވެ.
އިހަވަންދޫ ސްކޫލް ވަނީ، ވޯލްޑް ބޭންކުގެ އެހީގައި ސްޓެމް އެޑިޔުކޭޝަން ޤާއިމު ކުރާ 28 ސްކޫލްތެރޭގައި ހިމެނިފަ އެވެ. ހއ. އަތޮޅުން ސްޓެމް އެޑިޔުކޭޝަން ފަށާ ފުރަތަމަ ސްކޫލަކީ އިހަވަންދޫ ސްކޫލެވެ. ގުޅުން ހުރެދާނެ ލިޔުން
ފުރަތަމަ އިންޓަރ އޮފީސް ހޭންޑް ބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އިހަވަންދޫ ސްކޫލް ހޯދައިފި
31 - އޮގަސްޓު - 2026
ކައުންސިލުން ގްރާންޓްގެ ގޮތުގައި އިހަވަންދޫ ސްކޫލަށް މިއަހަރު ދެނީ 200،000ރ
19 - އޮގަސްޓު - 2026
އިހަވަންދޫ ސްކޫލުން މުބާރާތް ނިންމައިލީ ލޮއެ މެޑަލް އާއި އެކު!
14 - އޮގަސްޓު - 2026
ސެމީގައި ސީއެޗްއެސްއީ އަތުން ބަލިވެ، އިހަވަންދޫ ސްކޫލް 3 ވަނަ ހޮވާ މެޗަށް!
12 - އޮގަސްޓު - 2026
ޖޫނިއަރ ވޮލީބޯޅަ ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލްގައި އިހަވަންދޫ ސްކޫލް މިރޭ ކުޅޭނެ..
11 - އޮގަސްޓު - 2026
ކައުންސިލުން އިހަވަންދޫ ސްކޫލަށްދޭ ގްރާންޓްގެ %20 އިނާމު ދިނުމުގެ ޖަލްސާއަށް...
11 - އޮގަސްޓު - 2026
އިހަވަންދޫ ސްކޫލް ފުރަތަމަ މެޗުން މޮޅުވެ، ސެމީ ފައިނަލަށް!
9 - އޮގަސްޓު - 2026
އެޗްއެސްސީ އިމްތިހާނުގެ ދިވެހި މާއްދާއިން މުޅި ރާއްޖެއިން އެއްވަނަ ނަބާހް ހޯދައިފި
14 - ޖުލައި - 2026
އިހަވަންދޫ ސްކޫލްގެ އައު އިމާރާތުގެ މަސައްކަތް އާރުޑީސީއާ ހަވާލުކޮށްފި
4 - ފެބްރުއަރީ - 2026
ބަޖެޓު 2026: އިހަވަންދޫ ކައުންސިލަށް 22.4 މިލިއަން ރުފިޔާގެ ގްރާންޓެއް
4 - ނޮވެމްބަރު - 2025
ކޮމެންޓް
އަދި ކޮމެންޓެއް ނެތް