ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އިހަވަންދޫގައި ބަހައްޓާ ފޮށިތަކަށް ވޯޓްލެވޭ މީހުންގެ އަދަދު މަދުވެއްޖެ!
އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ވޯޓު ލުމުގެ ހައްގު ލިބިގެންވާ މީހުންގެ ދާއިމީ ލިސްޓް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު އާންމުކޮށްފައިވާއިރު، ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށްވުރެ ދެވަނަ ބުރުގައި އިހަވަންދޫގައި ބަހަށްޓާ 3 ފޮށްޓަށް ވޯޓްލާން ރަޖިސްޓަރީ ކޮށްފައިވާ މީހުންގެ އަދަދު މަދުކަމަށް ދައްކައިފިއެވެ. އެގޮތުން އިހަވަންދޫގައި ބަހައްޓާ 3 ފޮށްޓަށް ވޯޓް ލުމުގެ ހައްޤު ލިބިގެންވާ މީހުންގެ އަދަދު ވަނީ ފުރަތަމަ ބުރަށްވުރެ 56 މީހުން މަދުވެފައެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު އިހަވަންދޫގައި ބެހެއްޓި 3 ވޯޓު ފޮއްޓަށް ޖުމުލަ 1,817 މީހުން ވޯޓްލުމަށް ރަޖިސްޓްރީ ކޮށްފައިވެއެވެ. ނަމަވެސް އިންތިހާބުގެ ދެވަނަބުރު އެއަދަދުވަނީ 1761 އަށް ދަށް ވެފައެވެ.
އިހަވަންދޫ ސްކޫލްގެ ފިޒިކްސް ލެބްގައި ބެހެއްޓި އިހަވަންދޫ 1 ނަންބަރު ވޯޓް ފޮށްޓަށް އިންތިހާބުގެ ފުރަތަމަ ބުރު 664 މީހުންނަށް ވޯޓްލުމުގެ ހައްޤު ލިބުނުއިރު އިންތިހާބުގެ ދަވަނަ ބުރު އެއަދަދުވަނީ 676 އަށް އިތުރުވެފައެވެ. 1 ނަންބަރު ވޯޓް ފޮށްޓަށް ވޯޓްލެވޭނީ އިހަވަންދޫ ނޫރާނީމަގުގެ އުތުރު ސަރަހައްދުގައިވާ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނާއި، އެފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކުރާ އެހެނިހެން ދިވެހި ރައްޔިތުންނަށެވެ. އިހަވަންދޫ ސްކޫލްގެ މަލްޓި ޕާޕަސް ހޯލު ގައި ބެހެއްޓި އިހަވަންދޫ 2 ނަންބަރު ވޯޓްފޮށްޓަށް އިންތިހާބުގެ ފުރަތަމަ ބުރު 619 މީހުންނަށް ވޯޓް ލުމުގެ ހައްޤު ލިބުނުއިރު އިންތިހާބުގެ ދެވަނަ ބުރު އެއަދަދުވަނީ 598 އަށް ދަށްވެފައެވެ. 2 ނަންބަރު ވޯޓްފޮށްޓަށް ވޯޓްލެވޭނީ އިހަވަންދޫ ޗާންދަނީމަގު އިރުން ސަބުދެލިމަގުގެ އުތުރުން ހުސެއިނީގޯޅީގެ އިރުން ސޯސަންމަގުގެ އުތުރުން އޯކިޑުމަގުގެ އިރުން ނޫރާނީ މަގުގެ ދެކުނު ސަރަހައްދުގައިވާ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނަށެވެ. އިހަވަންދޫ ސްކޫލްގެ ވަގުތީ ހޯލްގައި ބެހެއްޓި އިހަވަންދޫ 3 ނަންބަރު ވޯޓް ފޮށްޓަށް އިންތިހާބުގެ ފުރަތަމަ ބުރު 534 މީހުންނަށް ވޯޓްލުމުގެ ހައްޤު ލިބުނުއިރު އިންތިހާބުގެ ދެވަނަ ބުރު އެފޮށްޓަށް ވޯޓް ލެވޭނީ 487 މީހުންނަށެވެ. އިހަވަންދޫ 3 ނަންބަރު ވޯޓް ފޮށްޓަށް ވޯޓްލެވޭނީ، އިހަވަންދޫ ޗާންދަނީމަގުގެ ހުޅަނގުން ސަބުދެލިމަގުގެ ދެކުނުން، ހުސެއިނީގޯޅީގެ ހުޅަނގުން، ސޯސަންމަގުގެ ދެކުނުން، އޯކިޑުމަގުގެ ހުޅަނގުން ނޫރާނީމަގުގެ ދެކުނު ސަރަހައްދުގައިވާ ގޭގޭގެ ރަޖިސްޓްރީވެފައިވާ ރައްޔިތުންނަށެވެ.
ގުޅުން ހުރެދާނެ ލިޔުން
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ހާއްސަ ކަވަރޭޖް: އިހަވަންދޫއިން ކުރިހޯދީ އިބޫ
29 - ސެޕްޓެމްބަރު - 2023
ރިޔާސީ އިންތިހާބުގެ ހާއްސަ ކަވަރޭޖް: އިހަވަންދޫއިން ކުރި ހޯދީ މުއިއްޒު
9 - ސެޕްޓެމްބަރު - 2023
ސަރުކާރުން މަސްވެރިންނަށްވީ އެއްވެސް ވައުދެއް ނުފުއްދާ – ސޮބާޙް
6 - ސެޕްޓެމްބަރު - 2023
އެމްބިއުލާންސަށް ދަތިވާކަމަށްބުނެ އެމްޑީޕީގެ ދިދަތަކެއް ނަގަން އުޅުމުން ހަމަނުޖެހުން
31 - އޮގަސްޓު - 2023
އިހަވަންދޫ ދާއިރާ ރައްޔިތުން ވޯޓުލުމަށް މާލޭގައި ބަހައްޓާ ފޮށި ބަދަލުކޮށްފި
15 - އޮގަސްޓު - 2023
ދިގުފަރު ހިއްކާ އިހަވަންދޫއާ ގުޅާލާނަން: މުއިއްޒު
14 - އޮގަސްޓު - 2023
މުއިއްޒު މާދަމާ އިހަވަންދޫއަށް ވަޑައިގަންނަވަނީ
12 - އޮގަސްޓު - 2023
ޓާޝަރީ ހޮސްޕިޓަލެއްގެ ވައުދާއިއެކު ނާޒިމްގެ ގިނަވައުދުތަކެއް އިހަވަންދޫއަށް
11 - ޖުލައި - 2023
ރިޔާސީ އިންތިހާބުގައި ހއ.އަތޮޅުގައި ބަހައްޓާނީ 24 ވޯޓްފޮށި، އިހަވަންދޫގައި 3 ފޮށި
10 - ޖުލައި - 2023
ސަރުކާރުން ހއ އަތޮޅުގައި އިމާރާތްކުރަމުންދާ 3 ހޮސްޕިޓަލްގެ މަސައްކަތުގެ ދުވެލި ހާސްބައި ތަފާތު!
15 - އޮގަސްޓު - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް