އޯޕަން ސްޓޭޖް ކުރިންހުރި ގޮތަށް އިޢާދަކުރުމަށް އެމްޑީޕީގެ މައްޗަށް ވަގުތީ އަމުރެއް ނުނެރުނު
މުޙައްމަދު އަކުރަމް
7 - ނޮވެމްބަރު - 2023
އިހަވަންދޫ ކައުންސިލް އިދާރާގެ ހުއްދަ ނުހޯދައި، ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން އިހަވަންދޫ އޯޕަން ސްޓޭޖަށް ބަދަލުގެނެސް، އޯޕަން ސްޓޭޖްގައި އެޕާޓީ ރަމްޒްކޮށްދޭ ކުލަ ލައިފާވާތީ އޯޕަން ސްޓޭޖް ކުރިން ހުރިގޮތަށް ބަދަލުކުރުމަށް އިހަވަންދޫ ކައުންސިލުން އެންގި އެންގުމަށް އިޖާބަ ދީފައިނުވާތީ، އެމްޑީޕީ 1000ރ އިން ޖޫރިމަނާކޮށް އެފައިސާ ކައުންސިލް އިދާރާއަށް ދެއްކުމަށާއި އޯޕަން ސްޓޭޖް ކުރިން ހުރިގޮތަށް އިޢާދަކުރުމަށް އެމްޑީޕީގެ މައްޗަށް ވަގުތީ އަމުރެއް ނެރެދިނުމަށްއެދި އިހަވަންދޫ ކައުންސިލުން ހުށަހަޅާފައިވާ މައްސަލައާއި ގުޅިގެން އެމައްސަލާގައި ވަގުތީ އަމުރެއް ނެރޭނެ ޤާނޫނީ ހަމައެއްނެތްކަމަށް އިހަވަންދޫ މެޖިސްޓްރޭޓް ކޯޓުން ނިންމައިފިއެވެ. މިއަހަރުގެ ސެޕްޓެމްބަރ މަހުގެ 7 ވަނަ ދުވަހު ހުށަހެޅި މިމައްސަލާގައި ހުކުމް ކޮށްފައިވަނީ މިދިޔަ އޮކްޓޯބަރ މަހުގެ 30 ވަނަ ދުވަހުއެވެ.
އިހަވަންދޫ މެޖިސްޓްރޭޓް ކޯޓްގެ އިސްމެޖިސްޓްރޭޓް، މޫސާ އިބްރާހިމް ބެއްލެވި މިމައްސަލައިގެ ހުކުމުގައި ބުނެފައިވަނީ، ޝަރީޢަތަށް ހުށަހެޅިފައިވާ މައްސަލައަކާއި ގުޅިގެން ނުވަތަ ޝަރީޢަތަށް ހުށަހަޅަންއުޅޭ މައްސަލައަކާއި ގުޅިގެން ވަގުތީ އަމުރެއް ނެރެދިނުމަށް ނުވަތަ ވަގުތީ ފިޔަވަޅެއް އަޅައިދިނުމަށް އެދެންވާނީ އެފިޔަވަޅެއް ނާޅައިފިނަމަ މައްސަލަޔާއި ގުޅުންހުރި ފަރާތްތަކަށް ގެއްލުމެއް ކުރިމަތިވެދާނެތީއާއި ނުވަތަ އެއިން ފަރާތަކަށް ކުރިމަތިވަމުންއަންނަ ގެއްލުމެއް ހުއްޓުވުމަށާއި، މައްސަލާގައި ޙުކުމް ކުރެވޭއިރު، އެޙުކުމުގެ މަޤްޞަދު ޙާޞިލުނުވެ ހިނގައިދާނެކަމަށް ޤަބޫލުކުރެވޭ ސަބަބުތަކެއް ހުރެއްޖެނަމަ އެކަމެއް ހުއްޓުވައި ދިނުމަށެވެ. ނަމަވެސް، ވަގުތީ އަމުރު ނުވަތަ ވަގުތީ ފިޔަވަޅު ނާޅައިފިނަމަ އެމައްސަލައާ ގުޅުންހުރި ފަރާތްތަކަށް އެފަދަކަމެއް ދިމާވެދާނެކަމަށް ކައުންސިލްގެ އިދާރާގެ ފަރާތުން ބުނެދެވިފައި ނުވާކަމަށާއި އަދި ވަގުތީ އަމުރު ނެރެދިނުމަށް އެދި ހުށަހަޅާފައިވަނީ އެފަދަ އަމުރަކަށް އެދޭނަމަ އެދެންޖެހޭނެ އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ނޫންކަމަށް ހުށަހަޅާފައިވާ ލިޔެކިޔުންތަކުން އެނގޭކަމަށްވެސް ޙުކުމުގައި ފާހަގަކޮށްފައިވެއެވެ.
މިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕޭން ދުވަސްވަރު އޯޕަން ސްޓޭޖްގައި އެމްޑީޕީ ރަމްޒު ކޮށްދޭ ކުލަލީ ގޮތަށް އަދިވެސް ހުރީ ކައުންސިލްގެ އެންގުންތަކާ އެއްގޮތަށް ބަދަލު ނުގެނެހެވެ.
ގުޅުން ހުރެދާނެ ލިޔުން
އޯޕަން ސްޓޭޖް ކުރިންހުރި ގޮތަށް އިޢާދަކުރުމަށާއި، ކައުންސިލުން ކޮށްފައިވާ ޖޫރިމަނާ ދެއްކުމަށް އެމްޑީޕީގެ މައްޗަށް ޙުކުމްކޮށްފި
12 - ފެބްރުއަރީ - 2024
އެމްޑީޕީއިން ގޮތްދޫކޮށް، އޯޕަން ސްޓޭޖް ކުރިން ހުރިގޮތަށް އިޢާދަކޮށް ޖޫރިމަނާ ދައްކައިފި
11 - ޑިސެމްބަރު - 2024
އެމްބިއުލާންސަށް ދަތިވާކަމަށްބުނެ އެމްޑީޕީގެ ދިދަތަކެއް ނަގަން އުޅުމުން ހަމަނުޖެހުން
31 - އޮގަސްޓު - 2023
އެމްޑީޕީއަށް އިދާރީގޮތުން ދެންޖެހޭ ހިދުމަތްތަކާ ހުއްދަތަތައް ދިނުން ހުއްޓާލާނެކަން އިހަވަންދޫ ކައުންސިލުން އަންގައިފި
19 - އޮގަސްޓު - 2023
ހުކުމް ތަންފީޒުކުރުމުގެ މައްސަލަ ކޯޓަށް ހުށަހެޅުމާއިއެކު، އޯޕަން ސްޓޭޖްގައި ކުލަ ލައިފި
28 - އޮކްޓޯބަރު - 2024
ރިޔާސީ ކެންޑިޑޭޓުން އިހަވަންދޫއަށް ހާއްސަކޮށް ވެފައިވަނީ ކޮންވައުދުތަކެއް؟
8 - ސެޕްޓެމްބަރު - 2023
މަގުތަކަށް ވެލިއެޅުން ހުއްޓުވަން ކޯޓް އަމުރަކަށް އެދުމުން އަމުރެއް ނުނެރުނު
22 - އޭޕްރީލް - 2023
ސީ.އެމް.ސީ ބަލިކޮށް ޕޮލިސް ފައިނަލަށް
13 - އޮކްޓޯބަރު - 2022
ފައިނަލްގެ ފުރަތަމަ ޖަގާ އައި.އެސް.އޭޑީ.އެޗް.ސީ އަށް
12 - އޮކްޓޯބަރު - 2022
ޕޮލިސް ބަލިކޮށް އައި.އެސް.އޭޑީ.އެޗް.ސީ ދެވަނަ ޓީމްގެ ގޮތުގައި ސެމީ ފައިނަލަށް
10 - އޮކްޓޯބަރު - 2022
ކޮމެންޓް
އަދި ކޮމެންޓެއް ނެތް