ފެނަކަ މާރަންދޫބުރާންޗުގެ އައު އޮފީސް އިމާރާތުގެ ބިންގާ އަޅައިފި
ފެނަކަ މާރަންދޫބުރާންޗުގެ އައު އޮފީސް އިމާރާތުގެ ބިންގާ އަޅައިފިއެވެ.
އައު އޮފީހުގެ ބިންގާ އަޅާފައި ވަނީ މިއަދު ހެނދުނު 9:30 ގައި މިކަމަށްޓަކައި މާރަންދޫގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
ފެނަކަ މާރަންދޫ ބުރާންޗުގެ އައު އޮފީސް އިމާރާތުގެ ބިންގާ އަޅުއްވާ ދެއްވީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުޙައްމަދު އަދި ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރ މުޙައްމަދު ޝިފާޢު އެވެ.
މިރަސްމިއްޔާތިގައި ވާހަކަފުޅު ދައްކަވަމުން އިހަވަންދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރ މުޙައްމަދު ޝިފާޢު ވިދާޅުވީ މިސަރުކާރުން އަޅާ ބިންގާ "މައްޗަށް އަރާނެ" ކަމަށެވެ. މަޝްރޫއުތައް ހިންގަނީ އިންތިހާބައްތޯ އުފައްދާ ސުވާލަށް ޖަވާބުދެއްވަމުން ޝިފާޢު ވިދާޅުވީ ރައްޔިތުންނަށް ބޭނުންވާ ތަރައްޤީގެ ކަންކަމުގައި މިސަރުކާރަށް އިންތިހާބެއް، އެހެން ދުވަސްވަރެއް ހާއްސައެއް ނުވާނެކަމަށެވެ. އެމްޑީޕީން ރާއްޖޭގެ ވެރިކަމާ ހަވާލުވިއިރު މާރަންދޫގައި އޮތް އެންމެ ބޮޑު ޝަކުވާއަކީ ކަރަންޓުގެ ހިދުމަތާމެދު އޮތް ޝަކުވާކަން ފާހަގަ ކުރައްވާ ފެނަކައިގެ ފަރާތުން މިކަމަށް ހައްލެއް ގެނެސްދީފައިވާކަމަށެވެ.
މާރަންދޫ ކައުންސިލުން ފެނަކަ މާރަންދޫބުރާންޗުގެ އައު އޮފީސް އެޅުމަށް ދޫކޮށްފައިވާ ބިން ސާފުކުރުމުގެ މަސައްކަތް ވަނީ މިމަހުގެ 6 ވަނަ ދުވަހު ފަށައިގެން ނިންމައިފައެވެ. މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު ވަނީ އޮފީސް އިމާރާތް އެޅުމަށް ދޫކޮށްފައިވާ ސަރަހައްދަކީ އެންމެ ރަނގަޅު ސަރަހައްދު ނޫންކަން ފާހަގަ ކުރައްވާ ކައުންސިލުން މިކަމާމެދު އަލުން ވިސްނުމަށް އެދިލައްވާފައެވެ.
2019 ވަނަ އަހަރުގެ މެއި މަހުން ފެށިގެން 2021 ވަނަ އަހަރާ ހަމައަށް ހއ. މާރަންދޫގައި ފެނަކައިން އައު ދެ މަޝްރޫޢު ހިންގާފައި ވެއެވެ. އެއީ މާރަންދޫގެ ކަރަންޓުގެ ނެޓުވޯކު އަޕްގުރޭޑް ކުރުމާއި ޖެނެރޭޓަރ ސެޓުތައް ސިންކުރޮނައިޒް ކުރުމުގެ މަޝްރޫއެވެ. އަދި މިމުއްދަތުގެ ތެރޭގައި އެރަށުގައި 1053 މީޓަރުގެ ކޭބަލް އަޅާފައިވާއިރު 250 ކިލޯވޯޓުގެ ޖަނަރޭޓަރ ސެޓެއް އެރަށަށް އިތުރުކުރެވިފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަން އިން ހާމަކުރައްވަ އެވެ.
ގުޅުން ހުރެދާނެ ލިޔުން
ކުއްލި ގޮތަކަށް 13 މުވައްޒަފަކު ވަޒީފާއިން ވަކިކުރި މައްސަލަ މާރަންދޫ ކައުންސިލުން ކުއްވެރިކޮށްފި!
29 - އޮގަސްޓު - 2026
1.2 މެގަ ވޯޓްގެ ޖަނަރޭޓަރެއް އިހަވަންދޫއަށް ގެނެސްފި ...
14 - ޖުލައި - 2026
ފަހުގެ ޗެމްޕިއަން ފެނަކައިގެ އަމިއްލަ ބާރު ކެނޑިއްޖެ!
13 - ޖުލައި - 2026
އިހަވަންދޫ ދާއިރާގެ 22 ގޮނޑިން އެމްޑީޕީއަށް 15، މިނިވަން ކެނޑިޑޭޓުންނަށް 6، ޕީއެންސީއަށް އެންމެ ގޮނޑިއެއް!
6 - އޭޕްރީލް - 2026
ހއ. މާރަންދޫ، އުތީމު އަދި ވަށަފަރު ހެލްތް ސެންޓަރުގައި ލެބޯޓަރީގެ ޚިދުމަތް ފަށައިފި!
28 - މާރިޗު - 2026
އަޕްގްރޭޑިންގް މަސައްކަތެއް ކުރުމަށް، މާދަމާ 3 ގަޑިއިރަށް ކަރަންޓް ކަނޑާލަނީ
21 - ނޮވެމްބަރު - 2025
ޕީއެންސީގެ ޖަލްސާއަށް އިހަވަންދޫ ދާއިރާއިން ގިނަ ބަޔަކު މާލެއަށް!
14 - ނޮވެމްބަރު - 2025
ހޯރަފުށީގައި ފުޓްސަލް ދަނޑަކާއި ހޭންޑްބޯލް ކޯޓެއް، އުލިގަމާއި މާރަންދޫއަށް ފުޓްސަލް ދަނޑެއް ތަރައްޤީކުރަން ބީލަން ހުޅުވާލައިފި!
12 - އޮގަސްޓު - 2025
އިހަވަންދޫ ކަރަންޓްގެ މައްސަލަ: މަސްވެރިންނަށް އައިސް ނުލިބޭތާ 2 ހަފުތާ!
17 - ޖުލައި - 2025
އިހަވަންދޫގެ ބޮޑުބައެއް އަނދިރީގައި: އާމުން ދަތިހާލުގައި، ވިޔަފާރިތަކަށް ބޮޑު ގެއްލުމެއް!
16 - ޖުލައި - 2025
ކޮމެންޓް
އަދި ކޮމެންޓެއް ނެތް