"ރަންތާޖު" ޤުރްއާން މުބާރާތުން އިހަވަންދޫ ޓީމަށް ލިބުނު ފައިސާ ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާކޮށްފި
ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން ތިލަދުންމަތީ އުތުރުބުރީ ރައްޔިތުންނަށާއި، ހއ އަތޮޅުގެ ސްކޫލް މަދަރުސާތަކަށް ބޭއްވި ކީރިތި ޤުރްއާން ކިޔެވުމުގެ ހއ.އަތޮޅު "ރަންތާޖު" ޤުރްއާން މުބާރާތުން އިހަވަންދޫ ޓީމަށް ލިބުނު ފައިސާގެ އިނާމު ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާކޮށްފިއެވެ. އެފައިސާ ހަދިޔާކޮށްފައިވަނީ، ތިލައުތުރު ރަންތާޖު ޤުރުއާން މުބާރާތުގައި ބައިވެރިވެ އިހަވަންދޫ ޓީމް ހޯދި ކާމިޔާބީ ފާހަގަކުރުމަށް އިހަވަންދޫ ކައުންސިލް ބޭއްވި ހަފުލާގެ ތެރެއިންނެވެ.
ހއ.އަތޮޅު “ރަންތާޖު” ޤުރްއާން މުބާރާތުގައި ބައިވެރިވި އިހަވަންދޫގެ ޓީމްވަނީ މުޅި މުބާރާތުން 2 ވަނަ ހޯދާފައެވެ. މުޅިމުބާރާތުން ދެވަނައަށް ދިއުމުން އެޓީމަށްވަނީ 7000ރ ގެ ފައިސާގެ އިނާމެއް ދީފައެވެ. ހއ.އަތޮޅު “ރަންތާޖު” ޤުރުއާން މުބާރާތުން މުޅިމުބާރާތުން އެއްވަނަ ހޯދީ އިހަވަންދޫ ޓީމްގައި ހިމެނޭ، އިހަވަންދޫ ސްކޫލްގެ ދަރިވަރު، ޔައިޝާ ޔާސިރު އިބްރާހިމްއެވެ. އެމުބާރާތުގެ ބަލައިގެން ކިޔެވުމުގެ ބައިން އިހަވަންދޫ 1 ވަނަ ހޯދިއިރު ނުބަލާ ކިޔެވުމުގެ ބައިން 3 ވަނަ ރަށަކީވެސް އިހަވަންދޫއެވެ.
އިހަވަންދޫގެ މުއައްސަސާތައް އަދި ޒުވާނުން ގުޅިގެން ފަލަސްތީނަށް އެޙީވުމަށް ‘ފަލަސްތީނާއެކު އިހަވަންދޫ’ ގެ ނަމުގައި ހިންގި ހަރަކާތުންވެސްވަނީ 154،000 އަށްވުރެ ގިނަ ފައިސާހޯދާ ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާކޮށްފައެވެ.
ހއ. އިހަވަންދޫ
އިހަވަންދޫ ކައުންސިލް
ހއ. އަތޮޅު ކައުންސިލް
ފަލަސްތީން
ރަންތާޖު
ތިލައުތުރު ރަންތާޖު ޤުރުއާން މުބާރާތް
ގުޅުން ހުރެދާނެ ލިޔުން
ހއ. އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ މުބާރާތްތައް އިހަވަންދޫގައި ބޭއްވޭތޯ މަސައްކަތްކުރަނީ
11 - ޑިސެމްބަރު - 2024
"ރަންތާޖު" ޤުރްއާން މުބާރާތުން އިހަވަންދޫ ޓީމަށް ލިބުނު ފައިސާ ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާކުރަން ނިންމައިފި
1 - ނޮވެމްބަރު - 2024
ތިލައުތުރު ރަންތާޖު ޤުރުއާންމުބާރާތުން އިހަވަންދޫ ދެވަނަ ހޯދިއިރު، ނަސްރަތު މުޅިމުބާރާތުން އެއްވަނަ ހޯދައިފި
26 - އޮކްޓޯބަރު - 2024
ހއ.އަތޮޅު "ރަންތާޖު" ޤުރްއާން މުބާރާތުން އިހަވަންދޫއަށް 2 ވަނަ ހޯދައިފި
28 - އޮކްޓޯބަރު - 2023
ކަނޑު އުޅަނދު ދުއްވުމުގެ ލައިސަންސް އިހަވަންދޫން ނެގޭނެ އިންތިޒާމް ހަމަޖައްސައިފި
30 - ޖެނުއަރީ - 2020
އިހަވަންދޫން ބިން ކުއްޔަށް ދޫކުރަން ކުރި އިޢުލާންތައް ބާތިލްކޮށްފި!
25 - ޖޫން - 2026
މިއަދުން ފެށިގެން މަހުބޮލާއި ގޮހޮރުވެސް އަޅަންޖެހޭނީ އެކަމަށް ހާއްސަ ކޮށްފައިވާ ސަރަހަށްދަށް!
9 - ޖެނުއަރީ - 2026
އިހަވަންދޫގައި ތައްޤީކުރުމަށް އެއްބަސްވުމުގައި ސޮއެކުރި ޑޮކްޔާޑް، ވަޖީހުއާއި ހަމައިން ހުއްޓުނީތަ؟
18 - ނޮވެމްބަރު - 2025
ތިލައުތުރު ފުޓްސަލް މުބާރާތް 2025: ޕެނަލްޓީއިން ކުރި ހޯދައިގެން މުރައިދޫ އަދި އުތީމު ފައިނަލަށް
11 - ނޮވެމްބަރު - 2025
ތިލައުތުރު ފުޓްސަލް މުބާރާތް 2025: ސެމީ ފައިނަލްގެ މެޗްތައް މިއަދު
10 - ނޮވެމްބަރު - 2025
ކޮމެންޓް
އަދި ކޮމެންޓެއް ނެތް