Banner Image Description

ތަޢާވުން މިސްކިތުގައި ނަމާދުކުރުން މެދުކަނޑާލަނީ

އިބްރާހިމް ނަޝީދު

އިހަވަންދޫ މަސްޖިދުއްތަޢާވުން ގައި ބޮޑެތި މަރާމާތު ތަކެއް ކުރުމަށްޓަކައި 5 ފެބްރުއަރީ 2013 ވަނަ ދުވަހުގެ ފަތިސް ނަމާދުން ފެށިގެން އެމިސްކިތުގައި ނަމާދު ކުރުން ވަގުތީ ގޮތުން މެދުކަނޑާލަން ނިންމާފައިވާ ކަމަށް އިހަވަންދޫ ކައިންސިލް އިދާރާއިން ހާމަކޮށްފި އެވެ.

އެއިދާރާއިން މައުލޫމާތުދިން ގޮތުގައި މިސްކިތުގެ މުންނާރު ފިޔަވައި ދެންކުރަން ހުރި ހުރިހާ މަރާމާތެއް ކުރާގޮތަށް ހަމަޖެހިފައިވާކަމަށާއި އެގޮތުން މިސްކިތުގެ ކަރަންޓް ވަޔަރިން ބަދަލުކޮށް މިސްކިތު ތަޅުމުގައި ޖަހާފައިހުރި މުށިތައް ބަދަލުކުރުމާއި އެހެނިހެން މަރާމާތުތައް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ކައުންސިލް އިދާރާއިން މައުލޫމާތު ދެއެވެ.

މިމަރާމާތު ތަކަށް ގާތްގަނޑަކަށް 191000 (އެއްލައްކަ ނުވަދިހަ އެއްހާސް) ރުފިޔާ ހަރަދުވާނެ ކަމަށް އިހަވަންދޫ ކައުންސިލް އިދާރާއިން މައުލޫމާތު ދެއެވެ.