ދިއްދޫގެ މޮނިޓަރިން އުވާލައިފި

ޢަބުދުﷲ ޙަމީދު

ކޮވިޑް-19 ފެތުރެމުން ދާތީ ހއ.ދިއްދޫއަށް އަރައި ފޭބުން މަނާކޮށް އެރަށަށް މޮނިޓަރިންގެ ހާލަތައް ގެނައިތާ ގިނަ ދުވަސްތަކެއް ފަހުން މޮނިޓަރިން އުވާލައިފިއެވެ.

ދިއްދޫ މޮނިޓަރިން އިން ނަގާފައި މިވަނީ 1 މަހާއި 5 ދުވަސް ވަންދެން އެރަށް މޮނީޓަރިންގެ ހާލަތުގައި ބޭއްވުމަށްފަހު އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހއ. ދިއްދޫ ކައުންސިލަށް އެޑްރެސްކުރައްވާ ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ އެރަށް މޮނިޓަރިންގެ ހާލަތު އުވާލާފައިވަނީ މިމަހުގެ 5 ވަނަ ދުވަހުގެ 00:00 ގައި ކަމަށެވެ.

ދ ހެލްތު ޕްރޮޓެކްޝަން އެޖެންސީ ގެ ލިޔުމުގައި ވަނީ ދިއްދޫ މޮނިޓަރިންގ ހާލަތު އިތުރަށް ދަމަހައްޓަންޖެހޭ ސަބަބެއް މިވަގުތު ނެތްކަމަށެވެ.

ހއ. ދިއްދޫ މޮނިޓަރިންގެ ހާލަތަށް ގެނައީ މެއި މަހުގެ 1 ވަނަ ދުވަހު އެރަށު ފްލޫ ކްލިނިކަށް ދެއްކީ ބަލިމީހަކު ކޮވިޑު ބައްޔަށް ފައްސިވުމާ ގުޅިގެންނެވެ. އެމީހާގެ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ދެނެގަނެވުނު 28 މީހުންގެ ތެރެއިން 14 މީހަކު ބައްޔަށް ފައްސިވެ، މެއި މަހުގެ ނިޔަލަށް ދިއްދޫ އިން ދިޔައީ ކޮވިޑުގެ ކޭސްތައް ފެންނަމުންނެވެ.