އިރަމާ، ކޭ.އެމް، ކޮފަލި އަދި ސެންސިޓީއަށްވެސް ފުއްދާލަންޖެހުނީ ޕޮއިންޓަކުން
އިހަވަންދޫ ކައުންސިލުން އިންތިޒާމްކޮށްގެން ކުރިއްޔަށް ގެންދާ “ކައުންސިލް ކަޕް 2023” ގެ މިއަދުގެ ދެމެޗްވެސް އެއްވަރުވެގެން ނިމިއްޖެއެވެ.
މިއަދުގެ ފުރަތަމަ މެޗްގައި ބައްދަލުކުރީ ކޭ.އެމް އަދި ކްލަބް އިރަމާއެވެ. އެމެޗް 2-2 ގެ ނަތީއަކުން އެއްވަރު ވެފައިވާއިރު އެމެޗްގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ކޭ.އެމް ގެ މަދީހްއެވެ. މެޗްގައި ފުރަތަމަ 2 ގޯލްޖަހައި ލީޑްނެގީ އިރަމާޓީމެވެ. އެގޯލްތައް އެޓީމަށް ޖަހައިދިނީ އަސްލަމް އަދި ވިސާމްއެވެ. ކޭ.އެމް ފަހަތުން އަރައި އެއްވަރު ކޮށްދިނީ މަދީހް އަދި ނާއިޝްގެ ގޯލުންނެވެ.
މިއަދުގެ ދެ ވަނަ މެޗްގައި ކޮފަލި އަދި ސެންސިޓީ ބައްދަލުކުރި މެޗް ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. ކޮފަލި ޓީމްގެ ގޯލް މުނީޒް ޖަހައިދިންއިރު ސެންސިޓީގެ ގޯލް ޖެހީ ޒަހުވާންއެވެ. މެޗްގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ސެންސިޓީގެ ކީޕަރު ހުޒާމްއެވެ. މިއަދުގެ މެޗްތަކުގައި އަނިޔާވެގެން 3 ޓީމެއްގެ 3 ކުޅުންތެރިޔަކަށް އާމިނާދިޔޯ ސިއްޙީމަރުކަޒުގައި ފަރިވާދޭން ޖެހުނެވެ. އޭގެތެރެއިން އެއް ކުޅުންތެރިޔަކު އިތުރު ފަރުވާޔަށް މިހާރުވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ފޮނުވާލާފައެވެ.
މާދަމާވެސް މިމުބާރާތުގެ 2 މެޗް ކުޅޭނެއެވެ. ފުރަތަމަ މެޗްގައި ބައްދަލުކުރާނީ އެންވީކޭ އަދި ޖަންގަލްއެވެ. ދެވަނަ މެޗްގައި ބައްދަލުކުރާނީ ޓީމް އެސް.ސީ އަދި ކުޅިމަގެވެ.
ގުޅުން ހުރެދާނެ ލިޔުން
އެންވީކޭ ފައިނަލަށް ދަތުރުކުރިއިރު، އިރަމާ އަދި ޔޫތް ސެމީއަށް
9 - ސެޕްޓެމްބަރު - 2024
އެންވީކޭ އަދި އިރަމާ މުބާރާތްފެށީ މޮޅަކުން
8 - ސެޕްޓެމްބަރު - 2024
ކައުންސިލް ކަޕް، މިމަހުގެ 7 އިން 12 އަށް
4 - ސެޕްޓެމްބަރު - 2024
ކޮފަލިން ޑިފެންޑިންގ ޗެމްޕިއަން އެންވީކޭ ހުއްޓުވިއިރު، އިރަމާ މުބާރާތްފެށީ މޮޅަކުން
24 - ނޮވެމްބަރު - 2023
ކުޅިމަގާއި ކޭ.އެމް އެއްވަރުވީއިރު ޖަންގަލް މޮޅުވެއްޖެ!
23 - ނޮވެމްބަރު - 2023
ކައުންސިލް ކަޕް 2025 ގައި ބައިވެރިވީ 4 ޓީމެއް!
17 - ސެޕްޓެމްބަރު - 2025
ފަހަތުންއަރާ އިރަމާ ބަލިކޮށް އެންވީކޭއިން 5 ވަނަ ފަހަރަށް ކައުންސިލް ކަޕް ކާމިޔާބުކޮށްފި
13 - ސެޕްޓެމްބަރު - 2024
ޖަންގަލް، އެންވީކޭ، ކުޅިމަގު އަދި އިރަމާ ކައުންސިލް ކަޕްގެ ސެމީފައިނަލަށް ދަތުރުކޮށްފި
28 - ނޮވެމްބަރު - 2023
ކައުންސިލް ކަޕް 2022 ފުޓްސަލް ޓޯނަމެންޓްގެ ސެމީފައިނަލްގެ މެޗްތައް މިރޭ
10 - ނޮވެމްބަރު - 2022
ފޯޓޯ: ކައުންސިލް ކަޕް 2022 ފުޓްސަލް ޓޯނަމެންޓް (ޔުނައިޓެޑް ޔޫތް vs ކްލަބް އިރަމާ)
7 - ނޮވެމްބަރު - 2022
ކޮމެންޓް
އަދި ކޮމެންޓެއް ނެތް