އެސްޓްރާޒެނެކާގެ ފަސްލައްކަ ޑޯޒް އަންނަ މަހު ލިބޭނެ: ރައީސް

ޢަބުދުﷲ ޙަމީދު

ކޮވިޑް19 އިން ރައްކާތެރިވުމަށް ޖަހާ ވެކްސިންގެ އެސްޓްރާޒެނެކާގެ ވެކްސިން ރާއްޖެއަށް ލިބޭނީ އަންނަ ޖުލައި މަހުގައިކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

މިހާރު އޮންލައިން ކޮށް ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމުހުރިއްޔާ ވިދާޅުވީ އެސްޓްރާޒެނަކާގެ ފަސްލައްކަ ޑޯޒް ވެކްސިން އަންނަ މަހު ލިބޭނެކަމުގެ ޔަގީންކަން އެ ކުންފުނިން ދީފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ، އެކުންފުންޏާއި އެކީ މިއަދު ބޭއްވުނު ބައްދަލުވުމުގައި އަންނަ ޖުލައި މަހުގެ ތެރޭގައި ވެކްސިންގެ ފަސް ލައްކަ ޑޯޒު ރާއްޖެއަށް ގެނެވޭނެ ކަމުގެ ޔަގީންކަން ކުންފުނިން ދެއްވާފައިވާ ކަމަށެވެ.

އެސްޓެރަޒެނެކާގެ ސިންގަޕޫރުގެ ކުންފުންޏެއް ކަމަށްވާ އެސްޓްރާޒެނެކާ ސިންގަޕޯ ޕީޓީއީ އެލްޓީޑީ އިން 700،000 ޑޯޒް ވެކްސިން ގަންނަން ދިވެހި ސަރުކާރުން އެއްބަސްވެފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުއެވެ.