އައިހެވަން މަޝްރޫޢު އިރާދަކުރެއްވިއްޔާ ފަށާނަން – ސަޢީދު
އުތުރުގައި ހަދާނެކަމަށްބުނާ އިންޓަގްރޭޓެޑް ޑިވެލޮޕްމަންޓް ޕްރޮޖެކުޓް، ނުވަތަ އައިހެވަން މަޝްރޫޢު އިރާދަކުރެއްވިއްޔާ ފަށާނެ ކަމަށް އިޤްތިޞާދާއި، ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ސަޢީދު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވިލުފުށީ ދާއިރާގެ މެންބަރު ޙަސަން އަފީފް ކުރެއްވި ސުވާލެއްގެ ޖަވާބުގައެވެ. އަފީފު އެއްސެވީ އިޤްތިޞާދީ ވަޒީރުކަމުގައި ކުރިން ހިންގެވުމަށް ނިންމެވި އައިހެވަން މަޝްރޫޢު ކުރިއަށް ގެންދަވާނެތޯއެވެ. މިނިސްޓަރ ސައީދު އަފީފުގެ ސުވާލަށް ޖަވާބު ދެއްވަމުން ވިދާޅުވީ އައިހެވަން މަޝްރޫޢު ހިންގުމަށް ސަރުކާރުން ނިންމަވާފައިވާކަމުގައެވެ. "އެސަރަހައްދުން ބަންކަރިންއާއި ހުރިހާ ޚިދުމަތެއް ދިނުމަށް ސަރުކާރު މިއޮތީ ތައްޔާރަށް. ރާއްޖޭގެ އެހެން ބަނދަރަކުންވެސް އެހެން ދިމާލަކުންވެސް ބައިނަލްއަޤްވާމީ ބޯޓުފަހަރަށް ދޭންޖެހޭ ޚިދުމަތަކުން ރާއްޖޭގެ އިޤްތިޞާދަށް އެކަމުން ފައިދާވާކަމަށްވަންޔާ އަޅުގަނޑުމެން މި ތިބީ ތައްޔާރަށް. ކުރިއަށް ގެންދާނަން. ކުރިއަށް ގެންދިއުމުގައި ވަރަށް ބޮޑު ޢަޒުމެއް އަޅުގަނޑުމެންގެ އެބައޮތް. އިހަވަންދިއްޕޮޅު އިރާދަކުރެއްވިއްޔާ ފަށްޓާނަން." ސަޢީދު ތަފްސީލް ކޮށްދެއްވިއެވެ.
އިހަވަންދިއްޕޮޅަކީ ބޭރުގެ ގިނަ އަދަދެއްގެ އުޅަނދުތައް ދަތުރުކުރާ ސަރަހައްދެކެވެ. އެ ސަރަހައްދުގައި ކަނޑުއުޅަނދުފަހަރާ ގުޅުންހުރި ވިޔަފާރިތައް ހިންގޭ ގޮތަށް، ޒަމާނީ ބަނދަރެއް އަޅަން ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމްގެ ސަރުކާރުން އިއުލާންކުރި ނަމަވެސް، އެ މަޝްރޫއު ހިންގިފައިނުވެއެވެ. ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން “އައިހެވަން”ގެ ނަމުގައި އިހަވަންދިއްޕޮޅުގައި އިންޓަގްރޭޓޭޑް ޕްރޮޖެކްޓެއް ހިންގަން އިއުލާނުކޮށްފައި ވަނީ ބަނދަރަކާއި އެއާޕޯޓަކާއި ބަންކަރިންގެ ޚިދުމަތާއި ޝޮޕިން މޯލްތަކުގެ އިތުރުން ރިއަލް އެސްޓޭޓާއި ޓޫރިސްޓު ރިސޯޓު ތަރައްގީކުރާ ގޮތަށެވެ. ނިމިދިޔަ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހްގެ ސަރުކާރުން ވެސް އެ ޕްރިޖެކްޓް ކުރިއަށް ގެންދާނެ ކަމަށް އެކިއެކި ތާރީހުތައް ދިން ނަމަވެސް އެ ޕްރޮޖެކްޓްގެ އަމަލީ މަސައްކަތް ފަށައިފައެއް ނުވެއެވެ.
މިއަހަރުގެ އޯގަސްޓް 10 ވަނަ ދުވަހު އިހަވަންދިއްޕޮޅުގައި ތެލުގެ ސްޓޯރޭޖެއް ހަދައި ތެޔޮ ބަންކަރިން ޚިދުމަތް ދިނުމަށް، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން އެސްޓީއޯއިން ޤަތަރުގެ އާބަކޮން ޓްރޭޑިން އެންޑް ކޮންޓްރެކްޓިން (ޔޫސީސީ) ކުންފުންޏާ ހަވާލުކޮށްފައިވެއެވެ. ނަމަވެސް އެމަސައްކަތުގެ އަމަލީ މަސައްކަތެއް އަދިވެސް ނުފަށައެވެ. 2018 ވަނައަރުގެ ފެބުރުއަރީ މަހުގެ 21 ވަނަ ދުވަހު، އައިހެވަން މަޝްރޫއުގެ މަޝްރޫޢުގެ ފީސިބިލިޓީ ސްޓަޑީއާއި، މާސްޓަރ ޕްލޭން ނިންމާފައި ކަމަށް އޭރުގެ ރައީސުލްޖުމުހުރިއްޔާ ޢަބުދުﷲ ޔާމިން އިޢުލާންކުރެއްވިއެވެ. ނަމަވެސް އަމަނިކުފާނުގެ ވެރިކަމުގައިވެސް އެމަޝްރޫގެ އަމަލީމަސައްކަތް ފަށާފައެއްނުވެއެވެ.
އައިހެވަން މަޝްރޫޢު ހިންގުމަށް އިހަވަންދިއްޕޮޅަކީ އެކަށީގެންވާ ތަނެއްތޯ ބެލުމަށް ދުނިޔޭގެ އެންމެ ބޮޑު އެއް ކޮންސަލްޓަންސީ ފާރމްކަމުގައިވާ އެމެރިކާގެ ބޮސްޓަން ކޮންސަލްޓިން ގްރޫޕް، ބީސީޖީން އިހަވަންދިއްޕޮޅުގައި ވަނީ ދިރާސާއެއް ކޮށްފައެވެ. އެގޮތުން، ބޯޓުފަހަރު ބަންނަ ކުންފުނިތަކާއި ބަންކަރިންއާއި ޑޮކިންގެ ޚިދުމަތް ދޭ ކުންފުނިތަކާ ވާހަކަދައްކައިގެން ވަރަށް ތަފްޞީލީ ދިރާސާތަކެއް ކޮށްފައިވެއެވެ. މި މަޝްރޫއުގެ ޢަމަލީ މަސައްކަތްތަކާއެކު ރާއްޖެއަށް ބޮޑު ޢާމްދަނީއެއް ލިބިގެންދާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.
އިހަވަންދިއްޕޮޅުގައި މަޝްރޫޢު ކުރިއަށް ގެންދިއުމަށް މީގެ ކުރީގެ ހުރިހާ ސަރުކާރަކުންވެސް މަސައްކަތްތަކެއް ކޮށްފައިވާކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ. ނަމަވެސް އެ މަޝްރޫޢު ބްރޭންޑުކޮށް މަސައްކަތް ފެށީ 2014 ގައިކަމަށް ވަޒީރު ވިދާޅުވިއެވެ. ސަޢީދު ވަނީ ބަންކަރިންއާއި ކޮމާޝަލް މަޝްރޫއުތައް ހިމެނޭހެން ވަރަށް ފުޅާކޮށް އެ މަޝްރޫޢު އިހަވަންދިއްޕޮޅުގައި ކުރިއަށް ގެންދަވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.
ގުޅުން ހުރެދާނެ ލިޔުން
ހޯރަފުށި އެއާޕޯޓް އިންޓަނޭޝަނަލް ކުރަނީ
15 - މާރިޗު - 2024
އިހަވަންދިއްޕޮޅު ޕްރޮޖެކްޓް ވަރަށްއަވަހަށް އިއުލާންކުރަނީ
27 - ނޮވެމްބަރު - 2023
ގިނަ ދުވަސްތަކެއްގެ އިންތިޒާރަށްފަހު، ޕޭޕަލްގެ ހިދުމަތް ރާއްޖޭގައި ރަސްމީކޮށް ފަށައިފި...
15 - ޖޫން - 2026
އައިހެވަން، ދައުލަތުގެ ބަޖެޓުން ގެއްލިއްޖެ!
30 - ނޮވެމްބަރު - 2018
އައިހެވަންގެ ރަށްތައް ވަރުވާއަށް .... އައިހެވަން އަށް ވާނީ ކިހިނެއްބާ؟
21 - މާރިޗު - 2018
އައިހެވަން މާސްޓަރ ޕްލޭން ނިމިއްޖެ: ރައީސުލްޖުމުހުރިއްޔާ
21 - ފެބްރުއަރީ - 2018
2018 ވަނަ އަހަރުގެ ބަޖެޓްގައި އައި-ހެވަން ޕްރޮޖެކްޓަށް 0 ރުފިޔާ!
16 - ނޮވެމްބަރު - 2017
އައިހެވަން މާސްޓަރ ޕްލޭން ނިމިއްޖެ
2 - ނޮވެމްބަރު - 2017
އިހަވަންދޫ "މަޝްރޫޢު ޓްރެކަރ" ލޯންޗް ކޮށްފި...
6 - ސެޕްޓެމްބަރު - 2026
އިޤްތިޞާދީ އިޞްލާޙުތަކާއި ބޮޑެތި މަޝްރޫޢުތަކުގެ މިސްރާބު ރައީސް ހާމަކުރައްވައިފި
27 - އޮގަސްޓު - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް